May 21, 2025 12:40
Advertisement

-Advertisement-

މުލީ އެއާޕޯޓް ތަރައްޤީވެގެން ދިއުމަކީ ރަށުގެ ރައްޔިތުންގެ 30 އަހަރުގެ ދިގު އިންތިޒާރުގެ ނިމުން ގެނުވި ކަމެއް- ކައުންސިލް

މުލީ އެއާޕޯޓް ތަރައްޤީވެގެން ދިއުމަކީ ރަށުގެ ރައްޔިތުންގެ 30 އަހަރު ދުވަހުގެ ދިގު އިންތިޒާރުގެ ނިމުން ގެނުވި ކަމެއް ކަމުގައި މ މުލީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ. މުލީ ކައުންސިލުން މިގޮތަށް ހާމަކުރީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މ. މުލީ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މުލީ ރައްޔިތުންގެ ހުވަފެންތައް ހަޤީޤަތަކަށް ހައްދަވައިދެއްވިކަމަށްޓަކައި މުލީ ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ވަނީ ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާކަންކަން ފާހަގަކުރައްވާފައެވެ. މިގޮތުން ސްކޫލުގެ ކްލާސްރޫމްތައް އޭ.ސީކޮށްދެއްވުމަށާއި، ރަށުން ރިހެބިލިޓޭޝަން ޚިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން ރަށުގައި އިންސާނީ ވަޞީލަތް ޤާއިމުކުރުމަށް އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ. ހަމައެއާއެކު ރަށުގެ ރައްޔިތުން ޕިކްނިކް ދާނެ ވަކި ރަށެއް ތަރައްޤީކޮށްދެއްވުމަށާއި، ފަތުރުވެރިކަމުގެ ދާއިރާއާއި ޞިއްޙީ ދާއިރާ އަދި ކުޅިވަރުގެ ދާއިރާއިން ބޭނުންވާކަންކަން ކައުންސިލުން ހިއްސާކުރެއްވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ވަޢުދުވެފައިވާ ކަންކަން ފުއްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ ކައުންސިލުން ފާހާގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. މީގެއިތުރުން ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދަޢުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

Advertisement

ރައީސް ޑރ. މުޢިއްޒު މިއަދު ހުޅުއްވައިދެއްވި މ. މުލީ އެއާޕޯޓަކީ ގިނަ ދާއިރާތަކަކުން ކުރިއެރުން ހޯދައިދޭނެ ދޮރޯއްޓެއްގެ ގޮތުގައި ވެގެންދާނޭ ކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. މ. މުލީ އެއާރޕޯޓް ހުޅުވުމާއެކު، މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 30 މިނެޓުގެ ތެރޭގައި އެއަރޕޯޓެއް އޮންނަ ރަށަކަށް ދެވޭ ގޮތް ހައްދަވައިދެއްވުމަށް ސަރުކާރުންވެފައިވާ ވަޢުދު، މުލަކު އަތޮޅުގައި މި ވަނީ ފުއްދަވައިދެއްވާފައެވެ.

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް