Advertisement
header ad
XeeTimesXeeTimes
ދަރިމައިވާ އުމުރުގެ ކޮންމެ 3 މީހަކުން އެކަކު ފައިބްރޮއިޑްގެ އުނދަގޫ ތަހައްމަލު ކުރޭ: ޑރ.ނުސްރާ ސިއްޙަތު

ދަރިމައިވާ އުމުރުގެ ކޮންމެ 3 މީހަކުން އެކަކު ފައިބްރޮއިޑްގެ އުނދަގޫ ތަހައްމަލު ކުރޭ: ޑރ.ނުސްރާ

ފައިބްރޮއިޑް މިއީ އަހަރެމެންގެ ތެރޭގައި ވަރަށް އާއްމުކޮށް ފެންނަމުން އަންނަ އެއްޗެކެވެ. ހާއްސަކޮށް ދަރިމައިވާ އުމުރުގެ މީހުންގެ ތެރޭގައި ގިނަ އަދަދަކަށް ފައިބްރޮއިޑްގެ މައްސަލަ ހުންނަ މީހުން ގިނައެވެ.

ޑރ. ނުސްރާ

އަންހެނުންގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. އައިމިނަތު ނުސްރާ 'ޓިކްޓޮކް'ގައި ހިއްސާ ކޮށްފައިވާ ވީޑިއޯއެއްގައި ފާހަގަކުރައްވާފައިވާ ގޮތުން، ދަރިމައިވާ އުމުރުގެ ކޮންމެ ތިން އަންހެނުންގެ ތެރެއިން އެކަކަށް ފައިބްރޮއިޑްގެ އުނދަގޫ ތަހައްމަލު ކުރަންޖެހެއެވެ. ރަހިމުގެ މަސްގަނޑުން އުފެދޭ މިޓިއުމަރަކީ އާންމުކޮށް ކެންސަރަށް ބަދަލުވުމަށް މަގުފަހިވާ އެއްޗެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ބޮޑެތި ފައިބްރޮއިޑް ހުންނަ މީހުންނަށް އޭގެ އުނދަގުލާއި ވޭން ދިގު މުއްދަތަކަށް ތަހައްމަލު ކުރަން ޖެހޭ ފަހަރު އާދެއެވެ.

ފައިބްރޮއިޑުގެ އުނދަގުލާއި ތަދުން ސަލާމަތްވުމަށް އެޅޭނެ އެންމެ ބޮޑު އަދި މުހިންމު ފިޔަވަޅަކީ ފައިބްރޮއިޑް ހުންނަކަން ކުރީބައިގައި ދެނެގަނެ އެއަށް ފަރުވާ ހޯދުމެވެ.

Article - in content
Advertisement

ބޮޑެތި ފައިބްރޮއިޑް ހުރުމުގެ ސަބަބުން ދިމާވާ ބައެއްކަހަލަ އުނދަގޫތައް:

  • ޕީރިއަޑް ވާއިރު ގިނައިން ލޭފޭބުން
  • ބަނޑުގައި ރިއްސުން
  • ދަރިމައިވާން އުނދަގޫވުން ނުވަތަ ބައިގެންދިއުން

 

ފައިބްރޮއިޑްގެ މިމައްސަލަ އަކީ ބޭހުން ހައްލު ކުރެވޭނެ ކަމަކަށް ނުވާތީ މިކަމުގެ އުނދަގޫ ކުރިމަތިވާނަމަ ލަސްނުކޮށް އަންހެނުންގެ ހާއްސަ ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ. އަދި ފައިބްރޮއިޑު ބޮޑުވެ އުނދަދޫވާނަމަ ޖެހޭނީ އޮޕަރޭޝަން ކޮށްފައި ނަގަން ކަމަށެވެ. މި އޮޕަރޭޝަން ކުރެވޭ ދެގޮތެއްވެސް ޑޮކްޓަރ ވަނީ މި ވީޑިއޯ މެދުވެރިކޮށް ހިއްސާ ކުރައްވާފައެވެ.

ފައިބްރޮއިޑް ނައްތާލުމަށް އޮޕަރޭޝަން ކުރުމުގައި 'ލެޕްރޮސްކޮޕީ' ނުވަތަ ލޯވަޅުއަޅައިގެން އޮޕަރޭޝަން ކުރާނަމަ މި އޮޕަރޭޝަނުގެ ސަބަބުން ދިމާވާ އުނދަގުލާއި ވޭން ކުޑަ ކަމުގައިވެސް ޑޮކްޓަރ ވަނީ ވިދާޅުވެފައެވެ. އަދި ލެޕްރޮސްކޮޕީކޮށް މި އޮޕަރޭޝަން ކޮށްގެން ހޮސްޕިޓަލުގައި ހޭދަ ކުރާ ވަގުތު މަދުވެ އެނބުރި އާއްމު ހާލަތަށް ދިއުމަށް ފަސޭހަ ވެގެންދާނެއެވެ.

މިފަދަ އުނދަގޫތަކާއި، ބަލިތަކުން ސަލާމަތްވުމަށް ގަވާއިދުން ކަސްރަތު ކުރުމާއި ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުންކޮށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުން މުހިންމެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

Nadheem 26ފެބްރުއަރީ2024

Dr Nusra aa gulhyne gotheh beynun varah avahah

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —