ފޮޓޯ: ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީގެ ޖަނާޒާ ސިފައިންގެ ރަސްމީ އިއްޒަތުގައި ބާއްވައިފި

ވ. އަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރުން ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދިޔަ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ޑައިވްކުރަނިކޮށް ހާލުދެރަވެ ފަރުވާދެނިކޮށް މުހައްމަދު މަހުދީ ނިޔާވީ ހޮނިހިރު ދުވަހުގައެވެ. ފޮޓޯ: އެމްއެންޑީއެފް

މަހުދީ އަކީ އަމިއްލަ ނަފްސަށްވުރެ ޤައުމީ ޚިދުމަތް އިސްކުރެއްވި ހުޝިޔާރު، ނަމޫނާ ސިފައިންގެ ބޭކަލެއް – އެމްއެންޑީއެފް

ވ. އަތޮޅުގައި ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު 5 ފަތުރުވެރިންގެ ތެރެއިން ނުފެންނަ 4 ފަތުރުވެރިން ހޯދުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދިޔަ ' ސަރޗް އެންޑް ރިކަވަރީ' އޮޕަރޭޝަނުގައި ޑައިވްކުރަނިކޮށް ހާލުދެރަވެ ސާޖަންޓް ފަސްޓް ކުލާސް މުހައްމަދު މަހުދީ ނިޔާވީ ހޮނިހިރު ދުވަހުގައެވެ. އެމްއެންޑީއެފްއިން ނެރުނު ތަޢުޒިޔާގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި މަހުދީ ފާހަގަކުރެވިފައިވަނީ 2005 ވަނަ އަހަރުގެ ޑިސެންބަރު 19 ވަނަ ދުވަހު ސިފައިންގެ ޤައުމީ ޚިދުމަތާއި ގުޅުނު ދުވަހުން ފެށިގެން އަމިއްލަ ނަފްސަށްވުރެ ޤައުމީ […]

އަރާކުރި ސީރީސްގެ އިންޑިޔާ ދަތުރު: ރާސްތުރަޕަތީ ބަވަން

ޖެހިގެން އައި ދުވަހު އަޖްނާމެން ދިޔައީ ދިއްލީގައި ހުންނަ ވެރިކަން ކުރާ ރަސްމީ ގަނޑުވަރު ރާސްތުރަޕަތީ ބަވަން ބަލައިލުމަށެވެ. އެއީ ވަރަށް ބޮޑު ގަނޑުވަރެކެވެ. ދުނިޔޭގައި މިހާތަނަށް ގައުމުގެ އެންމެ އިސްވެރިޔަކު ދިރި އުޅުއްވަމުން ގެންދަވާ އެންމެ ބޮޑު ގަނޑުވަރަކީ ރާސްތުރަޕަތީ ބަވަން ކަމަށް ބުނެވެއެވެ. މި ގަނޑުވަރުގައި 340 ކޮޓަރި ހުންނަކަމަށް ވެއެވެ. އަޖްނާމެން އެ ތަނަށް ދިޔަ ދުވަހު އެ ތަނުގެ އެތެރޭގައި ބޭންޑު ކުޅޭ އަޑު ވަރަށް ގަދަޔަށް އިވެމުން ދިޔައެވެ. އެތާ […]