July 24, 2026 15:01
Advertisement

-Advertisement-

ޤިޔާމަތް ދުވަހުން މުދާ ހޯދީ ކޮންފަދަ ގޮތަކުންތޯ ސުވާލުވެވޭންދެން ފައިތިލަ ހުރިތަނުން ގުޑުވައިވެސް ނުލެވޭނެ- ހުކުރު ޚުޠުބާ

މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ރައްކާތެރިކޮށް ދެމެހެއްޓުމީ އެންމެންގެ ދީނީ އަދި ޤައުމީ ވާޖިބެކެވެ. ޤައުމުގެ އެކުވެރިކަމުގެ ކިއްލާގައި ރެނދުލައިފާނެ ކޮންމެ ކަމަކުން މުޖުތަމަޢު ސަލާމަތްކުރަން މަސައްކަތްކުރުމީ މުޖުތަމަޢުގެ ކޮންމެ ފަރުދެއްގެ ޒިންމާއެކެވެ.

އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީ އެމީހަކު މި ދުނިޔޭގައި ކުރި ކަންތައްތަކާ މެދު ސުވާލުކުރެވޭނެ މީހެކެވެ. އޭނާގެ ޢަމަލުތަކާމެދު މާތް ﷲ ހަޟުރަތުގައި ޖަވާބުދާރީވާން ޖެހޭނެ މީހެކެވެ. ހަމަ އެފަދައިން އޭނާއަކީ އޭނާ ދިރިއުޅެމުންދާ މުޖުތަމަޢަށް ވެސް ޖަވާބުދާރީވާން ޖެހޭނެ މީހެކެވެ. ވަކީން ޚާއްސަ ގޮތެއްގައި އެކި ފެންވަރުގެ ޒިންމާތަކާއި ހަވާލުވެ ތިބި މީހުންނަކީ ޤިޔާމަތްދުވަހުން އެ ކަންކަމާ މެދު ވަކިވަކީން ސުވާލުވެވޭނެ ބައެއްކަން ދަންނާށެވެ. އެބައިމީހުންގެ ޢަހުދުތަކާއި ހުވާތަކަށް ޙުރުމަތްތެރިކޮށްހިތައި ވަޒީފާތަކާއި މަސްއޫލިއްޔަތުތައް އަދާކުރީ ކިހިނެއްތޯ ސުވާލުކުރެވޭނެއެވެ. އެހެންކަމުން މި މަސްއޫލިއްޔަތު އުފުލުމުގައި އިހުމާލުވެފައިވާނަމަ އެކަމުގެ ޒިންމާ އެމީހަކު އުފުލާންޖެހޭނެއެވެ. އެދުވަހަކީ ތިމާ މި ދުނިޔޭގައި ކުޅާ ކަމަކުން މެނުވީ އެއްވެސް މަންފާއެއް ލިބޭނޭ ދުވަހެއް ނޫނެވެ. އެދުވަހަކީ ތިމާ މި ދުނިޔޭގައި ކުޅަ ކަމަކުން މެނުވީ އެއްވެސް މަންފާއެއް ލިބޭނޭ ދުވަހެއް ނޫނެވެ.

ރަސޫލާ ﷺ ހަދީޘް ކުރައްވާފައިވެއެވެ. މާނައީ: "ޤިޔާމަތް ދުވަހުން މަޙުޝަރުބިމުގައި އަޅާގެ ޢުމުރު ހޭދަކުރީ ކޮންކަމެއްގައިތޯއާއި އޭނާގެ ޢިލްމަށް ޢަމަލުކުރީ ކިހިނެއްތޯއާއި އޭނާ މުދާ ހޯދީ ކޮންފަދަ ގޮތަކުންތޯއާއި، އެ މުދާ ހޭދަކުރީ ކިހިނެއްތޯއާއި، އޭނާ ހަށިގަނޑުގެ ހަކަތަ ހޭދަކުރީ ކޮންކަމެއްގައިތޯ ސުވާލުވެވޭންދެން އޭނާގެ ފައިތިލަ ހުރިތަނުން ގުޑުވައި ވެސް ނުލެވޭނެއެވެ".

Advertisement

އިސްލާމީ މުޖުތަމަޢުގެ ހުރިހާ ކަމެއް ބިނާވެގެން ވަނީ މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުމާއި އަދުލުއިންސާފުގެ މައްޗަށްކަން ދަންނާށެވެ. ތަރައްޤީއާއި އެއްބައިވަންތަކަން ބިނާވެގެންވަނީ ވެސް ޢަދުލު އިންސާފުގެ މައްޗަށެވެ. ޢަދުލު އިންސާފުގެ ކުރިމަތީގައި އެންމެންނީ ހަމަހަމަ ބައެކެވެ. ކުށެއް ކޮށްފިނަމަ ކޮންމެ މީހަކަށްވެސް ޙައްޤު އަދަބު ލިބޭން ޖެހެއެވެ.

މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ރައްކާތެރިކޮށް ދެމެހެއްޓޭނީ އެ މުޖުތަމަޢުގެ ކަންކަމާ ހަވާލުވެތިބޭ މީހުން އިޚުލާސްތެރިކަމާއި ޒިންމާދާރުކަމާއެކު އެބައިމީހުންގެ މަސްއޫލިއްޔަތު އަދާކޮށްގެންނެވެ. ހުރިހާ ހާލަތެއްގައިވެސް އަދި ހުރިހާ ހާލަތެއްގައިމެ އަދުލުވެރިވުމަށް ކީރިތި ޤުރުއާނުގައި މާތް ﷲ ވަނީ ޢަމުރުކުރައްވައިފައެވެ.

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް