July 14, 2026 06:37
Advertisement

-Advertisement-

ހަޤީޤީ ހާދިސާއެއްގެ މައްޗަށް ލިޔެފައިވާ ހައްވާދީދީ އާއި ކަޅު އަކިރިގަނޑުގެ ވާހަކަ އިނގިރޭސި ބަހުން ނެރެފި!

ހައްވާދީދީ އާއި ކަޅުއަކިރިގަނޑުގެ ވާހަކަ އިނގިރޭސި ބަހުން ފޮތެއްގެ ގޮތުގައި ނެރުނީ އެ ވާހަކަ ދިވެހިންވެސް ލިޔުއްވި 'އޭއޯ ނިވްސް'ގެ ސީއީއޯ ޝިމްލާ އަހްމަދު އެވެ.

ފުވައްމުލަކުގައި ހިނގާފައިވާ ހަޤީޤީ ޙާދިސާ އެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ހައްވާދީދީ އާއި ކަޅުއަކިރި ގަނޑުގެ އިނގިރޭސި ފޮތް ލޯންޗްކޮށްފައިވަނީ މި އަހަރުގެ ލިޔުންތެރިންގެ ދުވަހާއި ގުޅުވައިގެން ބުކްރައިޓާސް އެސޯސިއޭޝަނުން ބޭއްވި ރަސްމިއްޔާތެއްގައެވެ. ޕްރީ ލޯންޗިންގެ ގޮތުގައި ނެރުނު 'ހައްވާދީދީ- ބިޔޯންޑް ދަ ބްލެކް ޝޯ' އަކީ މީގެ 70 ވަރަކަށް އަހަރު ކުރިން ފުވައްމުލަކުގައި ހިނގާފައިވާ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.

" ފުވައްމުލަކުގައި ދިރިއުޅުނު އަންހެނަކަށް ޖުޒާމު ބަލި ޖެހުމުން ކަންތައްތައް ވެގެންދިޔަ ގޮތުގެ ވާހަކަ މިއީ. ރަށުގެ އިސްވެރިން އޭނަގެ ބަލި ދެނެގަތުމަށް ކަންތައްތައް ކުރެއްވި ގޮތާއި ހައްވާދީދީ އާއި މެދު ކަންތައް ކުރުމަށް ރަށުގެ ވެރިންގެ ނިންމުން އައި ގޮތާއި އޭގެ ސަބަބު. އަދި ފުވައްމުލަކުގެ އެކަހެރި ސަރަހައްދެއްކަމަށްވާ ކަޅުއަކިރިގަނޑަށް ހައްވާދީދީ ބަދަލުކޮށް މީހުންނާއި ވަކިން ބަހައްޓަން ޖެހުނުކަން. އޭގެ ފަހުން ހައްވާދީދީގެ ހަޔާތަށް އައި ހިތްދަތި ދުވަސްތަކާއި އެދުވަސްތައް އެ ތަނުގައި ހޭދަކުރި ގޮތް. ހަމަ އެހެންމެ އެ ބަލިން އޭނަ ސަލާމަތްވި ގޮތާއި ފަހުން އޭނަގެ ދިރިއުޅުމުގައި ކަންތައްތައް ވެގެން ދިޔަ ގޮތް ވާނީ ހިމަނާފައި" ލިޔުންތެރިޔާ ޝިމްލާ މައުލޫމާތުދެއްވިއެވެ. 

Advertisement

މި ވާހަކަ އެންމެ ފުރަތަމަ ދިވެހި ބަހުން ލިޔެފައިވަނީ 2021 ވަނަ އަހަރު އޭއޯ ނިއުސް އިން ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ ނޫސްވެރިން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ތެރެއިންނެވެ. ޑޮކިޔުމެންޓްރީ އެއްގޮތަށް ތައްޔާރުކުރި ވީޑިއޯގައި މި ވާހަކައާއި ގުޅުންހުރި ފަރާތްތަކާއި ބައްދަލުކޮށް ތެދު މައުލޫމާތު ހޯދައި އަދި އެ މައުލޫމާތު ވާހަކައިގައި ހިމަނާފައިވެއެވެ. އެގޮތުން ހައްވާދީދީގެ ދޮށީ ދަރިފުޅު މުޙައްމަދު މޫސާ އާއި އަދި ހައްވާދީދީގެ އެންމެ ގާތް ރަޙްމަތްތެރިޔާ ސަންފާދީދީގެ ފަރާތުން ލިބުނު މައުލޫމާތު މި ވާހަކަ ލިޔުމުގައި ބޭނުންކޮށްފައިވެއެވެ.

އިނގިރޭސި ބަހުން ލިޔުނު ފޮތް ބޮޑަށް އަމާޒުކޮށްފައިވަނީ ރާއްޖެއަންނަ ފަތުރުވެރިންނަށާއި ރާއްޖެއާއި ގުޅޭގޮތުން މަޢުލޫމާތު ހޯދަން ޝައުގުވެރިވާ ރާއްޖޭން ބޭރުގެ މީހުންނަށެވެ. ފުވައްމުލަކުގެ ޤުދުރަތީ ރީތިކަމާއި އެ ރަށުގެ ތާރީޚުގެ ތެރެއިން ބަޔެއް ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ 'ހައްވާދީދީ- ބިޔޯންޑް ދަ ބްލެކް ޝޯ' އަކީ ކޮފީ ޓޭބަލް ބުކް އެއްގެ ގޮތުގައި ތައްޔާރުކޮށްފައިވާ ފޮތެކެވެ. މި ފޮތުގެ ކޮންމެ ޗެޕްޓަރ އެއް ނިމޭތަނުގައި ޗެޕްޓަރ ގައި ކިޔައިދީފައިވާ ވާހަކަތަކާއި ގުޅޭ ކުލަ ތަސްވީރު ހިމަނާފައިވެއެވެ.

ފޮތުގެ މުސައްނިފް ޝިމްލާ ފާހަގަކުރި ގޮތުގައި ބައެއް ރިސޯޓު ތަކުން ފޮތަށް ޕްރީ އޯޑަރ ދަނީ ލިބެމުންނެވެ. ފުރަތަމަ ޕްރިންޓެޑް ކޮޕީތައް ލިބޭނީ އަންނަ އޮގަސްޓްމަހުގައެވެ. މި ފޮތުގެ އޮފިޝަލް ލޯންޗިން ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ ސެޕްޓެމްބަރުމަހު ފުވައްމުލަކުގައެވެ.

+1
0
+1
1
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް