Advertisement
header ad
XeeTimesXeeTimes
ބުރޮޅި: އޮށްބޭހުގެ ފަސްބާވަތުގެ ތެރެއިން އެއްބާވަތް! ސިއްޙަތު

ބުރޮޅި: އޮށްބޭހުގެ ފަސްބާވަތުގެ ތެރެއިން އެއްބާވަތް!

ބުރޮޅިގަހަކީ 20-40 މީޓަރު އުސްމިނަށް ހެދޭ ފަތެއްގެ ދިގުމިނުގައި 10-20 ސެންޓިމީޓަރު ހުންނަ މިދިލިގަހާ ވައްތަރު ގޮތަކަށް ރީނދޫ ކުލައާއި ގާތްކުރާ މަޑުފެހި ކުލައިގެ މާ އަޅާ ގަހެކެވެ. ވަށްކޮށް އެއްކޮޅު ތަނޑެއްގެ ގޮތަށް ދިގުކޮށް ހުންނަ މުށިކުލައިގެ މޭވާގެ ވަށަމިނުގައި 12-25 މިލިމީޓަރު ހުރެއެވެ.

އަވައްޓެރި އިންޑިއާގައި ދެވައްތަރެއްގެ ބުރޮޅި ގަސް ހުރެއެވެ. ބުރޮޅިއަކީ ހަކީމީ ބޭސްވެރި ކަމުގައި ބޭނުން ކުރަމުން އަންނަ ބާވަތެކެވެ. ބޭރު އޮމާންކޮށް ހުންނައިރު އާއްމުކޮށް ބޭހަށް ބޭނުން ކުރަނީ ބުރޮޅީގެ ބޭރެވެ.

ބައެއްކަހަލަ ބޭހަށް ބުރޮޅީގެ މަދުވެސް ބޭނުން ކުރެއެވެ.

Article - in content
Advertisement

ބުރޮޅި ބޭނުންކުރާ ބައެއް ގޮތްތައް

ކަރުތެރޭގައި އުފެދޭ އިންފެކްޝަން ރަނގަޅު ކުރުމަށް ލޮނާއި ވަކިފޫ އަދި ބުރޮޅި ބޭނުން ކުރެއެވެ. ބުރޮޅި މަދަކީ އެއްޗެހި ކަށިޖެހުމުން ފަރުވާ އަށް ބޭނުންކުރާ އެއްޗެކެވެ.

އެލާޖިކް ވުމުންނާއި ބޭރަށްހިންގުން، އަދި ހަމުގެ ބަލިތަކުގެ ފަރުވާއަށް ބުރޮޅި ބޭނުންކުރެއެވެ. އިސްތަށި ފޭބުން ކޮންޓްރޯލުކޮށްދީ ބަނޑުހަރުވުމުގެ އުނދަގުލުން ސަލާމަތްވުމަށް ބުރޮޅި ބޭނުން ކުރެވިދާނެއެވެ. ކެއްސުމާއި ނޭވާހިއްލާ މީހުން ވެސް ފަރުވާއަކަށް ބުރޮޅި ޕައުޑަރ މާމުއިއާއެކު ބޭނުންކުރާކަމަށް ވެއެވެ.

ބުރޮޅި މާގިނައިން ބޭނުން ކުރުމުން މޭނުބައިކޮށް ހޮނޑުލެވޭގޮތް ވާކަމަށް އެ ބޭނުންކޮށްފައިވާ މީހުން ވަނީ ބުނެފައެވެ. ބުރޮޅީގެ 40 އިންސައްތަ އަކީ ތެޔޮ ކަމުގައި ވެއެވެ.

މައުލޫމާތު: ނެޓްމެޑް/ ގައިއާހާބްސް

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —