Advertisement
header ad
XeeTimesXeeTimes
ލޭމަދުވުމާއި ގުޅޭ މުހިންމު މައުލޫމާތު! ސިއްޙަތު

ލޭމަދުވުމާއި ގުޅޭ މުހިންމު މައުލޫމާތު!

ލޭމަދުވުމަކީ ލޭގެ ޓެސްޓް ކުރާއިރު ލޭގައި ހުންނަންވާ މިންވަރަށްވުރެ އެޗް.ބީ (ހީމޮގްލޮބިން) ދަށްކޮށް ހުރުމެވެ. އެޗް.ބީ އަކީ ލޭގެ ރަތް ސެލްތަކުގައި ދަގަނޑުގެ ބަޔާއި އޮކްސިޖަން މުޅި ހަށިގަނޑަށް އުފުލާދޭ މާއްދާއެވެ. ލޭ މަދުވުމުގެ އަސަރު ލޭގައި އެކުލެވޭ ސެލްތަކުން ދޭހަކޮށްދެއެވެ.

އަންހެނެއްގެ އެޗް.ބީ އާންމުގޮތެއްގައި ހުންނަން ވާނީ 11.5 އާއި 13.5 ގްރާމް ޕަސެންޓާއި ދެމެދުގައެވެ. މާބަނޑު ދުވަސްވަރު ހީމޮގްލޮބިން ހުންނަންވާނީ 11 އަށްވުރެ ދަށްނުވާ މިންވަރަކަށެވެ. ލޭމަދުވުމަކީ ހަށިގަނޑުގައި ދަނގަޑުގެބައި މަދުވުމުގެ ސަބަބުން ދިމާވާ އެންމެ އާއްމު އެއް މައްސަލައެވެ.

  • އަޔަން ނުވަތަ ދަނގަޑުގެބަޔަކީ ލޭގައި ހިމެނޭ ރަތް މާއްދާ ކަމުގައިވާ ހީމޮގްލޮބިން އުފެއްދުމަށް ބޭނުންވާ އެންމެ މުހިންމު އެއްމާއްދާ.
  • ހީމޮގްލޮބިންގެ އެންމެ މުހިންމު އެއް މަސައްކަތަކީ ހަށިގަނޑަށް ބޭނުންވާ އޮކްސިޖަން ފުއްޕާމެއިން ނަގައިގެން ހަށިގަނޑުގެ އެކި ހިސާބުތަކުގައިވާ ސެލް ތަކަށް ގެންގޮސްދިނުން.

ލޭ މަދުވުމުގެ އަލާމާތްތައް:

Article - in content
Advertisement
  • ބޯއެބުރުން
  • ބޮލުގައިރިއްސުން
  • މީހާ ދޮންފޫޑުވުން
  • ވަރުބަލިވެ ވަރުދެރަވުން
  • ނޭވާ ކުރުވުން
  • އަވަސް އަވަހަށް ރުޅިއަންނަ ގޮތްވެ ހާސްވާގޮތްވުން
  • ލޮލުގެ އެތެރެ ތިރީކައިރި ފިޔާތޮށި ކުލަ ހުރުން
  • ހިރުގަނޑު މަޑުފިޔާތޮށި ކުލައިގައި ހުރުން
  • ނިޔަފަތިތަކުގެ ކުލަ ބަދަލުވެ ބޮޑަށް ހުދުވެފައި ހުރުން

ލޭމަދުވުމުން ރައްކާތެރިވާނީ ކިހިނެއް؟

ދަގަނޑުގެބައި ގިނައިން އެކުލެވިފައިވާ ކާނާ ކެއުމުން ލޭ މަދުވުމުން ވަރަށް ފަސޭހައިން ރައްކާތެރިވެވިދާނެއެވެ. އަދި ފަނިވުމުން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަކީ ލޭ މަދުވުމުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެކެވެ.

  • ސައި، ކޮފީ ފަދަ ބުއިންތަކުގައި އެކުލެވޭ ބައެއް މާއްދާތަކަކީ ދަގަނޑުގެބައި ހަށިގަނޑަށް ނަގައިދިނުމަށް ހުރަސްއަޅާ މާއްދާއަކަށް ވުމާއެކު ކާވަގުތުތަކުގައާއި ކެއުމަށްފަހު އަދި ކެއުމުގެކުރިންވެސް މިފަދަތަކެތި ބޭނުންނުކުރާށެވެ.
  • ކާވަގުތުގައި 'ސިޓްރިކް އެސިޑް' ނުވަތަ ހުތުގެ ބާވަތެއް ބޭނުންކުރުމުން ކާތަކެތި ހަޖަމުވުމަށްފަހު ހަށިގަނޑަށް ދަގަނޑުގެބައި ނަގައި ދިނުމުގައި އެހީތެރިވޭ. މިސާލަކަށް އޮރެންޖް، އަނބު ނުވަތަ ލުނބޯޖޫސް.

ދަގަނޑުގެބައި (އަޔަން) އެކުލެވޭ ކާނާގެ ބާވަތްތައް

  • މުރަނގަފަތް
  • ފެހިކުލަގަދަ ފަތް/ މައްސާގުފަތް، ކޮޕީފަތް، ކަންކުންފަތް
  • ސަރުބީ މަދު ރަތްކުލައިގައި ހުންނަ އެއްގަމު މަސް
  • ކަނޑުމަސް
  • ކަދުރު
  • ބީޓްރޫޓް
  • ކަރާ
  • ބިސް
  • ތޮޅީގެ ބާވަތްތައް
  • ހިއްކާފައި ހުންނަ މޭވާ

ލޭ މަދުވުމުން ފަރުވާ ހޯދާ

ލޭ މަދުވާކަމަށް ލަފާކުރެވޭނަމަ ސިއްހީ އެހީތެރިއެއް ނުވަތަ ޑޮކްޓަރެއްގެ ލަފާ އަވަހަށް ހޯދާށެވެ. އަދި އަޔަން ގިނައިން ހުންނަ ކާނާ ބޭނުންކުރާށެވެ. އޭގެތެރޭގައި ދަނގަޑުގެބައި ގިނަ ފެހިކުލަގަދަފަތް އަދި ފޯލިކްއެސިޑް ހިމެނޭ އެއްޗެހި ކެއުމުގައި ބޭނުންކުރުން ހިމެނެއެވެ.

 

ނޯޓް: މިލިޔުމުގައި ހިމަނާފައިވާ މައުލޫމާތަކީ ޔުނިސެފް، މިނިސްޓްރީ އޮފް ހެލްތް އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ލޭމަދުވުމާއި ގުޅޭގޮތުން އާންމުކޮށްފައިވާ މައުލޫމާތެވެ. 

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

Anonymous 20ސެޕްޓެމްބަރ2022

K

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —