May 6, 2024 18:15
Advertisement

-Advertisement-

ކޯޑިން އަދި ލީޑަރެއްގެ ހުނަރު ދަސްކުރުމުގަ ޒައިންގެ ތަޖުރިބާ!

ހއ.އިހަވަންދޫ އަށް އުފަން އުމުރުން 12 އަހަރުގެ މުޙައްމަދު ޒައިން ބިން ޝާހިދު އަކީ އުގެއިލް ފައުންޑޭޝަނާއި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ކުރިއަށްގެންދާ ސަރކްލް ގެ 3 ޕްރޮގްރާމެއްގަ ބައިވެރިވެފައިވާ ކުއްޖެކެވެ. އެންމެފުރަތަމަ ޒައިން ބައިވެރިވީ މިދިޔަ އަހަރު ކުރިއަށްގެންދިޔަ 'ސަރކްލް ކިޑްސް' ޕްރޮގްރާމްގައެވެ. އެއަށްފަހު މިއަހަރު ޖެނުއަރީ މަހުން ފެށިގެން ބައިވެރިވަމުން ދަނީ 'ކޯޑިން އެންޑް ކްރިޓިކަލް ތިންކިންގ' ޕްރޮގްރާމާއި 'ލީޑަރސް އޮފް ޓްމޯރޯ ޕްރޮގްރާމް' ގަ އެވެ.

ޒައިން ވަނީ މިޕްރޮގްރާމްތަކުގެ ތަޖުރިބާ 'ޒީޓައިމްސް' އާއި ހިއްސާކޮށްފައެވެ. "ދިރިއުޅުމުގައި ތަފާތު ކަންތައްތައް ކުރާނެގޮތް މިޕްރޮގްރާމްތަކުން ދަސްވި. މިސާލަކަށް އިންޓަވިއުއަކަށް ދިޔަޔަސް އެއިންޓަވިއު ކުރިއަށްގެންދާ މީހުންނަށް އެނގޭނެ އަޅުގަނޑަކީ ރަނގަޅު މީހެއްކަން އެމަސައްކަތަށް ހޮވަން. ސްކޫލުގައި ވެސް ކްލާސް ކުދިންނާއެކު ޓީމެއްގެ ގޮތުގައި މަސައްކަތް ކުރަން މި ޕްރޮގްރާމްތަކުން ދަސްވި." ޒައިން ފާހަގަކުރި ކަންތައްތަކުގެތެރޭގައި ހިމެނެއެވެ.

އަދި ވަގުތު ރަނގަޅުގޮތުގައި ބޭނުންކުރަން ދަސްވި ކަމަށާއި، މީހުންނާއި އިންޓަވިއު ކުރާނެގޮތުގެ އިތުރަށް ޕްރެޒެންޓޭޝަން ހުށަހަޅައިދޭން ދަސްވެފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

Advertisement
ލީޑަރސް އޮފް ޓްމޯރޯ ޕްރޮގްރާމްގައި ޒައިން ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަނެއް

ޒައިން މިހާރު ކުރިއަށްގެންދާ މަސައްކަތްތައް ވަނީ ކިޔައިދީފައެވެ.

" ރާއްޖޭގެ ރަށްރަށާއި ގުޅޭގޮތުން އައިލެންޑް ލެޖެންޑް ނަމުގައި ވެބްސައިޓެއް ބައިވެރިން މިހާރު ތައްޔާރު ކުރަމުން ދަނީ. މި ވެބްސައިޓްގައި ޝާއިޢުކުރުމަށް އަޅުގަނޑު މިދަނީ އާޓިކަލްއެއް ލިޔަމުން. ބުރުނީގެ ތާރީޚީ ކަންތައްތައް ހިމެނޭގޮތަށް ތާރީޚީ މަންޒަރުތައް ކުރަހާފަ އާޓިކަލް ތައްޔާރު މިކުރަނީ. ގޫގުލް މެދުވެރިކޮށް އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް މައުލޫމާތު އެއްކުރަމުން މިދަނީ. ވަރަށް ދިގު ހިސްޓްރީއެއް އޮންނަ ޔޫރަޕްގައި ކުރިން އުޅުނު 'ބާރބޭރިއަންސް' އާއި ގުޅޭގޮތުން ވެސް ވާނީ މައުލޫމާތު ހޯދުމަށްފަހު ޕްރެޒެންޓޭޝަނެއް ތައްޔާރުކޮށްފަ." ޒައިން ބުންޏެވެ.

ޕްރީސްކޫލް ފުރިހަމަ ކުރުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ޒައިން

ޕްރީސްކޫލް އިންޑިއާގެ ސްކޫލެއްގަ ފުރިހަމަކުރި ޒައިން، މިހާރު ކިޔަވަމުން ދަނީ އިހަވަންދޫ ސްކޫލުގެ ގްރޭޑު 6 ގައެވެ. ސްކޫލުގަ ލިބުނު ކާމިޔާބީތައް ފާހަގަކުރަމުން ބުނީ ދިވެހި ބަހުގެ ދުވަސް، އިންގްލިޝްޑޭ، ފެންސީޑޭ، ފަދަ އެކި ދުވަސްތަކުގަ ވަނަތައް ލިބިފައިވާކަމަށެވެ.

" ފެންސީޑޭ ގައި ވެސް ކޮސްޓިއުމް އަޅައިގެން ސްޓޭޖްގަ ވާހަކަ ކިޔައިދިނުމުން ވަނަ ލިބިފަވޭ. އެއިރު ސެޓިފިކެޓްގެ ބަދަލުގަ ވަނަތަކަށް ދެނީ ބެޖު. ކޮވިޑް-19 ފެތުރެން ފެށިފަހުން އިތުރު ހަރަކާތްތަކުގައި ބައިވެރިނުވަން."

ޒައިންގެ ބައްޕަ އަހްމަދު ޝާހިދު މައުލޫމާތު ދިންގޮތުގައި އުގެއިލް ފައުންޑޭޝަންގެ 3 ޕްރޮގްރާމްގަ ދަރިވަރު ބައިވެރިކުރުމުގެ އެންމެބޮޑު ބޭނުމަކީ ޒަމާނީ ޓެކްނޮލޮޖީއަށް އަހުލުވެރިކޮށް، ގޭގައި ހޭދަކުރާ ވަގުތު ރަނގަޅުގޮތުގަ ހޭދަކުރުމަށް މަގުފަހި ކޮށްދިނުމެވެ. މިގޮތުން މިޕްރޮގްރާމް ތަކަކީ ހަފްތާ ބަންދުގައި ކުރިއަށްގެންދާ ޕްރޮގްރާމްތަކަކަށް ވާއިރު ހުސްވަގުތު ބޭކާރުނުކޮށް ރަނގަޅު ގޮތުގައި ބޭނުންކުރެވޭ ކަމަށް ފާހަގަކުރިއެވެ.

އަދި 'ލީޑަރސް ޕްރޮގްރާމް' ގެ ތެރެއިން ލީޑަރެއްގެ ހުނަރު ދަސްވެ، ޔޫކޭގެ ޓިޔުޓަރސް މެދުވެރިކޮށް އިނގިރޭސި ފެންވަރު ރަނގަޅު ކުރުމުގެ ފުރުސަތު މަގުފަހިވެފައިވާ ކަމަށް ޒައިންގެ ބައްޕަ ވަނީ ބުނެފައެވެ. ޕްރޮފެސަރ ޑރ. ހަސަން އުގެއިލް ފަދަ ބޭފުޅުންނާއެކު ޕްރޮގްރާމްގައި ބައިވެރިވާން ފުރުސަތު ލިބުމުން ދަރިފުޅުގެ މުސްތަގުބަލަށް ވެސް އޭގެ ފައިދާކުރާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށް ޒައިންގެ ބައްޕަ ޝާހިދު ވަނީ ބުނެފައެވެ.

 

ނޯޓް: އިލްމާއި ހިލްމު ކެޓަގަރީގައި އުގެއިލް ފައުންޑޭޝަނާއި ޒީޓައިމްސް ގުޅިގެން 'ދަ ސަރކްލް ބައި އުގެއިލް ފައުންޑޭޝަން' އިން އޮންލައިންކޮށް ކުރިއަށްގެންދާ ޕްރޮގްރާމްތަކުގައި ފާހަގަކުރެވޭ ދަރިވަރުންގެ ރިޕޯޓުތައް ދަނީ ގެނެސްދެމުންނެވެ.

+1
0
+1
4
+1
4
+1
0
+1
0
+1
0
+1
0

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް