May 6, 2024 22:43
Advertisement

-Advertisement-

އިޒްކާން

ކޮމްޕިއުޓަރ ކޯޑިންގެ ދުނިޔޭގައި ކުޑަކުޑަ އިޒްކާން އުދުހެނީ!

ކޮމްޕިއުޓަރ ކޯޑިންއަށް ވަރަށް ޝައުގުވެރިކަން ހުންނަ އުމުރުން 10 އަހަރުގެ ހުނަރުވެރި ކުއްޖެކެވެ. މާލެއަށް އުފަން އިޒްކާން އަހްމަދު ޝަރީފުގެ ހުނަރު އެންމެ ބޮޑަށް ފާހަގަވީ، 'ދަ ސަރކްލް ބައި އުގެއިލް ފައުންޑޭޝަން' އިން ކުރިއަށްގެންދިޔަ 'ކޯޑިން އެންޑް ކްރިޓިކަލް ތިންކިން' ޕްރޮގްރާމްގައި، އެސައިންމަންޓެއްގެ ގޮތުން ތައްޔާރުކުރި ބްލޮގަކުންނެވެ. މި ޕްރޮގްރާމަކީ ސައިންސާއި ޓެކްނޮލޮޖީ އަށް ކުޑަކުދިން އަހުލުވެރިކުރުމަށް އުގެއިލް ފައުންޑޭޝަނާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން އޮންލައިންކޮށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ކޯޑު ކުރުމަށް ޝައުގުވެރިވީގޮތް ބަލާލުމަށް އިޒްކާން އަދި އޭނާގެ މަންމަ ރަހީމާ އަލީ ގެ އިންޓަވިއު ހޯދާލީމެވެ.

" އިޒްކާން ކޯޑްކުރާ ހިތްވާތީ ބައިވެރިކުރީ ދަ ސަރކްލް ޕްރޮގްރާމްގައި މިއަހަރު ކުރީކޮޅު. ކޮވިޑްގެ ހާލަތާ ގުޅިގެން ސްކޫލަށް ނުދެވި ގިނަވަގުތު ގޭގައި ހޭދަކުރަންޖެހޭތީ އާއި ކޯޑުކުރުމަށް އިޒްކާން ޝައުގުވެރިވާތީ ބައިވެރިކުރީ. މިއީ އެއް އަހަރުގެ ޕްރޮގްރާމެއް. ކޮންމެ ހޮނިހިރު ދުވަހަކު 30 ވަރަކަށް މިނިޓްގެ ސެޝަނެއް އޮންނަނީ. ދެން އިތުރު އެހީތެރިކަން ބޭނުންވާ ކުދިންނަށް އިތުރު ޓިއުޓޯރިއަލް ކްލާހެއް ބާއްވާ" އިޒްކާންގެ މަންމަ ކިޔައިދިނެވެ.

Advertisement

އިޒްކާން މައުލޫމާތު ދިންގޮތުގައި ދެބަޔަކަށް ބަހާލައިގެން ކުރިއަށްގެންދާ ކޯޑިން އެންޑް ކްރިޓިކަލް ތިންކިންގ ޕްރޮގްރާމްގެ ކޯޑިން ބައިގައި ކިޔަވައިދެއްވަނީ ނީނާ އުގެއިލް އެވެ. އަދި ކްރިޓިކަލް ތިންކިން ކިޔަވައިދެއްވަނީ އިނގިރޭސިވިލާތުގެ މުދައްރިސެއްކަމުގައިވާ ތަނޫޖާ އަނަމްތަމް އެވެ. މިޕްރޮގްރާމުން އެންމެ ބޮޑަށް ދަސްވީ ޕްރޮގްރާމިންގ ލޭންގުއޭޖްތަކާއި އަދި ކޯޑިންގެ ބޭސިކްސް ކަމަށް އިޒްކާން ވަނީ ބުނެފައެވެ.

" ދަސްކުރާ އެއްޗެހީގެ ބޭނުން ވަރަށްބޮޑަށް ހިފަން. އަޅުގަނޑު ކޯޑުކުރަން ބޭނުންކުރާ ޕްރޮގްރާމިން ލޭންގުއޭޖްތަކަކީ ޕައިތަން، އެޗް.ޓީ.އެމް.އެލް، ސީ.އެސް.އެސް އަދި ޖާވާ ސްކްރިޕްޓް. އުދަގުލެއް ނޫން ކުރިއަށްގެންދަން" އިޒްކާން ބުންޏެވެ.

އިޒްކާންގެ މަންމަ ފާހަގަކުރިގޮތުގައި މި ޕްރޮގްރާމްއިން ދަސްވާ އެއްޗެހީގެ ބޭނުން މިހާރުވެސް ދަނީ ހިފަމުންނެވެ.

އިޒްކާން އާއި ގުޅޭގޮތުން ޕްރޮފެސަރ އުގައިލް ކުރެއްވި ޕޯސްޓް

" ވީކްލީ އެސައިންމަންޓްސް ދޭނެ. ދެން އެއްފަހަރު ހަވާލުކުރީ ބްލޮގެއް ހަދަން. މިގޮތުން އިޒްކާން ތައްޔާރުކުރި ބްލޮގެއް ބައްލަވާފަ ޕްރޮފެސަރ އުގެއިލް ފޭސްބުކް ޕޯސްޓެއްވެސް ކުރެއްވި އެ އުމުރު ކުއްޖަކާ ބަލާފަ ރަނގަޅު މަސައްކަތެއްކަމަށް. އެއަށްފަހު ޕްރޮފެސަރ އިޒްކާންއާ ގުޅުއްވާފަ އިޒްކާންގެ މަސައްކަތަށް ހިތްވަރުދެއްވާފަ އެއްސެވި ދަ ސާރކަލްއިން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްރޮޖެކްޓެއްގައި، ޕްރޮގްރާމްގެ ބައިވެރިންގެތެރެއިން އިތުރު ދެތިން ކުދިންނާއެކު، އިޒްކާން މަސައްކަތްކުރުމަށް ޝައުގުވެރިވޭތޯ. ދެން އިޒްކާން ވަރަށް ޝައުގުވެރިވާކަމަށް ބުނީ"

މިއީ އާއްމުކޮށް ނުފެންނަފަދަ އާ ޕްރޮޖެކްޓެއް ކަމަށް ފާހަގަކުރަމުން، މަސައްކަތް އަދި ނުނިމޭތީ ޕްރޮޖެކްޓާބެހޭ އިތުރު ތަފްސީލެއް އިޒްކާންގެ މަންމަ ހިއްސާއެއް ނުކުރެއެވެ.

ކޯޑިން ބޭނުންކޮށްގެން އިޒްކާން ތައްޔާރުކޮށްފައިވާ ބައެއް މަސައްކަތްތައް ފެނިފައިވާއިރު، ކުރިއަށްއޮތްތާގައި ކުރިއަށް ދާން ބޭނުންވަނީ ކޮން ދާއިރާއަކުންތޯ އެހުމުން އިޒްކާން ބުނީ ކޯޑިންނަކީ ވަރަށް ކުރާހިތްވާ ކަމެއްކަމަށެވެ.

ޤައުމީ ޤުރުއާން މުބާރާތުން 11 އަހަރުން ދަށުގެ ހިތުން ކިޔެވުމުގެ ގޮފިން 2ވަނަ އިޒްކާން އަށް ވަނީ ލިބިފައި

ކޯޑިންގެ އިތުރުން އެހެނިހެން ހަރަކާތްތަކުގައި އިޒްކާން ބައިވެރިވޭތޯ އަހާލުމުން މިއީ ހަމައެކަނި ކޯޑިން އަށް މޮޅު ކުއްޖެއް ނޫންކަން ފާހަގަވިއެވެ. އިޒްކާން ދަނީ ޤުރުއާން މުބާރާތްތަކުންވެސް ކާމިޔާބީތައް ހޯދަމުންނެވެ. މިގޮތުން ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލްގެ ފަރާތުން 2019ވަނަ އަހަރު ޤައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވެ 11 އަހަރުން ދަށުގެ ހިތުން ކިޔެވުމުގެ ގޮފިން 2ވަނަ އިޒްކާން ވަނީ ހޯދާފައެވެ. އަދި  ގުރޭޑު 1، 2، 3 ގައި ސްކޫލުގެ ޤުރުއާން މުބާރާތުން ބައިވެރިވި އުމުރުފުރާއިން 1 ވަނަ ހޯދާފައިވާއިރު، މިހާރު ކިޔަވަމުންދާ އިއްޒުއްދީން ސްކޫލުން މިއަހަރު ބޭއްވި ޤުރުއާން މުބާރާތުން، ބަލައިގެން ކިޔެވުމުގެ ގޮފިން އުމުރު ފުރައިންނާއި އަދި ބަލައިގެން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން 1 ވަނަ ވަނީ ހޯދާފައެވެ.

ސްކޫލުގެ ފިލާވަޅުތަކުގެ އިތުރަށް ކޯޑިން އަށް އިޒްކާން ވަގުތު ހުސްކުރަނީ ވަކި ޓައިމްޓޭބަލެއްގެ ދަށުން ވަގުތުތައް ބަހާލައިގެން ކަމަށް އިޒްކާންގެ މަންމަ ވަނީ މަޢުލޫމާތުދީފައެވެ. އެހެންކަމުން ސްކޫލުގެ ފިލާވަޅުތަކަށް އަސަރު ނުކުރާކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި ކުޑަކުދިންނަށް ޚާއްސަކޮށް، ގޭގައި ތިބެގެން ބައިވެރިވެވޭގޮތަށް ހިންގާ މި ޕްރޮގްރާމަކީ ދަރިވަރުންނަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއްކަމަށް އާއިލާއިން ވަނީ އުފަލާއެކު ފާހަގަކޮށްފައެވެ. މި ޕްރޮގްރާމްގައި މި އާއިލާގެ 3 ކުއްޖަކު ދަނީ ބައިވެރިވަމުންނެވެ.

 

ނޯޓް: އިލްމާއި ހިލްމު ކެޓަގަރީގައި އުގެއިލް ފައުންޑޭޝަނާއި ޒީޓައިމްސް ގުޅިގެން 'ދަ ސަރކްލް ބައި އުގެއިލް ފައުންޑޭޝަން' އިން އޮންލައިންކޮށް ކުރިއަށްގެންދާ ޕްރޮގްރާމްތަކުގައި ފާހަގަކުރެވޭ ދަރިވަރުންގެ ރިޕޯޓުތައް ދަނީ ގެނެސްދެމުންނެވެ.

+1
5
+1
40
+1
4
+1
4
+1
7
+1
0
+1
0

Advertisement

ޖުމްލަ 3 ކިޔުންތެރިންގެ ހިޔާލު

  1. Future ga ugail fadha professor akah vumah masakkai kurey. Kaamiyaabah edhen future generation will be more intelligent. Thank u xeetimes for this kind of inspiring articles

    11
    1
  2. ތިކުރާމަސައްކަތަށްއަތްސަރިބަހާއިސާބސްރައްދުކުރަން

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް