Advertisement
header ad
XeeTimesXeeTimes
މޭ އެންދުމުގެ އުދަނގޫ ކުރިމަތިވޭތަ؟ މިގޮތަށް އޮވެ ނިދާލާ! ސިއްޙަތު

މޭ އެންދުމުގެ އުދަނގޫ ކުރިމަތިވޭތަ؟ މިގޮތަށް އޮވެ ނިދާލާ!

ތިމާއަށް ރަނގަޅަށް ނިދި ލިބުމަކީ ކޮންމެހެންވެސް މުހިންމު ބޭނުންތެރިކަމެކެވެ. ހަމަޖެހިލައިގެން ރަނގަޅަށް ނިދާލުމަށް އޮށޯންނަ ގޮތް ނުވަތަ 'ޕޮޒިޝަން' ވަރަށް މުހިންމު ރޯލެއް އަދާކުރެއެވެ. ކޮންމެ މީހަކުވެސް ނިދަން އޮށޯންނަނީ އެމީހަކަށް އެންމެ ފަސޭހަ ގޮތަކަށެވެ. ނަމަވެސް ބައެއް ދިރާސާތަކުން ދައްކާގޮތުން ނިދަން އޮށޯވެ އޮތުމަށް ރަނގަޅު ގޮތްތަކެއް ހޯދިފައިވެއެވެ. އެގޮތުން DPHACTO އިން ކުރި ދިރާސާގައި ބައިވެރިވި މީހުންގެ 54.1 އިންސައްތަ މީހުން ނިދަނީ ކޮންމެވެސް އެއްފަރާތަކަށް އޮށޯވެ އޮވެއެވެ.

އަރިއަކަށް އޮށޯވެއޮވެ ނިދުން

ނިދީގައި ގުގުރިދެމުމާއި ކާއެއްޗެހި ހަޖަމްވުން އަވަސްވުމުގައި ނިދަން އޮށޯންނަ ޕޮޒިޝަނުން ވަރަށް މުހިންމު ރޯލެއް އަދާކުރެއެވެ. ސިއްހީ ބައެއް މާހިރުން ވިދާޅުވާގޮތުން ކަނާތްފަރާތަށް އޮށޯވެގެން ނިދަން އޮތުމުން ބަނޑުތެރޭގައި ހުންނަ އެސިޑު ރިފްލަކްސްވުން ނުވަތަ މައްޗަށް އެރުން ހިމެނެއެވެ. އެހެންކަމުން ކަނާތްފަރާތަށް އޮށޯވެއޮތުމުގެ ބަދަލުގައި ވާތްފަރާތަށް އޮތުމުން ބަނޑުތެރޭގައި ހުންނަ އެސިޑުތައް ހަމައަކަށްއެޅި ހަޖަމުވުން ފަސޭހަކޮށްދެއެވެ.

Article - in content
Advertisement

މާބަނޑުދުވަސްވަރުވެސް ވާތްފަރާތަށް އޮށޯވެ އޮތުމުން ބަނޑުގައިވާ ކުޑަދަރިފުޅަށް އޮކްސިޖަން ސަޕްލައިކޮށްދިނުމުގައި ފަސޭހަވެއެވެ. އަދި މޭއެންދުމާއި ވައިގެ ސަބަބުން ދިމާވާ އުދަނގޫތަކުން ދުރުކޮށްދެއެވެ. މިގޮތަށް ނިދާއިރު ދެފައިދެމެދަށް ބާލީސް ލައްވައިގެން ނިދުމުން އުނަގަނޑާއި ކަކުލުގެ ހުޅަށް ދިމާވާ ތަދުތަކުން ދުރުކޮށްދެއެވެ. އެހެންނަމަވެސް އެއްފަރާތަކަށް އޮވެ ނިދާމީހުން ނިދަންވާނީ ރަނގަޅު ފެންވަރެއްގެ ބާލީހެއް ބޭނުންކޮށްގެން މައިބަދައާއި ބޮލާ އަދި ކަރުގެ މަސްތައް ސީދާވާގޮތަށެވެ. އެގޮތުން 'ތެރަޕެޓިކް' ބާލީހެއް ބޭނުންކުރެވިދާނެއެވެ. މި ކަންކަމަށް ވިސްނާނުލާ އޮންނަނަމަ ކަރާއި ކޮނޑު ހުޅުގައި ރިއްސުމާއި މަސްތަކަށް ތަދުއެރުމަކީ އެކަށީގެންވާކަމެކެވެ.

މައުލޫމާތު:ވެރީވެލްހެލްތް

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —