ބޭނުންވާތަކެތި
2 މޭޒުމަތީ ސަމުސާ އެލޯވެރާ ޖެލް
1 މޭޒުމަތީ ސަމުސާ ކޮފީ ޕައުޑަރ
Advertisement
ތައްޔާރުކުރާނެ ގޮތް
އެލޯވެރާ ފަތުގެ ލޮދި ސަމުސަލަކުން ކަހާލުމަށްފަހު 2 ސަމުސާ ހުންނަވަރަށް ނަގާށެވެ. އެއަށްފަހު 1 މޭޒުމަތީ ސަމުސާ ކޮފީ ޕައުޑަރ އެއްކޮށްލާށެވެ. މިގޮތަށް ދެބާވަތް އެއްކުރުމަށްފަހު ފްރިޖުގައި ބަހައްޓައިގެން 2 ހަފްތާ އަށް ބޭނުން ކުރެވިދާނެއެވެ.
ބޭނުންކުރާނެ ގޮތް
ކޮންމެރެއަކު ނިދަން އޮށޯންނަމުން މޫނު ރަނގަޅަށް ދޮވެލުމަށްފަހު ތައްޔާރުކުރި ޖެލް ލޯ ކައިރީގައި ވަށައިގެން ހޭކުމަށްފަހު ނިދާށެވެ. މިގޮތަށް 1 މަސް ދުވަސް ވަންދެން ބޭނުންކުރުމުން ލޯކައިރީގެ ކުލަ އަލިވެއެވެ. މިޖެލް އަކީ ލޯކައިރި ދުޅަވުމުގެ އިތުރަށް ރޫޖެހުމުން ވެސް ސަލާމަތްކޮށްދޭ ޖެލްއެއް ކަމަށް ވެއެވެ.










