Advertisement
header ad
XeeTimesXeeTimes
ކުރުނބާފެނުން ލިބިދޭ ފައިދާ ސިއްޙަތު

ކުރުނބާފެނުން ލިބިދޭ ފައިދާ

ކުރުނބާފެނަކީ ގިނަ މީހުން ގަޔާވާ މީރު ބުއިމެކެވެ. ކަރުހިއްކުން ފިލުވާލުމަށްވެސް އެއްވަނައިގެ ބުއިމެކެވެ. ކުރުނބާ އަކީ ފަސޭހައިން ރާއްޖޭގައި ލިބެން ހުންނަ އެއްޗެކެވެ. ކުރުނބާފަނި ތައްޔާރުކުރާއިރުވެސް އެއަށް ހަކުރު ނައަޅައި ބޭނުންކުރުމުން ފައިދާ ބޮޑެވެ. ކުރުނބާފެނަކީ މިނަރަލްސްގެ މާއްދާ ވަރަށް ބޮޑަށް އެކުލެވިގެންވާ ބުއިމެކެވެ. އަދި މިއީ ހުންއައިސް ބަލިވެ އުޅޭނަމަވެސް ބޭނުންކުރަން ވަރަށް ރަނގަޅު ފެނެކެވެ. ޑޮކްޓަރުންވެސް ލަފާދޭ ބުއިމެއްގެ ގޮތުގައި ކުރުނބާފެން ހިމެނެއެވެ. 

ޕޮޓޭސިއަމްގެ މާއްދާ އެކުލެވިގެންވޭ
މިއީ ޕޮޓޭސިއަމް އަދި ސޯޑިއަމްގެ މާއްދާ އެކުލެވޭ ހަށިގަނޑަށް ހަކަތަ ލިބިދޭ ބުއިމެކެވެ. އާއްމުގޮތެއްގައި ހަރަކާތްތެރިކޮށް އުޅޭ މީހުންގެ ހަށިގަނޑުން ފެން މަދުވެ ވަރުބަލިކަން އިހްސާސްވާއިރުވެސް މިފެން ބޯލުމުން އެކަމަށް ހައްލު ލިބެއެވެ.

އެންޓިއޮކްސިޑެންޓުގެ މާއްދާ ވަރަށް ބޮޑަށް އެކުލެވިގެންވޭ
ކުރުނބާ ފެނަކީ ވިޓަމިންސީގެ މާއްދާވެސް އެކުލެވޭ އަދި އެންޓިއޮކްސިޑެންޓުގެ މާއްދާ އެކުލެވިގެންވާ ބުއިމެކެވެ. ތާޒާ ބުއިމެއްގެ ގޮތުގައި ބޯލަން އެހާމެ ރަނގަޅު ބުއިމަކަށްވެސްވެއެވެ.

Article - in content
Advertisement

ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދޭ
ކުރުނބާފެނަކީ ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދިނުމަށް އެހީތެރިވެދޭ ބުއިމެއްކަމަށް ބައެއް ސިއްހީ މާހިރުން ފާހަގަކޮށްފައިވެއެވެ.

ކިޑްނީގެ ބަލިތަކަށް 
ކުރުނބާފެން ބޭނުންކުރާނަމަ ކިޑްނީގައި ހިލަ އުފެދުމުގެ ފުރުސަތު ކުޑަވެގެންދެއެވެ. ފަސޭހައިން ކުޑަކަމުދިއުމާއި ހީސްހޮޅި ސާފުކޮށްލުމަށްވެސް ކުރުނބާފެން އެހީތެރިވެދެއެވެ. މިއީ ޔޫރިން އިންފެކްޝަން އުފެދިފައިވާނަމަވެސް ބޭނުންކުރަން ރަނގަޅު ފެނެކެވެ. 

ކެލްސިއަމްގެ މާއްދާ އެކުލެވޭ
ކުރުނބާފެނުގައި ކެލްސިއަމްގެ މާއްދާ ހިމެނޭތީ މިފެން ބުއިމުން ކަށިތަކަށް ފައިދާކުރެއެވެ. 

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —