May 2, 2024 14:08
Advertisement

-Advertisement-

ރޯދަވީއްލާ ގަޑީގައި ކެއުން ގެންގުޅެންވީ ގޮތްތައް؟

ރޯދަމަހަކީ މާތްވެގެންވާ މައްސަރެކެވެ. ރޯދަމަހުގެ މާތްކަމާއި ބަރަކާތްތެރިކަމުގެ އިތުރުން އާއިލީ އެކުވެރިކަންވެސް އުފެދިގެންދާނެ މަހެކެވެ. ތަފާތު ވައްތަރުތަކުގެ ކެއުންތައް ބާއްވައި އެކުވެރިކަން އާލާވެގެންވެސް ދާނެ ދުވަސްވަރެކެވެ. އެކުގައި ރޯދަވީއްލުންތައް ބާއްވައި އެކުގައި ތަރާވީހު ނަމާދުތަކަށް ދިއުންފަދަ ކަންކަން ކުރަންވެސް ފުރުސަތު ލިބިގެންދެއެވެ. ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހަކީ އަހަރުގެ ތެރޭގައި އަންނަ އެންމެ އުފާވެރި މައްސަރަށް ވެގެންދެއެވެ.

ރަަމަޟާންމަހުގެ ކެއުން ބުއިމުގެ އާދަކާދަތައް ބައްޓަން ކުރަންޖެހޭނީ ސިއްހީގޮތުން ގެއްލުން ނުވާނެފަދަ ގޮތަކަށެވެ. ޚާއްސަކޮށް ހާރު ކެއުމުގައި ބޭނުންކުރަން ޖެހޭނީ މިންހެޔޮ ކެއުމެއްކަމުގައި ޚިޔާރުކުރަންވާނެއެވެ. ހުރިހާ ބައިތަކެއްވެސް އެކުލެވިގެންވާ ގޮތަކަށް ކެއުން ބަހައްޓައިގެން ކެއުން ތައްޔާރުކުރުމަށް ސަމާލުކަން ދިނުން އެއީ ވަރަށް މުހިންމު ކަމެއްކަމުގައި ދެކެން ޖެހެއެވެ.

އަބޫދާބީގެ މަޝްހޫރު ހޮސްޕިޓަލެއްގެ ޑައިޓީޝަން ރަހުމާ އަލީ ވިދާޅުވިގޮތުގައި ކެއުމުގައި ތަރުކާރީ އާއި ފަލަމަޑި އަދި ސީރިއަލް ޕްރޮޓިން އަދި މޭވާވެސް ހިމަނަންޖެހެއެވެ. މިގޮތުން ރަހުމާ މިކިޔާލަދެނީ ރޯދަވީއްލުމާއި ހާރު ކެއުމުގައި ކެއުން ގެންގުޅެންވީ ގޮތުގެ ކުޑަ ގޮތެކެވެ. ކިތަންމެ ކާހިތްވިއަސް ހަށިގަނޑަށް ގެއްލުންވާފަދަ ކެއުންތަކާއި ދުރުވުމަށް ސަމާލުކަން ދިނުމަށް ރަހުމާ އިރުޝާދު ދެއްވައެވެ.

Advertisement

ދުވާލު ހަތަރުދަމު ނުކައި ހުރުމަށްފަހު ތެޔޮ އެއްޗެހި މާގިނައިން ބޭނުންކޮށް އަދި ހަކުރު އެކުލެވޭ ބާވަތް ބޭނުންކުރާނަމަ ލިބިދާނެ ގެއްލުން ވަރަށްވެސް ބޮޑުވެގެން ހިގައިދާނެއެވެ. މީގެ އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި ރަހުމާ ފާހަގަކޮށްލަނީ ހައިޑްރޭޓްވެގެން ހުރުމެވެ. ބަނޑު އެހާ ބޮޑަށް ފުރޭވަރަށް ނުކައި އާދައިގެ ވަރަކަށް ކެއުމަށްފަހު ފެން ބޯނެ ޖާގަ ބަނޑުގައި ބެހެއްޓުން އެއީ އެންމެ މުހިންމު އެއްކަންތަކެވެ. ރޯދަވީއްލާ ގަޑީގައި ކެއުން ބަހައްޓަންވީ ގޮތް ހިމަނާލާނަމެވެ.

ޕޮޓޭސިއަމްގެ މާއްދާ އެކުލެވިގެންވާ ބާވަތް

ކަދުރަކީ ރޯދަވީއްލާ ގަޑީގައި ހަށިގަނޑުގައި ހަކަތަ އުފެއްދުމަށް އެންމެ ރަނގަޅު އެކަތި ކަމުގައި ފާހަގަކުރެއެވެ. ކަދުރާއި ފެނުން އެކަނިވެސް ހަށިގަނޑަށް ގިނަގުނަ ހަކަތަ އިތުރުކޮށްދެއެވެ. މީގެ އިތުރުން ފަތްޕިލާވެލި، ބިސް، އަލުވި ތަފާތުވައްތަރުގެ ނަޓްސް އަދި މޭވާ އަކީވެސް ޕޮޓޭސިއަމްގެ މާއްދާ އިތުރުކޮށްދޭ އެއްޗިއްސެވެ.

ރޯދަވީއްލާ ގަޑީގައި ކެއުން ރަނގަޅު ނޫން ކާނާވެސް ރަހުމާ ވަނީ ފާހަގަކުރައްވާފައެވެ. މީގެ ތެރޭގައި ދަޅުގައި ބަންދުކޮށްފައި ހުންނަ ކާނާ ކެއުމުން ދުރުހެލިވުމާއި އެނާޖީ ޑްރިންކްސް ފަދަ އަދި ސޮފްޓް ޑްރިންކް ފަދަ އެއްޗެހި ބޭނުން ކުރުމަކީ ވަރަށް ބޮޑަށް ގެއްލުން ލިބިގެންގޮސް މީހާ ފަލަވުމަށް މަގުފަހިވެގެންދާނެ ކަމެކެވެ. ގިނަ ވަގުތު ނުކައި ހުރުމަށްފަހު ހަށިގަނޑަށް ހަކުރުގެ ބާވަތްތައް މާގިނައިން ފޮނުވާލެވޭނަމަ އެއީ ނުރައްކާތެރި ކަމަކަށް ވެގެންދެއެވެ. މީގެ ބަދަލުގައި ކުރުނބާ ކަހަލަ ބުއިން ނުވަތަ ކަރާޖޫސް ކަހަލަ އެއްޗަކުން ކަރުހިއްކުން ފިލުވާލައި ލަސްލަހުން މަޑުމަޑުން ކެއުން ގެންގުޅުންވެސް މިއީ ވަރަށް މުހިންމު ކަމެކެވެ. މާގިނައިން ތެޔޮއެއްޗެހި ބޭނުންކޮށް ފުށުގެ ބާވަތްތައް ބޭނުންކުރާނަމަ ބަނޑުހިކި ބޮޑުކަމު ދިއުމަށް އުދަގޫތައް ކުރިމަތިވެ ވޭނުގައި އުޅެންޖެހިދާނެއެވެ. ޚާއްސަކޮށް ގޭސް މައްސަލަ ހުންނަ މީހެއްނަމަ ކުޅިއެއްޗެހި އަދި ތެޔޮއެއްޗެހި ކެއުމުން ރައްކާތެރިވުން އެއީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ރަހުމާ ވިދާޅުވިއެވެ.

 

މައުލޫމާތު: ދަނެޝަނަލް ނިއުސް ޑޮޓް ކޮމް

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް