May 30, 2026 22:53
Advertisement

-Advertisement-

ޒަމާނީ ވަސީލަތްތަކާއެކު 'ބިނާކުރި ފިޓްނަސް' އިން މިގެނެސްދެނީ ފުވައްމުލަކުގެ ރައްޔިތުންނަށް އިތުރު ހިތްހަމަޖެހުމެއް

ދުޅަހެޔޮކަމުގެ ދާއިރާއަށް އާ އުންމީދުތަކާއި ޒަމާނީ ވަސީލަތްތަކާއެކު 'ބިނާކުރި ފިޓްނަސް' އިން މިގެނެސްދެނީ ފުވައްމުލަކުގެ ރައްޔިތުންނަށް އިތުރު ހިތްހަަމަޖެހުމެކެވެ. މިދިޔަ ހަފްތާތެރޭގައި ފުވައްމުލަކުގައި ހުޅުވި 'ބިނާކުރި ފިޓްނަސް' އަކީ ކޮންމެ ފަރުދަަކަށްވެސް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ ޖިމެކެވެ.

މި ޖިމް ރަސްމީކޮށް ހުޅުވައިދެއްވީ ހުޅުމާލޭގައި ހިންގަމުން އަންނަ 'ލެގަސީ ފިޓްނަސް'ގެ ފައުންޑަރ އަހުމަދު ރިޔާޒް އެވެ. ޖިމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރިޔާޒް ވިދާޅުވީ، ބިނާކުރި ފިޓްނަސްގެ މެންބަރުން މާލެއަށް ކުރާ ދަތުރުތަކުގައި، ހުޅުމާލޭގައި ހުންނަ ލެގަސީ ފިޓްނަސްގެ ޚިދުމަތްތައް އެއްވެސް އިތުރު އަގަކާއި ނުލައި ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. 'ލެގަސީ ފިޓްނަސް'އިން ހުޅުވާލި މި ފުރުސަތާއި ގުޅިގެން، 'ބިނާކުރި ފިޓްނަސް'ގެ މެނޭޖްމަންޓުން ވެސް ވަނީ ކަސްޓަމަރުންނަށް އުފާވެރި ޚަބަރެއް ދީފައެވެ. މިއެގޮތުން ލެގަސީ ފިޓްނަސްގެ މެންބަރުން ފުވައްމުލަކަށް ކުރާ ދަތުރުތަކުގައި، ބިނާކުރި ފިޓްނަސްގެ ހިދުމަތްތައް އެއްވެސް އިތުރު ފީއަކާއި ނުލައި ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. މިއީ ދެ ޖިމްގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކޮށް، މެންބަރުންނަށް ލުއިފަސޭހަކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ބިނާކުރި ފިޓްނަސްގެ ކުރިމަގުގެ އުންމީދުތަކަށް ބަލާއިރު، ފިޓްނަސް ދާއިރާއިން މީހުން ބިނާކުރުމަށްވެސް ވަނީ ހާއްސަ އިސްކަމެއް ދީފައެވެ. އެގޮތުން، އެފް.އީ.އޭ މޯލްޑިވްސްއާއި ގުޅިގެން ފިޓްނަސް ދާއިރާގެ އެކި ކޯސްތައް ކައިރި މުސްތަގުބަލެއްގައި ފުވައްމުލަކުގައި ފެށުމަކީ މުހިންމު އަމާޒެކެވެ.

Advertisement

" ބިނާކުރި ފިޓްނަސް އުފެއްދުމުގެ މައިގަނޑު މަގުސަދަކީ، ކޮންމެ ފެންވަރެއްގެ މީހަކަށް ވީނަމަވެސް، އިތުބާރާއި ޔަގީންކަމާއެކު ދުޅަހެޔޮ ދިރިއުޅުމަކަށް ކުރާ ދަތުރު ފެށުމަށް އެހީތެރިވެދީ އެކުވެރި މާހައުލެއް ގާއިމުކުރުން. އަންހެނުންނާއި ފިރިހެނުންނަށްވެސް ފަސޭހަކަމާއެކު ބޭނުންކުރެވޭނެހެން ފަރުމާކޮށްފައިވާ މި ޖިމަކީ، ފެންވަރު ރަނގަޅު ކަސްރަތު ސާމާނާއި ތަމްރީނުދޭ މީހުންގެ އިރުޝާދާއެކު ހިންގުމަށް ހަމަޖެހިފައިވާ ޖިމެއް". 
ޖިމް ރަސްމީކޮށް ހުޅުވުމުގެ ކުރިން ކުރިއަށް ގެންދިޔަ 'ފައުންޑާސް ކޯޗިން ސެޝަން' ތަކަށް އާންމުންގެ ފަރާތުން ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. މިއާއެކު، ކަސްޓަމަރުންގެ ބޭނުންތަކަށް ރިއާޔަތްކޮށް، އަންހެނުންނަށް ހާއްސަ ވަގުތުތަކާއި، ދަރިވަރުންނަށް ހާއްސަ ޕެކޭޖްތައް ވަނީ ތައާރަފުކޮށްފައެވެ.

"އަމާޒަކީ ހަމައެކަނި ޖިމެއް ހިންގުމެއް ނޫން. އަހަރެމެން ބޭނުންވަނީ އެކަކު އަނެކަކަށް އެހީތެރިވެދޭ، ހިތްވަރުދޭ ފިޓްނަސް މުޖުތަމައެއް ބިނާކުރަން،" ބިނާކުރި ފިޓްނަސްގެ ފައުންޑަރ ރިފާސާ ފާއިޒް ވިދާޅުވިއެވެ.
ބިނާކުރި ފިޓްނަސްގެ ހިދުމަތްތަކާއި މެންބަރޝިޕާ ގުޅޭ އިތުރު މައުލޫމާތު 7755660 މި ނަންބަރަށް ގުޅައިގެން ހޯދިދާނެއެވެ. 

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް