Advertisement
header ad
XeeTimesXeeTimes
ފޭރުފަތް މިއީ ބޭނުންނުކޮށް ދޫކުރެވޭވަރު އެއްޗެއް ނޫން! ސިއްޙަތު

ފޭރުފަތް މިއީ ބޭނުންނުކޮށް ދޫކުރެވޭވަރު އެއްޗެއް ނޫން!

ކެއުމަށް ބޭނުންކުރާ މޭވާގެ ތެރެއިން ފޭރަކީ މީރުއެއްޗެކެވެ. ބައެއް މޭވާގެ ފަތަކީވެސް މުހިއްމު އެއްޗެކެވެ. މިކަމުގެ ހަގީގަތް އެނގިފައި ނުވާނަމަ އެކަންކަން ތަޖުރިބާކޮށްލަންވާނެއެވެ. މިގޮތުން ފޭރުފަތަކީވެސް ވަރަށް ގިނަ ފައިދާތަކެއް އެކުލެވިގެންވާ ފަތެކެވެ. ފޭރުފަތަކީ މީރުވަސްދުވާ ރީތި ފެހިކުލައެއްގައި ހުންނަ ފަތެކެވެ. ފޭރުފަތް އަތުގައި ހާކާލުމުން މީރުވަސްދުވައެވެ. ކުރީޒަމާނުގައި އަތުގައި މީރުވަސްދުއްވުމަށް މިކަހަލަ މީރުވަސްދުވާ ފަތްވެސް ބޭނުންކޮށް އުޅެއެވެ.

ބޭރަށް ހިންގާނަމަ ފޭރުފަތުގެ ފަރުވާ ބޭނުންކުރުން

ކުރީޒަމާނުގައި ސިއްހީ ވަސީލަތްތައް މަދުއިރު ހަކީމީ ބޭހުގެ ފަރުވާއަކީވެސް ވަރަށް ގިނަ މީހުން ހޯދާއެއްޗެކެވެ. ބޭރަށް ހިންގާނަމަ ފޭރުފަތުގެ އަޖުމަ ބަލާލުމުގެ ގޮތުން ފޭރުފަތުގެ ފެން ކައްކައިގެން ބުއިމުން އެކަމަށް ހައްލު ލިބިގެންދެއެވެ. ބަނޑުގައި ހުންނަ އެކި ކަހަލަ ތަދުތައް ފިލާގޮސް ބަނޑަށް ފަސޭހަވެއެވެ.. މާބޮޑަށް ބޭރަށް ހިންގާނަމަ މީގެ ފެން ކައްކައިގެން ސައެއްގެ ގޮތުގައި ބުއިން ރަނގަޅެވެ. މިކަމުން ބަނޑަށް ލުއި ލިބި ހަށިގަނޑަށްވެސް ފަސޭހަވެގެންދެއެވެ.

Article - in content
Advertisement

ބަރުދަން ލުއިކޮށްދިނުމަށް އެހީވެދޭ

ހުސްބަނޑާހުރެ ފޭރުފަތުގެ ފެން ކައްކައިގެން ބޯނަމަ ހަށިގަނޑުގެ ބަރުދަން ލުއިކޮށްދިނުމަށް އެހީތެރިވެދެއެވެ. ފޭރުފަތަކީ ވިޓަމިންސީ ވެސް އެކުލެވިގެންވާ އެއްޗެކެވެ. މިފެނަކީ ކަރުތެރޭގައި ހުންނަ ދަވަތައްވެސް ސާފުކޮށްލާ ކަރުތެރެއަށްވެސް ފަސޭހަކަން ގެނުވާ އެއްޗެކެވެ. މިފެން އާއްމުގޮތެއްގައި ބޭނުންކުރުން ރަނގަޅެވެ.

ކޮލެސްޓްރޯލް ދަށްކޮށްދޭ

ފޭރުފަތުގެ ފެން ކައްކައިގެން ބުއިމުން ކޮލެސްޓްރޯލް ދަށްކޮށްދޭ ކަމަށް ބައެއް ސިއްހީ މާހިރުން ލަފާދެއެވެ. މީގެ ސަބަބުން އެލްޑީ އެލް ކޮލެސްޓްރޯލް ދަށްކޮށްދީ ހިތުގެެ މައްސަލަތަކަށްވެސް ހައްލު ލިބުމަށް އެހީވެދެއެވެ. 

އިސްތަށި ފެޅުމަށް އެހީތެރިވެދޭ

ފޭރުފަތުގައި ނިއުޓްރިއެންޓާއި އެންޓި އޮކްސިޑެންޓުގެ މާއްދާ އެކުލެވިގެންވެއެވެ. މީގެ ސަބަބުން އިސްތަށިތަކުގެ ބުޑު ރަނގަޅަށް ހުރުމަށް އެހީތެރިވެދެއެވެ. އިސްތަށި ފޭބުން މަދުކޮށް އައު އިސްތަށި ފަޅަން ފަށައެވެ. އިސްތަށި ފައިބާ މީހުންނަށް މިކަމުން ހައްލު ލިބިގެންދާނެކަމީ ޝައްކެތް އޮތްކަމެއް ނޫނެވެ. މީގެ އިތުރަށް ފޭރުފަތް ކައްކައިގެން އެފެނުން ބޯދޮވުމުންވެސް އިސްތަށިގަނޑު ވަރުގަދަކޮށްދެއެވެ.

ޑެންގޫ ހުމަށް ފަރުވާ ލިބިދޭ

ޑެންގޫ ޖެހުމުން ފޭރުފަތުގެ ފެން ކައްކައިގެން ބުއިމުން ހުން ހުންނަ މިންވަރު ދަށްކޮށްދީ ބަލި ފަސޭހަވުމަށް އަވަސްވެގެންދެއެވެ. ފޭރުފަތުގައި ހުންނަ ކެމިކަލް މާއްދާއެއްގެ ސަބަބުން މިކަމަށް ހައްލު ލިބިގެންދާކަމަށްވެއެވެ.

 

މައުލޫމާތު: ފައިން ލިބް ޑޮޓް ކޮމް

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

Anonymous 29ޖެނުއަރީ2024

Ok 3 1

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —