ސްވިޒަލެންޑުގެ އެޑެލްވައިސް އެއާލައިނުން ދިވެހިރާއްޖެއަށް ކުރާ ދަތުރުތައް މިއަހަރުގެ ހޫނު މޫސުމާއި ދިމާކޮށް އިތުރުކުރަން ނިންމައިފިއެވެ.
އެޑެލްވައިސް އެއާއިނުން މިހާރުވެސް ދިވެހިރާއްޖެއަށް ކުރަމުން އަންނަ ޝެޑިއުލް ދަތުރުތަކުގެ އިތުރަށް, މި އަހަރުގެ ޖުލައި 4 އިން 13 ސެޕްޓެންބަރުގެ ނިޔަލަށް ކޮންމެ ހަފުތާއަކު ދެ ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފުތާއެއްގެ ބުދަ އަދި ހޮނިހިރު ދުވަހުއެވެ.
މި ނިންމުމާއެކު ހޫނު މޫސުމާއި ދިމާކޮށް އެޑެލްވައިސް އެއާއިނުން ރާއްޖެއަށް އިތުރު 21 ދަތުރުކުރާނެއެވެ.
އެޑެލްވައިސް އެއާއަކީ ސްވިޒަލެންޑްގެ ތިންވަނައަށް އެންމެ ބޮޑު އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 4 ނޮވެންބަރު 2000 ގައެވެ. އެގޮތުން މިދިޔަ އަހަރަކީ އެ އެއާލައިނުން ރާއްޖެއަށް ދަތުރުކުރަން ފެށިތާ 25 އަހަރު ފުރުނު އަހަރެވެ.













