Advertisement
header ad
XeeTimesXeeTimes
ކުކުން: ތަފާތު އަދި އަޖައިބު ކުރުވަނިވި ފަައިދާ ލިބިދޭ ސިއްޙަތު

ކުކުން: ތަފާތު އަދި އަޖައިބު ކުރުވަނިވި ފަައިދާ ލިބިދޭ

ކުކުން ނުވަތަ އިނގިރޭސިން ކިޔާ ގޮތުންނަމަ ސެފްރޮން އަކީ ވަރަށް ރީތި ރަތްކުލައެއްގައި ހުންނަ ގިނަ ގައުމުތަކުގައި ލިބެން ހުންނަ އެއްޗެކެވެ. އެހެންނަމަވެސް މިއީ އަގުބޮޑު އަދި ވަރަށް ގިނަގުނަ ސިއްހީ ފައިދާތަކެއް ލިބޭ އެއްޗެކެވެ. މީގެ ރަނގަޅު ފެންވަރުގެ އެއްޗެހީގެ އަގަށް ބަލާލާއިރު 450 ގްރާމް ލިބެން ހުންނަނީ 500 އާއި 5000 ޑޮލަރުގެ އަގެއްގައެވެ. މިއީ "ކްރޮކަސް ސެޓިވަސް" ކިޔާ މަލެއްގެ ކަރުގަނޑުން ވަކިވަކިން އަތުން ނައްޓައިގެން ހިއްކާއެއްޗެކެވެ. މީގެ އަގު އެހާ ބޮޑުވަނީ މި ނެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ބުރަވުމާއި، މިމަސައްކަތްކުރާ މީހުންގެ އަގު ބޮޑުވެފައި ކޮށްދޭނެ މީހުން މަދުވުމުންނެވެ. 

މީހާގެ މޫޑު ރަނގަޅުވެ މާޔޫސްކަން ފިލުވާލުމަށް އެހީއެއް

މިއީ މީހާގެ މޫޑަށް އަންނަ ބަދަލުތައް ވަރަށް ބޮޑަށް ރަނގަޅުކޮށްދިނުމުގައި އެހީވެދޭ އެއްޗެކެވެ. ޑިޕްރެޝަންގެ ކަންކަން ދިމާވެފައިވާ މީހުންނަށް ބޭސް ދިނުމުގެ ބަދަލުގައި ކުކުން ބޭނުންކުރުމުން ލިބޭ ގެއްލުންތައް މަދުވެ މީގެއިން ލިބޭ ފައިދާ އިތުރުވެގެން ދާކަމަށް ބުނެވެއެވެ. ޑިޕްރެޝަންގެ ކުދިކުދި މައްސަލަތަކާއި ކަންކަމުގައި މާބޮޑަށް ނެގެޓިވްކޮށް ވިސްނާ މީހުންނަށް ދޭން ރަނގަޅު އެއްޗެކެވެ.

Article - in content
Advertisement

ކެންސަރުން ދުރުކޮށްދޭ

މިއީ އެންޓި އޮކްސިޑަންޓް ވަރަށް ބޮޑަށް އެކުލެވިގެންވާ އެއްޗެކެވެ. ކެންސަރު ޖެހިފައިވާ މީހުންގެ ހަލާކުވެފައިވާ ސެލްތައް ނައްތާލުމަށް އެހީތެރިވެދީ ރަނގަޅަށް ހުންނަ ސެލްތައް ސިއްހީގޮތުން ރަނގަޅަށް ބެހެއްޓުމަށް އެހީތެރިވެދެއެވެ. ކުކުންގެ ކުޑަ މިންވަރަކުންވެސް ގިނަގުނަ ފައިދާތައް ލިބިދެއެވެ.

ކެއުމާ ދުރުކޮށްދީ ހިކުމަށް ފަހިމަގެއް

ބޭކާރު އިތުރު ކެއުންތައް ނުކައި ކުކުން ބޭނުންކުރުމުން މީހާގެ ބަރުދަނަށް ބަދަލު އާދެއެވެ. ކެއުމާއި ދުރުވެލާ އަދި ބަނޑުހައިނުވެ ހިފަހައްޓާދެއެވެ. މިގޮތަށް ގަވާއިދުން ބޭނުންކުރާނަމަ ތައްޔާރީކާނާ ކެއުމާއި ދުރުވެ މީހާ ހިތްހަމަޖެހި ރަނގަޅު މިޒާޖެއްގައި ހުރުމަށް އެހީވެއެވެ. 

ވަކި ޑޯޒަކަށް ބޭނުންކުރަން ނުޖެހުން

ވަކިވަރަކަށްވުރެ ގިނައިން ކުކުން ކެވިދާނެތީ އެކަމާ ވިސްނާކަށް ނުޖެހެއެވެ. މިއީ ވަކި ޑޯޒަކަށް ބޭނުންކުރަންޖެހޭ އެއްޗެއް ނޫނެވެ. ކެއުމުގައި އާއްމުކޮށް ބޭނުންކުރާނަމަ މީހާގެ ހަށިގަނޑަށް ގިނަގުނަ ފައިދާތަކެއް ލިބެއެވެ. 

 

މައުލޫމާތު: ހެލްތް ލައިން

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

Aisha 21ޖޫން2023

hakuru bali ekkon rangalhu kureveyne gotheh ebaoiy tho 1

Anonymous 14ޖޫން2023

Mihuriha mauloomaatheh liunuiru mibeynunn kuranvee rangalhu goi keevve tho nuliunee 13

aish 13ޖޫން2023

beynun kureveyne goiy ves liyeli nama v salhi vees 12

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —