Advertisement
header ad
XeeTimesXeeTimes
ކަންފަތް ސާފުކޮށް ގިނަދުވަހު ބެހެއްޓިދާނެ ގޮތްތަކެއް ސިއްޙަތު

ކަންފަތް ސާފުކޮށް ގިނަދުވަހު ބެހެއްޓިދާނެ ގޮތްތަކެއް

ކަންފަތްތެރޭގައި އުފެދޭ މަޑު ނުވަތަ 'އިއަރ ވެކްސް' އަކީ އެކިބާވަތްތަކުގެ އިންފެކްޝަން ތަކުން ރައްކާތެރިކޮށްދޭ އެއްޗެކެވެ. އަހަރެމެން އެންމެންވެސް ބޭނުންވަނީ ކަންފަތް ސާފުކޮށް ބެހެއްޓުމަށެވެ. އެގޮތުން ބައެއް މީހުން ކަންފަތް ސާފުކުރުމަށް ކަފަބުރު ބޭނުންކޮށް އުޅެއެވެ. އެކަމަކީ އެހާ ރަނގަޅުކަމެއް ނޫނެވެ.

ސިއްހަތަށް ގެއްލުން ނުވާނެހެން ކަންފަތް ސާފުކޮށް ބެހެއްޓުމަށް ފަސޭހައިން ކުރެވިދާނެ ބައެއް މުހިންމު ކަންކަމުގެ ތެރޭގައި:

ކެފެއިން ބޭނުންކުރުން ހުއްޓާލުން

Article - in content
Advertisement

ގިނަ މީހުންނަކީ ހެނދުނު ހޭލައިގެން އެންމެ ފުރަތަމަވެސް ހޫނު ކޮފީތައްޓަކުން ހެނދުނުގެ ނާސްތާ ފަށާ މީހުންނެވެ. ކެފެއިންގެ ސަބަބުން ކަންފަތުގައި މަޑު އުފެދޭ މިންވަރު އިތުރުވާކަމަށްވެއެވެ.

ކަންފަތްތެރެ ސާފުކުރުމުގައި ކަފަބުރު ބޭނުންނުކުރުން

ކަފަބުރެއް ބޭނުންކޮށްގެން ކަންފަތްތެރެ ސާފުކުރުމަކީ ވަރަށް ފަސޭހަކަމެއް ގޮތުގައި ދެކިގެން ބައެއްމީހުން ކަފަބުރުން ކަންފަތްތެރެ ސާފުކުރެއެވެ. ނަމަވެސް ކަފަބުރު ކަންފަތްތެރެއަށް ކޮއްޕާލުމުން މަޑުތައް އެތެރެއަށްދެއެވެ. ކަފަބުރު ބޭނުންކުރުމުގެ ބަދަލުގައި ކަންފަތް ދޮވެ ތުނި ތުވާލިކޮޅަކުން ފެންހިއްކާށެވެ.

ޒައިތޫނި ތެޔޮ ބޭނުންކުރުން

ޒައިތޫނި ތެލަކީ އޭގައި ސިއްހީ އެތައް ފައިދާއެއް އެކުލެވޭ ތެލެކެވެ. ކޮންމެ ހަފްތާއަކު އެއްފަހަރު ކުޑަތެޔޮފޮދެއް ބޭނުންކޮށްގެން ކަންފަތްތެރޭގައި ހުންނަ މަޑުތައް ބޭރުކުރެވިދާނެއެވެ. ކުޑަތެޔޮފޮދެއް ކަންފަތަށް އެޅުމުން އެއްވެސް މަސައްކަތަކާނުލައި ކަންފަތްތެރޭގައި ހުންނަ މަޑުތައް ބޭރުވާނެކަމަށް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވެއެވެ. 

ގިނައިން ފެން ބުއިން

ގިނައިން ފެން ބުއިމަކީ ސިއްހަތަށް ފައިދާހުރިކަމެކެވެ. އެގޮތުން ފެންބުއިމުން ކަންފަތުގައި އުފެދޭ މަޑުތައް ކޮންޓްރޯލްކޮށް 'އިއަރ ކެނަލް' ތެރޭގައި ހުންނަ ތެތްކަން އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެއެވެ.

މައުލޫމާތު: ނީލްސްޕާލިންގ/ބްރައިޓްސައިޑް

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ޢަލީ 17ޖެނުއަރީ2023

ކަންކަންކަމުގެ ފުރިހަމަ މަޢުލޫމާތު އިސްލާމްދީނުގައި އަންގަވާފަ އެބައޮތެވެ..ހަމަހިލާ އެއަކުން ނުނެއްޓެވޭނެއެވެ..ސައިންސް އެކަން ހެކިކޮށް ބުނެދެނީއެވެ..އެއީ ﷲ ގެ ޢިލްމުފުޅުގެ ފުރިހަމަ ކަމުންނެވެ. 23 4

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —