Advertisement
header ad
XeeTimesXeeTimes
މޫނުގެ ހަންގަނޑު ހިކިފައި ކުރަކިވޭަތަ؟ މިއޮތީ ހައްލު ސިއްޙަތު

މޫނުގެ ހަންގަނޑު ހިކިފައި ކުރަކިވޭަތަ؟ މިއޮތީ ހައްލު

ކޮންމެ މީހަކުވެސް އެމީހެއްގެ މޫނުގެ ހަންގަނޑު ރީތިކޮށް ބަހައްޓަން ބޭނުންވާނެއެވެ. ހަންގަނޑު ކުރަކިވެ ހިކޭގޮތް ދިމާވާތީ އެކަމަށް ހައްލު ހޯދުމަށް އަގުބޮޑު ކްރީމްތައް ގަނެގެން ބޭނުންކުރާ މީހުން މަދެއް ނޫނެވެ. އެގޮތަށް އެކަން ކުރުމުންވެސް ހައްލެއް ނުލިބި މާޔޫސްކަމުގައި ދުވަސްތައް ހޭދަކުރަމުންދާއިރު ގޭގައި އަމިއްލައަށް ތައްޔާރުކޮށްލެވިދާނެ އެއްޗަކާމެދު ވިސްނާލިންތޯއެވެ. އަމިއްލައަށް ގޭގައި ތައްޔާރުކުރެވޭ އާދައިގެ އެއްޗަކުންވެސް ވަރަށް ބޮޑު ތަފާތެއް ފެނުން އެއީ އެކަށީގެންވާ ކަމެކެވެ. މިގޮތަށް ހަންގަނޑު ހިކޭތީ އެކަމާ މާޔޫސް ނުވާށެވެ. މި މޮއިސްޗަރައިޒާ ގޭގައި ތައްޔާރުކޮށްލާށެވެ. ވަރަށް އަވަހަށް ތަފާތު ފެންނާނެއެވެ.

ބޭނުންވާ ތަކެތި:

3 މޭޒުމަތީ ސަމުސާ އަަލޯވެރާ ޖެލް

Article - in content
Advertisement

1 މޭޒުމަތީ ސަމުސާ މާމުއި

4 ތިކި އެސެންޝިއަލް އޮއިލް

މިހުރިހާ އެއްޗެއް އެއްކޮށްލުމަށްފަހު ކޮންމެ ރެއަކު ނިދުމުގެ ކުރިން މޫނު ރަނގަޅަށް މަސާޖު ކުރުމަށްފަހު މޫނުގައި އުނގުޅާލާށެވެ. 30 މިނިޓް ބެހެއްޓުމަށްފަހު ނިދާލާށެވެ. ހެދުނު ހޭލާއިރު މޫނުގައި ފެންނަން ހުންނަ ތާޒާކަން ވަރަށް ޗާލުވާނެއެވެ. އަަލޯވެރާއަކީ މޫނުގައި ނަގާ ބިހިވެސް ރަނގަޅުކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ. މާމުއިއަކީ މޫނުގެ ހަންގަނޑަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދައިދޭ އެއްޗެކެވެ. އަދި މި ދެބާވަތުން މީގެ ޒާތުގައި ވަރަށް ގިނަ ފައިދާ ލިބިދެއެވެ. މި މޮއިސްޗަރައިޒާގެ އަޖުމަ ބަލާލާށެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —