Advertisement
header ad
XeeTimesXeeTimes
ނުކައި ދޫކޮށް ނުލެވޭވަރަށް ފައިދާހުރި 5 މޭވާއެއް ސިއްޙަތު

ނުކައި ދޫކޮށް ނުލެވޭވަރަށް ފައިދާހުރި 5 މޭވާއެއް

ރަނގަޅު ސިއްހަތެއްގައި ދިރިއުޅެން ބޭނުންނަމަ ސިއްހަތަށް ފައިދާހުރި މޭވާ ކެއުމުގައި ބޭނުންކުރަން އެބަޖެހެއެވެ. އަގުބޮޑުވިއަސް މިއީ ނުކައި ދޫކޮށްލެވޭވަރުގެ މޭވާތަކެއް ނޫނެވެ.

ބެރީސް

ބްލެކްބެރީސް، ކްރެންބެރީސް، ސްޓްރޯބެރީސް، ބްލޫބެރީސް ފަދަ ހުރިހާ ވައްތަރެއްގެ ބެރީސް އަކީ ނިޔުޓްރިޝަންގެ މާއްދާތައް އެކުލެވޭ ފައިބަރ ހިމެނޭ ފެޓްގެ މާއްދާ މަދު މޭވާއެކެވެ. އެހެންވުމުން މިއީ ކެއުމުގައި ކޮންމެހެން ހިމަނަން ރަނގަޅު މޭވާއެކެވެ.

Article - in content
Advertisement

އާފަލު

އާފަލަކީ ބަރުދަން ލުއިކުރުމަށް މަސައްކަތްކުރާ މީހުން ވެސް ކެއުމަށް ބޭނުންކުރަން ރަނގަޅު މޭވާއެކެވެ. މިމޭވާގައި ހިމެނޭ ފައިބަރގެ މާއްދާގެ ސަބަބުން ބޮޑުކަމުދިއުމަށް ފަސޭހަވެއެވެ.

ކަރާ

ކަރާ އަކީ އަގުހެޔޮކޮށް ފަސޭހައިން ލިބެން ހުންނަ މޭވާއެކެވެ. މިމޭވާގައި ގިނަ އަދަދަކަށް ފެން އެކުލެވޭތީ ބަރުދަން ލުއިކުރުމަށް އެހީތެރިވެދެއެވެ. މިގޮތުން މިއީ ކެލޮރީ ނައްތާލުމަށް އެހީތެރިވެދޭ މޭވާއެކެވެ.

އޮރެންޖް

މިއީ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް ވަރަށް މުހިންމު މޭވާއެކެވެ. އެންޓިއޮކްސިޑެންޓް ގިނައިން އެކުލެވޭ މޭވާއެކެވެ. އަދި ރަހަމީރު މިމޭވާ އަކީ ރޯގާޖެހުމުން ވެސް ކެއުމަށް ބޭނުންކުރެވިދާނެ ކުޑަކުދިންވެސް ކާހިތްވާ މޭވާއެކެވެ.

ފޭރު

މިއީ ގޮހޮރުގެ ބަލިތަކަށް ފަރުވާ ލިބިގަތުމަށް ކެއުމުގައި ބޭނުންކުރުން މުހިންމު މޭވާއެކެވެ. ހަޖަމުކުރުމަށް އެހީތެރިވެދޭ މިމޭވާއަކީ ކަސްރަތުކުރާ މީހުންވެސް ކަސްރަތުގެ ކުރިން ކާލަން ރަނގަޅު މޭވާއެކެވެ.

 

މައުލޫމާތު: އެންޑީޓީވީ

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —