June 8, 2025 04:02
Advertisement

-Advertisement-

ބަލީގެ ފޮޓޯ: އޮސްމެޑް ވެބްސައިޓް

ނުރައްކާތެރި މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިން، ބަލި ރާއްޖެއިން ފެނިފައިވާތީ ސަމާލުވޭ- އެޗްޕީއޭ

އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ރާއްޖެއިން މިވަނީ ފެނިފައެވެ. މި ކޭސް ފެނުމާއި ގުޅިގެން ކަމާބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިންގ ހަދާ ހައިރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ 'ޕްރޮފައިލެކްޓިކް' ބޭސް ދިނުމާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން މަސައްކަތްކުރަމުންދާކަން މިއަދު ވަނީ ހާމަކޮށްފައެވެ.

އިންވޭސިވް މެނިންގޯކޮކަލް އަކީ ބެކްޓީރިއާއަކުން ޖެހޭ ސީރިއަސް ބައްޔެކެވެ.

ރާއްޖޭގައި މިބަލީގެ ފެނިފައިވާ މަދު ކޭސްތަކަކީ އާންމުގޮތެއްގައި ރާއްޖެއިން ބޭރުން އިންފެކްޝަން ޖެހިފައިވާ ފަރާތްތަކެކެވެ.

Advertisement

ކްލޯޒް ކޮންޓެކްޓް ކަމަށް ބެލެވެނީ ކޮންބައެއް؟

  • ބަލިމީހުންނާއި އެއްގެއެއްގައި ދިރިއުޅޭ މީހުން
  • ބަލިމީހާއާއި އެއްކޮށް މަތިންދާބޯޓުން ނޫނީ ބަހުގައި ގިނައިރުވަންދެން ދަތުރުކޮށްފައިވާ މީހުން
  • ބަލިމީހާގެ ކުޅު ފަދަ ނޭވާލާ ނިޒާމުން އުފެދޭ ދިޔައަކަށް ހުށަހެޅިފައިވާ މީހުން

ނުރައްކާތެރި އިންވޭސިވް މެނިންގޯކޮކަލް ބަލީގެ އަލާމާތްތައް:

  • ބޮލުގައި ރިއްސުން
  • ހުންއައުން
  • ކަނދުރާ ވާންވުން
  • މޭނުބައިކޮށް ހޮޑުލެވުން
  • ވާނުވާ ނޭނގޭ ގޮތްވުން
  • އަލިގަދަވުމުން އުދަގޫވުން
  • ވަރުދެރަވުން
  • ނޭވާއަވަސްވުން
  • ފިޓުޖެހުން
  • ގައިގައި ރަތްބިހި/ ލައްތަކެއް ނެގުން

ބަލިޖެހިފައިވާ މީހާއާއި އެކު އެންމެގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާއި ދެމެދުގެ މުއްދަތެއްގައެވެ. ބަލީގައި ބޮޑުވަރުވުމުން ސިކުނޑިއަށް އަސަރު ކުރުން (މެނިންޖައިޓިސް) އަދި މުޅި ހަށިގަނޑަށް އިންފެކްޝަން ފެތުރުން (ސެޕްސިސް) އެކަށީގެންވެއެވެ.

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
4

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް