Advertisement
header ad
XeeTimesXeeTimes
ކިހިލިފަތް:  ކުލަ އަލިކޮށްލުމަށް ގޭގައި ދެވިދާނެ ފަރުވާއެއް ސިއްޙަތު

ކިހިލިފަތް: ކުލަ އަލިކޮށްލުމަށް ގޭގައި ދެވިދާނެ ފަރުވާއެއް

ކިހިލިފަތްދޮށް ކަޅު ވުމަކީ ވަރަށް ގިނަ މީހުން ކަންބޮޑުވާ މައްސަލައެކެވެ. ބައެއް މީހުންނަށް މިގޮތަށް ދިމާވަނީ ހޯމޯނަށް އަންނަ ބަދަލުތަކެއްގެ ސަބަބުން ނުވަތަ ފަލަވުން، ހަކުރުބަލިހުރުން އަދި ކެއުމަށް ބޭނުންކުރާ ބޭހެއްގެ ސަބަބުންނެވެ. މިކަމުގައި ގޭގައި ދެވިދާނެ ފަރުވާއެއް މިލިޔުމުގައި ހިމަނާލާނަމެވެ.

ބޭނުންވާ ތަކެތި:
4 މޭޒުމަތީ ސަމުސާ ރޯކިރު (ފްރެޝްމިލްކް ނުވަތަ ދިޔާކިރު)
2 މޭޒުމަތީ ސަމުސާ ބޭކިންސޮޑާ
1 މޭޒުމަތީ ސަމުސާ އެލޯވެރާ ޖެލް
1 މޭޒުމަތީ ސަމުސާ ކާށިތެޔޮ

މިހުރިހާ ބާވަތެއް ބޯތައްޓަކަށް އެޅުމަށްފަހު އެއްކޮށްލާށެވެ. އެއަށްފަހު ތާފަނާ ފެންފޮދަކުން ކުޑަ ތުވާލިކޮޅެއް ބޭނުންކޮށްގެން ކިހިލިފަތްދޮށް ސާފުކޮށްލާށެވެ. އެއަށްފަހު ތައްޔާރުކުރެވުނު ޕޭސްޓް ރީތިކޮށް ހާކާލުމަށްފަހު 3 ވަރަކަށް މިނިޓް ވަންދެން މަސާޖުކޮށްލާށެވެ. އޭރުން ރީއްޗަށް ހަންގަނޑުތެރެއަށް ވަދެގެންދާނެއެވެ. އަދި 20 މިނިޓްވަންދެން ބެހެއްޓުމަށްފަހު ކުޑަ ތުވާލިކޮޅަކުން އައިސްފެން ބޭނުންކޮށްގެން ސާފުކޮށްލާށެވެ. މިފަރުވާ ހަފްތާއަކު 3 ފަހަރު ގޭގައި ދިނުމުން ތަފާތު ފެނިގެންދާނެއެވެ.
Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —