Advertisement
header ad
XeeTimesXeeTimes
ފެމިލީ ޑެންޓަލް ކެއާ: ތަޖުރިބާކާރު ޑޮކްޓަރުން ކައިރިން ފަރުވާ ހޯދުމަށް އަގުހެޔޮ ފުރުސަތުތަކެއް! ސިއްޙަތު

ފެމިލީ ޑެންޓަލް ކެއާ: ތަޖުރިބާކާރު ޑޮކްޓަރުން ކައިރިން ފަރުވާ ހޯދުމަށް އަގުހެޔޮ ފުރުސަތުތަކެއް!

އިންސާނާގެ ސާފުތާހިރުކަމާއި ރީތިކަމަށް ދަތް މުހިންމު ރޯލެއް އަދާކުރެއެވެ. ދަތާއި ގުޅުންހުރި ތަފާތު ފަރުވާ ހޯދުމަށް މިއޮތީ ރަނގަޅު ފުރުސަތެކެވެ.

ދަތުގެ ގިނަ ޚިދުމަތްތަކެއް ލިބޭ ގޮތަށް މުޅިން އާ ދަތުގެ ކުލިނިކެއް 'ފެމިލީ ޑެންޓަލް ކެއާ' ގެ ނަމުގައި މާލެ، ނިރޮޅުމަގު، ގ. ސަންއީސްޓްގެ ދެވަނަ ފަންގިފިލާގައި ހުޅުވީ މިދިޔަ ނޮވެންބަރު މަހުގައެވެ. ޝީޝާ ޝޯރޫމް ކައިރީގައި ހުޅުވި މި ކުލިނިކުގައި ފަރުވާދެއްވާ ދެ ޑޮކްޓަރުންގެ ތެރެއިން އެއް ޑޮކްޓަރަކީ އިންޑިއާގައި ބަލި މީހުންނަށް ފަރުވާ ދިނުމަށް 25 އަހަރު ހޭދަކޮށްފައިވާ ޑޮކްޓަރެކެވެ. އަދި ދެވަނަ ޑޮކްޓަރަކީ ފުވައްމުލަކުގައި މަސައްކަތްކޮށް މިދާއިރާގެ ތަޖުރިބާ ލިބިފައިވާ ޑޮކްޓަރެކެވެ.

ފެމިލީ ޑެންޓަލް ކެއާ ކުލިނިކުގައި މަސައްކަތްކުރާ ދެ ޑޮކްޓަރުން

" ގިނަ އަހަރުތަކެއްގެ ތަޖުރިބާ ލިބިފައިވާ ޑޮކްޓަރުން ކައިރިން ފަރުވާ ހޯދުމުން ލިބޭ އެންމެ ބޮޑު ފައިދާ އަކީ، ތަޖުރިބާއާއެކު ދަތްތަކަށް ދިމާވާ މައްސަލައަށް ހައްލު ހޯދައިދެވޭތީ. އިތުބާރާއެކު ދަތުގެ ތަފާތު ފަރުވާ ހޯދުމަށް ފެމިލީ ޑެންޓަލް ކެއާ ހިޔާރު ކުރައްވާ. އަޅުގަނޑުމެން މިތިބީ ދިމާވާ މައްސަލަތަކަށް ހައްލު ހޯދައިދޭން. ފަރުވާ ދިނުމުގައި ބަލާނީ ހިދުމަށް ހޯދާ މީހުންނަށް ބޭނުންވާނެ އެންމެ ފެންވަރު ރަނގަޅު ފަރުވާއެއް ދިނުމަށް" ފެމިލީ ޑެންޓަލް ކެއާ ކުލިނިކުން މައުލޫމާތު ދެއްވިއެވެ.

Article - in content
Advertisement

ލިބެންހުރި ފަރުވާތައް:

  • ސްކޭލިންގ އެންޑް ޕޮލިޝިންގ (ދަތް ސާފުކުރުން)
  • ރޫޓު ކޭނަލް ޓްރީޓްމަންޓް
  • މެޓަލް ސެރަމިކް ކުރައުން
  • ޒާކޯނިއާ ކުރައުން
  • ފިކްސްޑް ޕާޝަލް ޑެންޗާ
  • އާރުޕީޑީ
  • ކޮމްޕްލީޓް ޑެންޗާ
  • ދަތް އުފުރައިދިނުން
  • ކޮމްޕޮސިޓް ފިލިންގ
  • ގްލާސް އަޔޮނޯމާ ފިލިންގ
  • ނަރުއެޅުވުން
ފެމިލީ ޑެންޓަލް ކެއާ ކުލިނިކުގައި ޑޮކްޓަރަކު ފަރުވާދެނީ

ފަރުވާތަކުން ބޮޑު ޑިސްކައުންޓެއް

ފެމިލީ ޑެންޓަލް ކެއާ ކުލިނިކުން މި ޖެނުއަރީ ނިމުމުގެ ކުރިން ފަރުވާ ހޯދާ ކޮންމެ މީހަކަށް 50 އިންސައްތަ ޑިސްކައުންޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެޕޮއިންޓްމެންޓް ހަދާނީ ކިހިނެއް؟

ދަތުގެ ފަރުވާ ހޯދުމަށް ތަޖުރިބާކާރު ޑޮކްޓަރުންގެ އެޕޮއިންޓްމެންޓް ހޯދުމަށް ބައެއްފަހަރު ވަރަށް ގިނަ ވަގުތު ހޭދަވެއެވެ. ފެމިލީ ޑެންޓަލް ކެއާ އިން ފަރުވާހޯދުމަށް ބޭނުން ވަގުތަކަށް އެޕޮއިންޓްމެންޓް ހޯދުމަށް 7954089 އަށް ގުޅާލަންވީއެވެ. އަދި އިތުރު މައުލޫމާތު ފޭސްބުކް ޕޭޖް Family Dental Care އިން ލިބިވަޑައިގަންނަވާނެއެވެ.

ފެމިލީ ޑެންޓަލް ކެއާ ކުލިނިކުގެ އަމާޒަކީ ރަނގަޅު ފެންވަރުގެ ފަރުވާ އަތްފޯރާ އަގެއްގައި ފަސޭހައިން ފޯރުކޮށްދިނުމެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —