June 28, 2026 01:04
Advertisement

-Advertisement-

އަރާކުރި ސީރީސްގެ ކުޑަކުދިންނަށް ޚާއްސަ 'އިނާލާއި ބޮޑު ބުޅާ' އަދި 'މާމަގެ ހޮޅުއަށި 1' ފޮތް ނެރެފި

އަރާކުރި ސީރީސްގެ 48 ވަނަ ފޮތް 'އިނާލާއި ބޮޑު ބުޅާ' މިއީ ކުޑަ ކުދިންނަށް ޚާއްސަކޮށްގެން ކުލަ ފޮޓޯތައް ހިމަނައިގެން އުފައްދާފައިވާ ވަރަށް ރީތި ޢިބްރަތްތެރި ވާހަކައެކެވެ. މި ސީރީސްގެ 49 ވަނަ ފޮތް 'މާމަގެ ހޮޅުއަށި 1' މި ފޮތަކީ އުމުރުން 10 އަހަރުން މަތީ އެންމެނަށް ކަމުދާނެ ރީތި ވާހަކަތަކެކެވެ.

މި ސީރީސްގެ 47 ވަނަ ފޮތަކީ "ދިވެހީންގެ ވަޠަން" މި ފޮތެވެ. މި ފޮތަކީ ދިވެހި ރާއްޖެ އުފެދުނު ހިސާބުން ފެށިގެން ރާއްޖެއާ ބެހޭގޮތުން އެންމެ ގިނަ މަޢުލޫމާތު އެއްފޮތަކުން ލިބޭނެ ފޮތެވެ. ކިޔަވާ ކުދިންނަށް ޚާއްސަކޮށް އެކި ގްރޭޑް ތަކުގެ މަޒުމޫނު ލިޔުމުގައާއި ވާހަކަދެއްކުމުގައި އުޅޭ ކުދިންނަށް ބޭނުންވާނެ ގިނަ މަޢުލޫމާތުތަކެއް މި ފޮތުން ލިބިގެންދާނެއެވެ. މި ފޮތަކީ ތިންސަތޭކަ ސަފުހާއަށްވުރެ ބޮޑު ފޮތެކެވެ.

މާލެސިޓީގެ މަޝްހޫރު ފޮތް ފިހާރަތަކުން 'އިނާލާއި ބޮޑު ބުޅާ' ފޮތް 70 ރުފިޔާއަށް ގަންނަން ލިބެންހުރިއިރު 'މާމަގެ ހޮޅުއަށި 1' ފޮތް ލިބެންހުރީ 95 ރުފިޔާއަށެވެ.

Advertisement

"އަރާކުރި ސީރީސް" އަކީ ދިވެހިބަހުގެ ހަތަރު ހުނަރަށް އަމާޒުކޮށްގެން ނާސަރީ ކުދިންނަށް ޚާއްސަ އަކުރު ދަސްކުރާ ފޮތްތަކުން ފެށިގެން ޕްރައިމަރީ އަދި މެދު މަދަރުސީ ގްރޭޑްތަކުގެ ކުދިންނަށް ޚާއްސަކޮށްގެން ނެރެމުންދާ ސީރީސްއެކެވެ. މި ސީރީސްގައި މަޖާ، ޢިބްރަތްތެރި ވާހަކަތަކާއި މަސައްކަތު ފޮތްތަކާއި، ކިޔުމުގެ ދޭހައިގެ ފޮތްތަކާއި، އަދި އުފެއްދުންތެރި ލިޔުމުގެ ފޮތްތައް ހިމެނެއެވެ. އަރާކުރި ސީރީސްގެ ފޮތްތަކުގެ ތެރޭގައި ތުއްތު ކުދިންނަށް ދިވެހިބަހުގެ އަކުރުތަކުގެ ބައްޓަން ދަސްކޮށްދިނުމާއެކު،ފިލިތަކާއި ސުކުންތައް ކިޔަން ދަސްކޮށްދިނުމަށްޓަކައި ތައްޔާރު ކޮށްފައިވާ ފޮތްތައް ހިމެނެއެވެ. މި ފޮތްތަކުގައި ދިވެހިބަސް ދަސްކުރަން ޝައުޤުވެރިވާނެ ފަދަ ގޮތަކަށް އަކުރާއި ފިއްޔާއި ސުކުންތައް ހިމަނާފައިވެއެވެ. މީގެ ގިނަ ފޮތްތަކުގައި ފަރިތަކުރުންތަކުގެ ޖަވާބުތައް ވެސް ހިމަނާފައިވެއެވެ.

އަރާކުރި ސީރީސްގެ މުސައްނިފަކީ ޙުސްނާ ފަހްމީއެވެ. ޙުސްނާއަކީ ތަޢުލިމީ ދާއިރާގައި 42 އަހަރަށް ވުރެ ގިނަ ދުވަހު އިޚުލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެކެވެ. އަދި މެދުނުކެނޑި 37 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ދައުލަތައް ޚިދުމަތްކޮށްދެއްވާފައިވާތީ، ރައިސުލްޖުމްހޫރިއްޔާ ދެއްވާ ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު 2021 ވަނަ އަހަރު ލިބިފައިވެއެވެ. "އިޖުތިމާޢީ ގޮތުން ބާރުވެރިކުރުވުން" މި ރޮނގުން 2023 ވަނަ އަހަރު "ރެހެންދި އެވާޑް" ލިބިފައިވާއިރު، 2025 ގައި "ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުން ފޮތްލިޔެ އެކުލަވައިލުމާއި، ޝާއިޢުކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމު ލިބިފައިވެއެވެ. ތަޢުލީމީ ރޮނގުން ޙުސްނާ ވަނީ މާސްޓަރ އޮފް ދިވެހި ލޭންގްވިޖް އެންޑް ކަލްޗަރ، ޕޯސްޓްގްރޭޖުއޭޓް ޑިޕްލޮމާ އިން ޓީޗިންގ، ބެޗްލަރ އޮފް އާރޓްސް- ދިވެހި ލޭންގްވިޖް ގެ އިތުރުން ޑިޕްލޮމާ އޮފް ޓީޗިންގ ސަނަދުތައް ހާޞިލުކޮށްފައެވެ.

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް