އުރީދޫ ނޭޝަންއިން ފުރަތަމަ ފަހަރަށް އިންޓަރ ކޮލެޖް އީ-ސްޕޯޓްސް ޓޯނަމެންޓެއް ބާއްވަން ނިންމައިފިއެވެ. މިގޮތުން ވަނީ އިންޓަރ ކޮލެޖް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް 2025 އަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. މިއީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ޤައުމީ ފެންވަރުގެ ކޮލެޖިއޭޓް އީސްޕޯޓްސް މުބާރާތެވެ. މިމަހުގެ 29 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ކޮލެޖް ޓީމުތަކަށް ދައުވަތު ދެނީ ތިން އީސްޕޯޓް ޓައިޓަލް ކަމަށްވާ: މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް، ޕަބްޖީ މޮބައިލް އަދި އީއޭއެފްސީ 25 އިންނެވެ.
މި މުބާރާތުގައި ކޮންމެ ޓައިޓަލްއަކަށް 10،000 ރުފިޔާގެ އިނާމު ޕޫލެއް ވަނީ ކަނޑައަޅާފައެވެ. އުރީދޫ ނޭޝަންގެ މި އިސްނެގުމަކީ ޒުވާނުން ބާރުވެރިކުރުވުމަށާއި ޑިޖިޓަލް ބައިވެރިވުމަށް ބާރުއަޅާ އީސްޕޯޓްސްގެ ދާއިރާއިން ހަރުދަނާ މުޖުތަމައުތައް ކުރިއެރުވުމަށް އުރީދޫ މޯލްޑިވްސްއިން ކުރަމުން ގެންދާ މަސައްކަތެކެވެ.
ގޭމް ޓައިޓަލްސް އަދި ބައިވެރިވުމުގެ މައުލޫމާތު:
މޯބައިލް ލެޖެންޑްސް: ބޭންގް ބޭންގް
މުބާރާތް ފެށުން: 29 މެއި 2025 (އޮންލައިން)
ޓީމް ކޮމްޕޮޒިޝަން: މަދުވެގެން 4 ކޮލެޖް ދަރިވަރުން
ރަޖިސްޓްރޭޝަން: ore.do/inter-college-mlbb
ޕަބްޖީ މޮބައިލް
މުބާރާތް ފެށުން: 29 މެއި 2025 (އޮންލައިން)
ޓީމް ކޮމްޕޮޒިޝަން: މަދުވެގެން 3 ކޮލެޖް ދަރިވަރުން
ރަޖިސްޓްރޭޝަން: ore.do/inter-college-pubgm
އީއޭއެފްސީ 25
މުބާރާތް ފެށުން: މެއި 30، 2025 (ފިޒިކަލް އިވެންޓް)
ޓީމް ކޮމްޕޮޒިޝަން: ހަމައެކަނި ކޮލެޖް ދަރިވަރުން
ރަޖިސްޓްރޭޝަން: ore.do/inter-college-eafc
ރަޖިސްޓްރީކުރުމުގެ ސުންގަޑި: 25 މެއި 2025، 23:59
ފީ: ކޮންމެ ޓައިޓަލް އަކަށް 100 ރުފިޔާ
ކޮލެޖުން ތަމްސީލްކުރާ ލިޔުން
ކޮލެޖް ލޯގޯ
ޓީމުތަކުން ރަޖިސްޓަރ ކުރާއިރު ކޮލެޖުން ބައިވެރިވުމަށް ކަޑައެޅިފައިވާ ދަރިވަރުންގެ ރިކުއަމަންޓް ފުރިހަމަ ކުރަންވާނެއެވެ.
މި މުބާރާތަކީ ރާއްޖޭގައި އީސްޕޯޓްސްގެ ކުރިއަރަމުން އަންނަ އެތުލީޓުންނަށް ޕްލެޓްފޯމެއް ގާއިމުކޮށްދީ، ބާރުވެރިކޮށް އާ މަގުތައް ފަހިކޮށްދިނުމުގެ ގޮތުން އުރީދޫ ނޭޝަންގެ ވިސްނުމުގެ ތެރޭގައި ހިމެނޭ މުބާރާތެކެވެ.
މި މުބާރާތް އުރީދޫ ނޭޝަންގެ ޔޫޓިއުބް ޗެނަލުން ލައިވްކޮށް، އެކަމުގެ ތަފްސީލާއި ޓީމް ސްޓޭންޑިންގް އުރީދޫ ނޭޝަންގެ ސޯޝަލް މީޑިއާ ޗެނަލްތަކުން ލިބިގެންދާނެއެވެ.