Advertisement
header ad
XeeTimesXeeTimes
ޓްރީ ޓޮޕް ހޮސްޕިޓަލުގެ "ހިތާނީ ކޭމްޕް 2023" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން ސިއްޙަތު

ޓްރީ ޓޮޕް ހޮސްޕިޓަލުގެ "ހިތާނީ ކޭމްޕް 2023" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

ޓްރީ ޓޮޕް ހޮސްޕިޓަލުގެ 'ހިތާނީ ކޭމްޕު 2023' ގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. ހިތާނީ ކޭމްޕް 2023 ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 15 ޖޫން އިން 3 އޮގަސްޓް ގެ ނިޔަލަށެވެ. ނަން ނޯޓުކުރުމުގެ އެންމެ ފަހު ދުވަހަކީ 25 ޖުލައި 2023 އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މި ހިތާނީ ކޭމްޕްގައި 7 ޑޮކްޓަރުން ހަރަކާތްތެރިވުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން މި  ކޭމްޕުގައި ހަރަކާތްތެރިވާ ޑޮކްޓަރުންގެ ތެރޭގައި އޮޕަރޭޝަނަށް ހާއްސަ ޑޮކްޓަރުން، ޑރ. ހުސެއިން ހަދިޔެވް ، އަދި ޑރ. އުކަތަމް އަބްދުއްލާޔެވްގެ،  ޑރ. އަބްދުﷲ އުބައިދު، ޑރ. އިބްރާހިމް މޫމިން، ޑރ. މައުމޫން އާސިމް، ޑރ. މުހައްމަދު ޝަރީފްގެ އިތުރުން، ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރ، ޑރ. މެހްމެތު އޮޑަރ ހިމެނިވަޑައިގަންނަވައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މި ކޭމްޕުގެ މައިގަނޑު މަގްސަދަކީ މެހެމާނުންނަށް އެންމެ ފުރަތަމަ ކޮންސަލްޓޭޝަން އިން ފެށިގެން  ފޮލޯ-އަޕް އާއި ހަމައަށް އެންމެ ފުރިހަމަ އަދި ފަސޭހަކަމާއިއެކު ހިދުމަތްތައް ފޯރުކޮށްދިނުމެވެ.

Article - in content
Advertisement

ހިތާނީ ޕެކޭޖްގެ ހިދުމަތް ހޯއްދަވާ މެހެމާނުން ދައްކަވަން ޖެހެނީ 5000ރ އެވެ. އަދި ކޮޓަރި 'އަޕްގްރޭޑް' ކުރުމަށް ބޭނުންވާނަމަ ޕްރައިވެޓް ކޮޓަރިތަކަށް ހާއްސަ އަގުތަކެއް ހަމަޖެހިފައިވެއެވެ.

ހިތާނީ ކޭމްޕްގައި ބައިވެރިވުމަށް ކިއު އާރް ކޯޑް ސްކޭންކުރައްވާ ނުވަތަ ތިރީގައިވާ ލިންކް ބޭނުންކުރައްވާ؛

https://www.treetophospital.com/circumcision

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްޚީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލްއެކެވެ. އެގޮތުން މިހާރުވެސް މި ހޮސްޕިޓަލްއިން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —