May 12, 2024 15:59
Advertisement

-Advertisement-

ރަފްހާގެ އުފެއްދުންތައް

ބޭނުންވާގޮތަކަށް ބޭންޑް އަދި ކޮސްޓިއުމް ފަހައިދިނުމުގެ މަސައްކަތުގައި ރަފްހާ!

ލޯބިލޯބި ތުއްތުކުދިން އިތުރަށް ރީތިކުރުމަށްޓަކައި ބޮލުގައި ބޭންޑެއް ނުވަތަ ޓައިއެއް ހަރުކުރުމަކީ އަޅުގަނޑުމެންގެ އާދައެކެވެ. ކުޑަދަރިފުޅު ރީތި ކުރާއިރު މިގޮތަށް ބޭންޑެއް ނުވަތަ ޓައިއެއް ނެތްނަމަ ފުރިހަމައެއް ނުވާފަދައެވެ.

އަޅުގަނޑުމެންގެ ދިވެހިންގެ ތެރޭގައިވެސް ހުނަރުވެރި މީހުން އެބަތިއްބެވެ. މިއީ ވެސް އެފަދަ ކަނބަލެއްގެ ވާހަކައެވެ. ހދ. ވައިކަރަދޫ އަށް އުފަން އަދި ހުޅުމާލޭގައި ދިރިއުޅޭ އާމިނަތު ރަފްހާ އަކީ ކުރިން ޓީޗަރެކެވެ. އެހެންނަމަވެސް ދަރިން ލިބުމާއެކު ގޭގައި ހުރެގެން އާމްދަނީ ހޯދުމަށް ކުރަން ފެށީ ބޭންޑާއި ޓައި އަދި ކޮސްޓިއުމް ތައްޔާރު ކުރުމުގެ މަސައްކަތެވެ. އިންސްޓަގްރާމް ޕޭޖް littleprincess.mv މިއީ ރަފްހާ ހިންގާ ޕޭޖެކެވެ.

" ކޮވިޑްތެރޭގައި މިމަސައްކަތް ފެށީ. އެންމެ ފުރަތަމަ ވިއްކަންފެށީ ކްލިޕް އަދި ބޭންޑް. ދެން ފަހަނީ ހެދުން. ޕާޓީތަކަށް ޚާއްސަ ވަކި ތީމަކަށް ބޭނުންވާނަމަ އެގޮތަށްވެސް ބޭންޑް ތައްޔާރުކޮށްދެން. އެކި އުމުރުގެ ކުދިންނަށް ބޭންޑާއި ޓައި ތައްޔާރުކޮށްދެނީ ކަސްޓަމަރުން ބޭނުންވާގޮތަކަށް". ރަފްހާ ފާހަގަކުރިއެވެ.

Advertisement
ރަފްހާ އޭނާގެ ދެކުދިންނާއެކު

ބޭންޑްގެ އަގުތައް އުޅެނީ 35 ރުފިޔާ އާއި 75 ރުފިޔާ އާއި ދެމެދުގައެވެ. ސްކޫލް ކުދިންނަށް ބޭނުންވާ ކްލިޕްގެ އަގު އުޅެނީ 25 ރުފިޔާ އަށެވެ. ޑެލިވަރީ ކޮށްދެއެވެ. މިގޮތުން ބައެއް ރަށްރަށުން އޯޑަރު ލިބެމުންދާކަން ވަނީ ފާހަގަކޮށްފައެވެ. 

ޕާޓީތަކަށް ޚާއްސަ ހެދުމާއި، ސްނޯވައިޓް، ޓިންކަބެލް ފަދަ ތަފާތު ކޮސްޓިއުމް ފަހައިދެއެވެ. ރާއްޖެއިން ލިބެން ހުންނަ ތަކެތި ބޭނުންކޮށްގެން މިފަދަ ހެދުންތައް ފަހަމުން އަންނައިރު އެކިއުމުރުފުރައިގެ މީހުންނަށް އާދައިގެ ޑިޒައިންތަކުގެ ހެދުންތައްވެސް ދަނީ ފަހަމުންނެވެ.

ރަފްހާ ފަހާފައިވާ ހެދުންތަކެއް

ރަފްހާގެ އުންމީދަކީ ކުރިއަށްއޮތްތަނުގައި ސަގާފީ ހެދުންވެސް ފަހާ މިމަސައްކަތް އިތުރަށް ފުޅާކުރުމެވެ. ދާދިފަހުން ވަނީ ސްކޫލެއްގެ ކޮންސެޓަކަށް ބޭނުންވާ ހެދުންތަކެއްވެސް ފަހައިދީފައެވެ. 'ލިޓިލް ޕްރިންސަސް އެމްވީ' ޕޭޖުގައި ހިއްސާކޮށްފައިހުރި ރަފްހާގެ އުފެއްދުންތައް ވަރަށް ރީއްޗެވެ. އޯޑަރު ދޭން ބޭނުންވާނަމަ ޕޭޖަށް މެސެޖު ކުރެވިދާނެއެވެ. 

+1
0
+1
7
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް