May 11, 2024 19:29
Advertisement

-Advertisement-

ފޮޓޯ: ދޮންއަދަރާދަ ހިނގުން ހުޅުވުން

ރޯދަމަހުގެ ކުރިން މާލޭގެ ޓްރެފިކަށް ލުޔެއް ހޯދައިދިނުމަށް އަޒުމް ކަނޑައަޅައި ދޮންއަދަރާދަ ހިނގުން އާންމުކޮށް ބޭނުންކުރެވޭގޮތަށް ހުޅުވުމުގެ މަސައްކަތް ފެށީ މިދިޔަ ޑިސެންބަރުގެ 17 ވަނަ ދުވަހުގަ އެވެ. މާލޭގެ އިތުރުވަމުންދާ ކަރަންޓުގެ ޑިމާންޑަށް ކޭޓާ ކުރުމަށްޓަކައި، އިތުރު ކެޕޭސިޓީ ބިލްޑް ކުރުމަށް ހިންގަން އޭރު ރާވާފައިވާ ފޯތް ޕަވަރ ޕްރޮޖެކްޓް ފެށުން ލަސްވެ، އެކަމަށް ހައްލެއް ހޯދުމަށްޓަކައި، ސްޓެލްކޯގެ ކޮމްޕައުންޑާއި އިންވެގެން އޮތް ދޮންއަދަރާދަ ހިނގުން ބަންދުކޮށް، އެމަގަށް ވާގޮތަށް އިންޖީނުގެއެއް ކުރިން ހުރީ އަޅާފައެވެ. ދޮންއަދަރާދަ ހިނގުން ރަސްމީކޮށް ރޭގެ ވަގުތެއްގައި ހުޅުއްވާދެއްވީ، މިނިސްޓަރ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން އާއި މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އެވެ. މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، މަގު ހުޅުވުމުގެ އިރުޝާދު ލިބިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ކަމަށާއި، ރައްޔިތުންގެ ވިންދާއި އެއްގޮތައް އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވަމުންގެންދަވާތީ ޝުކުރު ދަންނަވާކަމަށެވެ. އަދި މި މަގު ހުޅުވާލުމާއިއެކު، އެކަމުގެ ލުއި ފަސޭހަތައް މާލޭގައި އުޅޭ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.

+1
0
+1
0
+1
1
+1
0
+1
0
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް