ބޭނުންވާގޮތަކަށް ބޭންޑް އަދި ކޮސްޓިއުމް ފަހައިދިނުމުގެ މަސައްކަތުގައި ރަފްހާ!

ލޯބިލޯބި ތުއްތުކުދިން އިތުރަށް ރީތިކުރުމަށްޓަކައި ބޮލުގައި ބޭންޑެއް ނުވަތަ ޓައިއެއް ހަރުކުރުމަކީ އަޅުގަނޑުމެންގެ އާދައެކެވެ. ކުޑަދަރިފުޅު ރީތި ކުރާއިރު މިގޮތަށް ބޭންޑެއް ނުވަތަ ޓައިއެއް ނެތްނަމަ ފުރިހަމައެއް ނުވާފަދައެވެ. އަޅުގަނޑުމެންގެ ދިވެހިންގެ ތެރޭގައިވެސް ހުނަރުވެރި މީހުން އެބަތިއްބެވެ. މިއީ ވެސް އެފަދަ ކަނބަލެއްގެ ވާހަކައެވެ. ހދ. ވައިކަރަދޫ އަށް އުފަން އަދި ހުޅުމާލޭގައި ދިރިއުޅޭ އާމިނަތު ރަފްހާ އަކީ ކުރިން ޓީޗަރެކެވެ. އެހެންނަމަވެސް ދަރިން ލިބުމާއެކު ގޭގައި ހުރެގެން އާމްދަނީ ހޯދުމަށް ކުރަން ފެށީ ބޭންޑާއި ޓައި […]