Advertisement
header ad
XeeTimesXeeTimes
މޫނުގައި ހުންނަ 'ބްލެކްހެޑްސް' ނައްތާލުމުގެ ހައްލު ހޯދަމާ ސިއްޙަތު

މޫނުގައި ހުންނަ 'ބްލެކްހެޑްސް' ނައްތާލުމުގެ ހައްލު ހޯދަމާ

ނޭފަތުގައި އާއްމުކޮށް 'ބްލެކްހެޑްސް' ނުވަތަ ކަޅުކުލައިގެ ތިކިތަކެއް ހުންނާތީ ވަރަށް ގިނަ މީހުން ކަންބޮޑުވެއެވެ. މިގޮތަށް ހުންނަ ހުރުމުން މޫނު އެހާ ސާފު ނޫންކަމަށްވެސް ދައްކައެވެ. ގޭގައި މިކަމަށް ފަރުވާ ހޯދާލުމުގެގޮތުން ކުރެވިދާނެ 2 ކަމެއް ހިމަނާލާނަމެވެ.

ބިސް ބޭނުންކޮށްގެން ބްލެކްހެޑްސް ނައްތާލެވިދާނެ/ ފޮޓޯ: ލައިފް ބެރީސް ޑޮޓް ކޮމް

ބްލެކްހެޑްސް ނުވަތަ ވައިޓްހެޑްސް ނައްތާލުމަށް ކުކުޅުބިހުން ތައްޔާރު ކުރެވިދާނެ މާސްކް

ކުކުޅުބިހުގެ ހުދުބަޔާއި ރީނދޫބައި ވަކިކޮށްލާށެވެ. އެއަށްފަހު ބްލެކްހެޑްސް އަދި ވައިޓްހެޑްސް ހުރި ތަންތަނުގައި ފިއްސަކުން ބިހުގެ ހުދުބައި ހާކާލާށެވެ. ކުޑަ ޓިޝޫކޮޅެއް ނުވަތަ ތުނިކޮށް ކަފަކޮޅެއް ތަތްކޮށްލާށެވެ. އެއަށްފަހު ބިހުގެ ރީނދޫބައި ހާކާލުމަށްފަހު 10 ވަރަކަށް މިނިޓް ބަހައްޓާލާށެވެ. މަޑުމަޑުން ޓިޝޫ ނުވަތަ ކަފަކޮޅު ނައްޓާލާށެވެ. ނައްޓާލުމުން މޫނު ވަރަށް ސާފުވެ ހަންގަނޑުގެ ކުލަ އަލިކަމަށްވެސް ދައްކާނެއެވެ.

Article - in content
Advertisement

ބްލެކްހެޑްސް ނުވަތަ ވައިޓްހެޑްސް ނައްތާލުމަށް މިލްކް އަދި ޖެލަޓިން ބޭނުންކުރަމާ

4 ސަމުސާ 'ފްރެޝް މިލްކް' ހޫނުކޮށްލާށެވެ. އެއަށްފަހު ފްލެވަރ ނުހުންނަ 2 މޭޒުމަތީ ސަމުސާގެ ޖެލަޓިން އަޅައިގެން ރަނގަޅަށް އެއްކޮށްލާށެވެ. ފިއްސެއް ބޭނުންކޮށްގެން ބްލެކްހެޑްސް ހުންނަ ތަންތަނުގައި ހާކާލާށެވެ. އަދި ރަނގަޅަށް ހިކެންދެން ބެހެއްޓުމަށްފަހު ދޮވެލާށެވެ. އެއަށްފަހު އައިސްކިއުބެއް ބޭނުންކޮށްގެން މޫނު ސާފުކޮށްލާށެވެ. މިގޮތަށް ހެދުމުން މޫނުގެ އުޖާލާކަން ދައްކުވައިދެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —