Advertisement
header ad
XeeTimesXeeTimes
ހިރުގަނޑަށް ދިމާވާ ސިއްހީ މައްސަލަތަކުން ރައްކާތެރިވާނީ ކިހިނެއް؟ ސިއްޙަތު

ހިރުގަނޑަށް ދިމާވާ ސިއްހީ މައްސަލަތަކުން ރައްކާތެރިވާނީ ކިހިނެއް؟

ދަތްތަކުގެ ސާފުތާހިރުކަމާއި ރީތިކަމާއި ހުދުކަމުގެ ވާހަކަދައްކާ އެކަންކަމަށް ސަމާލުކަންދޭއިރު ހިރުގަނޑުގެ މުހިންމުކަންވެސް ވިސްނާ އެކަމަށްވެސް ފަރުވާތެރިވުން ވަރަށް މުހިންމެވެ. ދަތް ސާފުކޮށް ދަތްތައް އެއްވަރުކޮށް ދަތުގައި ނަރުގަނޑު އަޅުވައި ރީތިކުރަން މަސައްކަތްކުރާ މީހުން ވަކި މަދެއްނޫނެވެ. އާއްމުގޮތެއްގައި ހިރުގަނޑުގެ ބާރުދެރަވުމާއި ހިރުގަނޑަށް ދިމާވާ ސިއްހީ ކަންކަން ނުބަލާނަމަ ގިނަދުވަސްވެ އެކަންކަމަށް ހައްލު ހޯދުމަށް އުދަގޫވެދާނެއެވެ. ނޭނގިހުއްޓާ ހިރުގަނޑުން ލޭއައުން ކަހަލަ ކަމެއް ދިމާވެއްޖެނަމަ އެކަމަށް ފަރުވާ ކުޑަނުކޮށް ވީއެންމެ އަވަހަކަށް ހިރުގަނޑަށް ދިމާވެފައިވާ މައްސަލައަކީ ކޮބައިތޯ ބެލުމަށް ދަތުގެ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އަވަސްވެގަންނަންވާނެއެވެ. ހިރުގަނޑުގައި ޖަރާސީމު އުފެދުމާއި ހިރުގަނޑުގައި ރިއްސުން ނުވަތަ ހިރުގަނޑު ދުޅަވުން މިއީ ދިމާވާ އެކިކަހަލަ ކަންކަމެވެ. ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިތޯ ބަލާލުންވެސް މުހިންމެވެ. 

ގަވާއިދުން ދަތްއުނގުޅުން އަދި ކެއުމަށްފަހު ދަތްސާފުކުރުން:

ކޮންމެ ދުވަހަކު މަދުވެގެން 2 އިރު ދަތް އުނގުޅުމަށް އާދަކުރަންވާނެއެވެ. އެހެންނޫންނަމަ ދަތްތައް ރަނގަޅަށް ސާފުނުވުމާއި އަނގައިގެ ތެރޭގައި ނުބައިވަސް ދުވުން ކަހަލަ ކަންކަންވެސް ދިމާވެއެވެ. ކެއުމަށްފަހު ދަތުގެތެރެއަށް ވަދެފައި ހުންނަ ކާއެއްޗެހި ހަރުލާފައި ގިނައިރު ބަހައްޓާނަމަ އޭގެ ސަބަބުން ހިރުގަނޑަށް ދިމާވެދާނެ މައްސަލަތައްވެސް ހުރެއެވެ. ކެއުމަށްފަހު ދަތުގައި ހަރުލާފައި ހުންނަ ކާތަކެތި ސާފުކުރަން އާދަކުރާށެވެ.

Article - in content
Advertisement

ދަތުގެ ޑޮކްޓަރަކަށް ދެއްކުމަށްފަހު ގަވާއިދުން ދަތް ސާފުކުރުން:

ދަތުގެ ޑޮކްޓަރަކަށް ގޮސް ދަތް ސާފުކުރަން އާދަކުރާށެވެ. އެއިރުން ހިރުގަނޑުގައި އެއްވެސް މައްސަލައެއް ހުރި ކަމުގައިވީނަމަވެސް ޑޮކްޓަރަށް އެކަން ފާހަގަވާނެއެވެ. ބަލީގެ ކުރީކޮޅު ފަރުވާ ކުރެވިއްޖެނަމަ ހިރުގަނޑުގެ ބަލިތަކަކީ ރަނގަޅު ކުރެވިދާނެ ކަންކަމެވެ. މާގިނަދުވަސްވެ ހިރުގަނޑަށް ދިމާވާ ސިއްހީ މައްސަލަ ފާހަގަނުވެ ހުރެއްޖެނަމަ ދަތްތަކަށް އޭގެ އަސަރު ފޯރަންފަށައެވެ.

ރަނގަޅު ދަތްއުނގުޅާ ބޭހެއް ޚިޔާރުކުރުން:

ތިމާގެ ހިރުގަނޑާއި ނުގުޅޭ ދަތްއުނގުޅާ ބޭހެއް ބޭނުންކުރާނަމަ ހިރުގަނޑު ހަލާކުވެ ހިރުގަނޑުން ލޭއައުން ކަހަލަ ކަންކަން ދިމާވެއެވެ. ދަތް އުނގުޅާ ބޭސް ގަންނައިރު އޭގައި "ފްލޮރައިޑް" އަދި "އޭޑީއޭ" ސީލްއަކުން ބަންދުކޮށްފައި ހުރިތޯ ބަލާށެވެ. އެއީ ހިރުގަނޑަށް ރައްކާތެރި ބޭހެވެ.

ދުންފަތުން އިސްތިއުމާލުކުރާ މީހެއްނަމަ އެކަން ހުއްޓާލުން:

ގަވާއިދުން ދުންފަތުން އިސްތިއުމާލުކުރާ މީހުންގެ ހިރުގަނޑު އަވަހަށް ހަލާކުވާކަމަށް ސިއްހީ މާހިރުން ބުނެއެވެ. ސިނގިރެޓް ބުއިން ހުއްޓާލުމަކީ ހިރުގަނޑުގެ ބަލިތަކުން ދިފާއުވުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

ރަނގަޅު "މައުތް ވޮޝް" އެއް ބޭނުންކުރުން:

އާއްމުގޮތެއްގައި "މައުތު ވޮޝް" ބޭނުންކުރުމަކީ ސިއްހީގޮތުން ރަނގަޅު ކަމެކެވެ. ދަތްތައް ސާފުކޮށް ހުރުމާއި އަނގައިގެ ތެރޭގައި ވަސްނުބައި ނުވުމަށް އެހީތެރިވެދެއެވެ. ހިރުގަނޑަށް ދިމާވެދާނެ ސިއްހީ މައްސަލަތަކުން ރައްކާތެރި ކޮށްދިނުމަށް ގަވާއިދުން މައުތު ވޮޝް ބޭނުންކޮށްގެން އަނގަ ދޮންނާށެވެ.

މައުލޫމާތު: ހެލްތްލައިން

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —