May 17, 2026 12:39
Advertisement

-Advertisement-

އަރާކުރި ސީރީސްގެ އިންޑިޔާ ދަތުރު: ރާސްތުރަޕަތީ ބަވަން

ޖެހިގެން އައި ދުވަހު އަޖްނާމެން ދިޔައީ ދިއްލީގައި ހުންނަ ވެރިކަން ކުރާ ރަސްމީ ގަނޑުވަރު ރާސްތުރަޕަތީ ބަވަން ބަލައިލުމަށެވެ. އެއީ ވަރަށް ބޮޑު ގަނޑުވަރެކެވެ. ދުނިޔޭގައި މިހާތަނަށް ގައުމުގެ އެންމެ އިސްވެރިޔަކު ދިރި އުޅުއްވަމުން ގެންދަވާ އެންމެ ބޮޑު ގަނޑުވަރަކީ ރާސްތުރަޕަތީ ބަވަން ކަމަށް ބުނެވެއެވެ.

މި ގަނޑުވަރުގައި 340 ކޮޓަރި ހުންނަކަމަށް ވެއެވެ. އަޖްނާމެން އެ ތަނަށް ދިޔަ ދުވަހު އެ ތަނުގެ އެތެރޭގައި ބޭންޑު ކުޅޭ އަޑު ވަރަށް ގަދަޔަށް އިވެމުން ދިޔައެވެ. އެތާ ކައިރީގައި ވެސް އަޖްނާމެން ވަރަށް ގިނަ ފޮޓޯތައް ނެގިއެވެ. މި ގަނޑުވަރަކީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އުޅުއްވާ މުލިއާގެއާ ވަރަށް ތަފާތު ގަނޑުވަރެއްކަން އަޖްނާމެނަށް ފާހަގަ ކުރެވުނެވެ.

ރާސްތުރަޕަތީ ބަވަން ހުންނަނީ ވަރަށް ބޮޑު ސަރަހައްދެއްގައެވެ. އެތާނގެ ކައިރިއަށް ކޮންމެ ދުވަހަކު އެތައް ހާސް މީހުންނެއް އައިސް ހަނދާނީ ފޮޓޯތައް ނަގައި މަޖާކުރަމުން ދެއެވެ. ފަތުރުވެރިންގެ އިތުރުން އިންޑިޔާގެ އެކިއެކި ހިސާބުތަކުގެ މީހުން ވެސް ވަރަށް ގިނައިން ކޮންމެ ދުވަހަކު ވެސް އެތަން ބަލަން ގޮސް އުޅެއެވެ.

Advertisement

މި ގަނޑުވަރަކީ، ބޭރު ގައުމުތަކުން އިންޑިޔާއަށް ޒިޔާރަތް ކުރައްވާ އިސްވެރިންނާ، އިންޑިޔާގެ ވެރިން ރަސްމީ ގޮތުން ބައްދަލުކުރައްވާ ގަނޑުވަރުވެސް މެއެވެ. މިގަނޑުވަރުގެ ގޯތި ތެރޭގައި ރަސްމީ ބޮޑެތި ޙަރަކާތްތައް ބާއްވައެވެ. އެ ޙަރަކާތްތަކުގެ ތެރޭގައި ބާއްވާ ރަސްމީ ބޮޑެތި ތަފާތު ޕެރޭޑްތައް ފާހަގަކޮށްލެވެއެވެ.

ނޯޓް: ޙުސްނާ ފަހްމީ (ހުސްނާ މިސް) އަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި 42 އަހަރަށް ވުރެ ގިނަ ދުވަހު އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ކަނބަލެކެވެ. އަދި މެދުނުކެނޑި 37 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ދައުލަތައް ޚިދުމަތްކުރައްވާފައި ވާތީ، ރައިސުލްޖުމްހޫރިއްޔާ ދެއްވާ ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު 2021 ވަނަ ލިބިވަޑައިގަތުމާއެކު 2023 ވަނަ އަހަރު ރެހެންދި އެވޯޑް ލިބިވަޑައިގެންފައިވެއެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ހުސްނާއަށް ލިބިވަޑައިގެންނެވީ 2025 ވަނަ އަހަރު އެވެ. ޙުސްނާ ފަހްމީ "އަރާކުރި" ސީރީސް ގެ ނަމުގައި ދިވެހިބަހުގެ ހަތަރު ހުނަރަށް އަމާޒުކުރައްވައިގެން ނާސަރީ ކުދިންނަށް ޚާއްޞަ ދިވެހިބަހުގެ އަކުރުތަކާއި ފިލިތަކާއި ސުކުންތައް ދަސްކޮށްދޭ ފޮތްތަކުން ފެށިގެން ޕްރައިމަރީ އަދި މެދުމަދަރުސީ ގްރޭޑްތަކުގެ ކުދިންނަށް ޚާއްޞަކޮށްގެން ޢިބްރަތްތެރި އަދި މަޖާ ކުރު ވާހަކަތަކާއި، މަސައްކަތު ފޮތްތަކާއި، ވާހަކަ ދޭހައާއި ކިޔުމުގެ ދޭހައިގެ ފޮތްތަކުގެ އިތުރުން އުފެއްދުންތެރި ލިޔުމުގެ ފޮތްތައް ހިމެނޭނޭހެން 47 ފޮތެއް މިހާތަނަށް ނެރެ އާންމުކުރައްވާފައިވެއެވެ.

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް