ބާދިރީ އަކީ ކުދިބަތްގޮތަށް އެއަށްވުރެން ބޮޑެތިކޮށް ހުންނަ ގޮވާމުގެ ބާވަތެކެވެ. މިއީ ހިމަދިގުކޮށް ފަތްހުންނަ ގަހެއްގައި ނިކުންނަ ދިގުކުރާގަނޑެއްގައި އަޅާ ގަދަމުށިކުލައެއްގައި ހުންނަ އެއްޗެކެވެ.
މިބާވަތުގެ ގަސް އާންމުކޮށް ހެދިބޮޑުވަނީ 4 ނުވަތަ 5 ފޫޓަށެވެ. މިއީ ސިއްހީ ގޮތުން ގިނަ ފައިދާތަކެއް ލިބޭ ގޮވާމެކެވެ.
ސިއްހީ ބައެއް ފައިދާތައް:
ކެންސަރުޖެހުމުގެ ފުރުސަތު ކުޑަކޮށްދިނުން
ބާދިރީ ބޭނުންކުރުމުން ކެންސަރުން ރައްކާތެރިވުމަށް އެހީއަކަށް ވަނީ ބާދިރީގައި ގިނައަދަދަކަށް 'މެގްނީޒިއަމް' ހުރުމުގެ އިތުރަށް 'ފައިޓޯނިއުޓްރިއެންޓް' އެކުލެވިގެންވާތީއެވެ.
ބަރުދަން ލުއިކުރުމަށް އެހީތެރިވުން
ބާދިރީގައި ފައިބަރު ގިނައިން އެކުލެވޭތީ އެ ބޭނުންކުރުމުން ބަރުދަން ލުއިކުރުމަށް އެހީތެރިވެދެއެވެ. ފައިބަރު އެކުލެވޭ ކާނާ ކެއުމުން ކާތަކެތި ހަޖަމުވުން ލަސްކޮށްދެއެވެ. އެހެންކަމުން ބަނޑު ފުރިފައިހުންނަހެން ހީވުމުން ކެވޭ މިންވަރު މަދުކޮށްދެއެވެ.
ހަކުރުބަލިން ރައްކާތެރިކޮށްދިނުމަށް އެހީތެރިވުން
ހަކުރު ކޮންޓްރޯލް ކުރުމަށް ބާދިރީ ބޭނުން ކުރެވިދާނެއެވެ. ބާދިރީގައި ހިމެނޭ ހަކުރު ލޭގެ ތެރެއަށް ލަސްކޮށް ދިއުމުގެ ސަބަބުން ހަކުރުބަލި ހުންނަ މީހުންނަށް ހަކުރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދެއެވެ.
މީގެއިތުރުން ކަށީގެ ދުޅަހެޔޮކަމަށާއި، އަރިފަދުސް ރޯގާގެ އުނދަގޫ ކުޑަކުރުމަށްވެސް ކެއުމުގައި ބާދިރީ ބޭނުން ކުރެވިދާނެއެވެ.
މައުލޫމާތު: އަވަރހެލްތީވޭ/ ޔޫޓިއުބް










Baadhiree ulheyne Mndf ga
Mee raahjeyn libey ehcheh noon. 1
Badiri libeyne konthaaku badiri v bodah beynun hurithan enginje 7908650 minanbarah gulhaala devin varah bodah eden namm 1 1
Pearl millet 6
Baadhiri ah kiya english namaki koba 5 1