Advertisement
header ad
XeeTimesXeeTimes
މޫނުގެ ހަންގަނޑު ޒުވާންކޮށް ރީތި ކުރުމަށް ޓޮމާޓޯ ބޭނުން ކުރެވިދާނެ ގޮތެއް! ސިއްޙަތު

މޫނުގެ ހަންގަނޑު ޒުވާންކޮށް ރީތި ކުރުމަށް ޓޮމާޓޯ ބޭނުން ކުރެވިދާނެ ގޮތެއް!

މޫނުގެ ހަންގަނޑު ރީތިކުރުމަށް ވަރަށް ގިނަ މަސައްކަތްކުރާ މީހުން އުޅެއެވެ. އެހެންނަމަވެސް ކާމިޔާބު ވަނީ ބައެއް ފަހަރުއެވެ. އަގުބޮޑު ތަކެތި ގަނެގެން ބޭނުންކުރުމުގެ ބަދަލުގައި އަމިއްލައަށް ތައްޔާރުކުރާ ބާވަތަކުން ވެސް ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް މަސައްކަތް ކުރެވިދާނެއެވެ.

ޓޮމާޓޯ އަކީ ގޭގައި ވެސް ފަސޭހައިން ހެއްދޭ އަދި ގަންނަންވެސް އަގުހެޔޮކޮށް ލިބޭ ތަރުކާރީގެ ބާވަތެކެވެ.

ޓޮމާޓޯ ބޭނުންކޮށްގެން މޫނުގެ ހަންގަނޑު ރީތި ކުރެވިދާނެއެވެ.

Article - in content
Advertisement

ތައްޔާރުކުރާނެ ގޮތް

ޓޮމާޓޯއެއް ކޮށާލުމަށްފަހު އެއް ސަމުސާ މާމުއި އަޅައިގެން މިކްސަރުން ހިމުންކޮށްލާށެވެ. އެއަށްފަހު މޫނު ރަނގަޅަށް ދޮވުމަށްފަހު ހިމުންކުރި ޓޮމާޓޯ ޕޭސްޓް އުނގުޅާށެވެ. ފަސްމިނިޓް ވަންދެން މަސާޖުކޮށްލާށެވެ. އެއަށްފަހު 15 މިނިޓް ވަންދެން ނުދޮވެ ބަހައްޓާށެވެ.

މޫނު ސާފުކުރާނެ ގޮތް

ކުޑަކޮށް ފިނިކޮށް ހުންނަ ފެނުން މޫނު ރަނގަޅަށް ދޮވެލާށެވެ. އެއަށްފަހު ސާފު ފޮތިގަނޑަކުން ފުހެލާށެވެ.

ލިބޭ ފައިދާ

ޓޮމާޓޯގެ ސަބަބުން ހަންގަނޑު ތާޒާކޮށްދީ، އަވިން އަނދާފަ ހުންނަ ތަންތަނުގެ ކުލަ އަލިކޮށްދެއެވެ. އަދި އުމުރުން ދުވަސްވުމުން ހަންގަނޑަށް އަންނަ ބަދަލު ކުޑަކޮށްދީ، ހަންގަނޑުގައި ހުންނަ ތެޔޮކަން ކުޑަކޮށްދެއެވެ. މިގޮތަށް ޓޮމާޓޯ ގަވާއިދުން ބޭނުންކުރާނަމަ މޫނުގައި ނަގާ ބިހި މަދުވުމަށް ވެސް އެހީވެއެވެ. މޫނުގައި ހުންނަ ކަޅުކުލައިގެ ލަކުނުތަކުގެ ކުލަ އަލި ކުރުމަށްވެސް ޓޮމާޓޯ އިން ހައްލު ހޯދިދާނެއެވެ. ހަފްތާއަކު ތިން ދުވަހު މިގޮތަށް ޓޮމާޓޯ ބޭނުންކޮށްގެން ހަންގަނޑު ރީތިކުރުމަށް މަސައްކަތް ކުރެވިދާނެއެވެ. 

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —