Advertisement
header ad
XeeTimesXeeTimes
މައުލޫމާތު: ހުޅުތައް ދުޅަވެ ރިއްސާނަމަ ކޮލިޒާން ބޭނުން ކުރެވިދާނެ! ސިއްޙަތު

މައުލޫމާތު: ހުޅުތައް ދުޅަވެ ރިއްސާނަމަ ކޮލިޒާން ބޭނުން ކުރެވިދާނެ!

ކޮލިޒާނަކީ އިނގުރު އާއިލާއަށް ނިސްބަތްވާ އާންމުކޮށް ދެކުނުއޭޝިއާގެ ގައުމުތަކުގައި ހެދޭ ބާވަތެއްގެ ގަހެކެވެ. މިގަހަކީ 6 ފޫޓުގެ އުސްމިނުގައި ހެދޭ 15 އިންޗި ދިގު 2 އިންޗި ފުޅާ ފެހިކުލައިގެ ފަތެއް ހުންނަ ހުދުކުލައިގެ މަލެއް އަޅާގަހެކެވެ. މިގަހުގައި އަޅާ މޭވާގައި މަޑުމަޑު މީރުވަހެއް ދުވައެވެ.

ބައެއް ފައިދާ:

ކެންސަރަށް ފަރުވާކުރުމުގައި މިގަހުގެ މޫ ބޭނުންކޮށް އުޅެއެވެ. އަދި ދަރިން ލިބުމަށް ދަތިވެފައިވާ ފިރިހެނުންގެ އެމައްސަލައަށް ކޮލިޒާން އިން ފަރުވާހޯދިދާނެ ކަމަށް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވެއެވެ.

Article - in content
Advertisement

ކޮލިޒާނަކީ ހަނދާން ގަދަކޮށްދީ، ހަކުރު ބައްޔަށް ފަރުވާކުރުމަށާއި ކޮލެސްޓްރޯލް މަދުކުރުމަށް އެހީވެދޭ އެއްޗެކެވެ.

އާތުރައިޓިސް (ހުޅުހުޅު ދުޅަވެ ތަދުވުން) ހުންނަ  261 މީހުން ބޭނުންކޮށްގެން 6 ހަފްތާގެ މުއްދަތަށް ދިރާސާއެއް ކޮށްފައިވެއެވެ. މި ދިރާސާއިން ދައްކާގޮތުގައި ކަކުލުހުޅުގެ ރިހުން 63 އިން 50 އިންސައްތައަށް ދަށްވެފައިވެއެވެ. އަދި މިގަހުގެ މޫ ބޭނުންކޮށްގެން ކުރެވުނު ބައެއް ދިރާސާތަކުން ދައްކާގޮތުގައި ބާރުގަދަ ބެކްޓީރިއާ މަރާލުމަށް މި ބޭނުންކުރެވިދާނެއެވެ.

ކޮލިޒާނަކީ އެކިއެކި ކެއުންތަކުގައި ރަހަމީރު ކޮށްލުމަށް ބޭނުންކުރާ އެއްޗެއްވެސް މެއެވެ.

ކޮލިޒާން ބޭނުންކުރެވިދާނެ ގޮތާއިގުޅޭ ވީޑިއޯއެއް:

މައުލޫމާތު: ހެލްތްލައިން އަދި ޔޫޓިއުބް

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —