Advertisement
header ad
XeeTimesXeeTimes
އުޅަނބޮށި އަދި ކަކޫ ކަޅުވާނަމަ މިކަމުން ނަތީޖާ ފެނިގެންދޭ ސިއްޙަތު

އުޅަނބޮށި އަދި ކަކޫ ކަޅުވާނަމަ މިކަމުން ނަތީޖާ ފެނިގެންދޭ

އަހަރެމެންގެ ހަންގަނޑުގެ ކުލަ އެކި ތަންތަން އެކި ކުލައިގައި ބައެއްފަހަރު ހުރެއެވެ. ގިނަ ފަހަރަށް މިހެން ދިމާވަނީ އިރުގެ އަލިންނެވެ.

އެހެން ނަމަވެސް ބައެއްފަހަރު ހޯމޯނަށް ދިމާވާ މައްސަލަތަކުގެ ސަބަބުން މިހެން ދިމާވެއެވެ.

މިގޮތަށް ކަޅުވާ ތަންތަނުގެ ތެރޭގައި އުޅަނބޮށި އަދި ކަކޫ ހިމެނެއެވެ. ތިރީގައި މިވަނީ މިކަން ހައްލުކުރުމަށް ކުރެވިދާނެ ކަމެކެވެ. 

Article - in content
Advertisement

ކަކޫ އަދި އުޅަނބޮށީގެ ހަންގަނޑު އަލިކޮށް ރީތިކޮށް ބެހެއްޓުމަށްޓަކައި ބޭނުންވާ ތަކެތި:

1 މޭޒުމަތީ ސަމުސާ ލުނބޯހުތް

2 މޭޒުމަތީ ސަމުސާ ފުށް (އޯލް ޕާޕަސް ފްލަރ)

2 މޭޒުމަތީ ސަމުސާ ހަނޑޫފުށް

½ ޖޯޑު ރޯކިރު (ފުލްކްރީމް ދިޔާކިރު)

ފުރަތަމަ ލުނބޯހުތް ބޯތައްޓެއް ކަހަލަ އެއްޗަކަށް އެޅުމަށްފަހު ފުށް އަދި ހަނޑޫފުށް އެޅުމަށްފަހު ކިރުފޮދު އަޅާލާށެވެ. އެއަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ރަނގަޅަށް ޕޭސްޓް ހެދުމަށްފަހު ކަކޫ އަދި އުޅަބޮށީގެ ކަޅުވެފައި ހުންނަ ތަންތަނުގައި އުނގުޅުމަށްފަހު 20 ނުވަތަ 25 މިނިޓް ބެހެއްޓުމަށްފަހު ދޮވެލާށެވެ. މިއީ ހަފްތާއަކު ދެފަހަރު ބޭނުން ކުރުމަށް ވަރަށް ރަނގަޅު އެއްޗެކެވެ. މިގޮތަށް މިޕޭސްޓް ބޭނުންކުރުމުން ހަންގަނޑުގައި ކަޅުވެފައި ހުންނަ ތަންތަނުގެ ކުލަ އަލިވެއެވެ. 

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —