Advertisement
header ad
XeeTimesXeeTimes
ކުޑަކަމުދާން ޖެހުމުން ހިފަހައްޓާލައިގެން ގިނައިރު ހުރުމުގެ ގެއްލުން އެނގޭތަ؟ ސިއްޙަތު

ކުޑަކަމުދާން ޖެހުމުން ހިފަހައްޓާލައިގެން ގިނައިރު ހުރުމުގެ ގެއްލުން އެނގޭތަ؟

ކުޑަކަމުދާން ޖެހިއްޖެނަމަ ފާޚާނާއަކާ ހަމައަށް ދެވެންދެން ހިފަހައްޓާލައިގެން ހުންނަންޖެހޭ ފަހަރު އާދެއެވެ. އެހެންނަމަވެސް ތަކުރާރުކޮށް ގިނައިރު މިގޮތަށް ހިފަހައްޓާލައިގެން ހުރުމަކީ ސިއްހީ ގޮތުން ނުރައްކާވެދާނެ ކަމެކެވެ. މިގޮތަށް ހިފެހެއްޓުމުން ނުކުމެދާނެ ބައެއް މައްސަލަތަކަކީ:

  1. ކިޑްނީ ހަލާކުވުމުގެ ފުރުސަތު ބޮޑުވުން

ކިޑްނީގެ ބަލިތައް ތަހަންމަލް ކުރަމުންދާ ފަރާތްތަކުން މިގޮތަށް ގިނައިރު ކުޑަކަމުނުގޮސް ހިފަހައްޓާލައިގެން ހުރުމުން ކިޑްނީއަށް ކުޑަކަމުދާތަކެތި ދިއުމުގެ ފުރުސަތު އޮވެއެވެ. މިހެންވުމުގެ ސަބަބުން ޖަރާސީމު އުފެދުމުގެ ފުރުސަތު ބޮޑުވެއެވެ. މާބަނޑު އަންހެނުންވެސް ކުޑަކަމުނުގޮސް ގިނައިރު ހުރުމުން ޖަރާސީމު އުފެދި އެކަމުގެ ވޭން އުފުލަންޖެހެއެވެ. 

  1. ބްލަަޑަރ ގެ މަސްތަކުގެ ބާރު ދެރަވުން

ކުޑަކަމުދާން ޖެހުމުން އަވަހަށް ދިއުމަކީ އެންމެ ރަނގަޅު ގޮތެވެ. ކުޑަކަމުދާން ވެފައިހުރެ ގިނައިރު ހުރުމަށްފަހު ދިއުން އާންމުކަމަކަށް ހަދައިފިނަމަ ބްލަޑަރ ސަރަހައްދުގެ މަސްގަނޑުގެ ބާރުދެރަވުމުގެ އިތުރަށް ކުޑަކަމުގޮސް ނިންމާލަން އުދަގޫވެއެވެ. މިހެން ދިމާވެއްޖެނަމަ ކެއްސާ އަދި ކިނބިހި އަޅާއިރު ކުޑަކަމުދެވުން އެކަށީގެންވެއެވެ.

Article - in content
Advertisement
  1. ކުޑަކަމުދާ ހޮޅީގައި ޖަރާސީމު އުފެދުން

ކުޑަކަމުދިއުމުން ގުދުރަތީގޮތުން އުފެދިފައި ހުންނަ ބެކްޓީރިއާތައް ހަށިގަނޑުން ބޭރުވެއެވެ. ނަމަވެސް ކުޑަކަމުދާން ވެފައިހުއްޓާ ގިނައިރު ހިފަހައްޓާލައިގެން ހުރުމުން ބެކްޓީރިއާތައް ދެގުނައަށް އިތުރުވެއެވެ. މިހެންވުމުގެ ސަބަބުން 'ޔޫރިން އިންފެކްޝަން' އުފެދުމުގެ ފަރުސަތު ބޮޑުވެއެވެ. 

ކުޑަކަމުދާ ހޮޅީގައި ޖަރާސީމު އުފެދުމުން ފެންނާނެ އަލާމާތްތައް:

  • ކުޑަކަމުދާއިރު ދިލަނެގުން
  • އަވަސްއަވަހަށް ކުޑަކަމުދާން ޖެހުން
  • ދަށްބަނޑުގައި ވަރަށްބޮޑަށް ރިއްސުން
  • ކުޑަކަމުދާއިރު ތަފާތު ވަހެއް ހުރުން
  • ލޭއައުން 
  • ހޮޑުލެވި ބޯއެނބުރުން  

ޖަރާސީމު އުފެދިއްޖެނަމަ އަވަސްއަވަހަށް ކުޑަކަމުގޮސް ގިނައިން ދިޔާއެއްޗެހި ބުއިމަށް އާދަކުރާށެވެ. އަދި ބޮޑުވަރުވާނަމަ ޑޮކްޓަރަށް ދައްކާ ފަރުވާ ހޯދުމަށް އިސްކަންދޭންވާނެއެވެ. 

 

މައުލޫމާތު: ބްރައިޓްސައިޑް 

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —