Advertisement
header ad
XeeTimesXeeTimes
ކޮވިޑް ބަލީގައި މަރުވީ އުމުރުން 30 އަހަރުގައި، ބޮޑުވަރުވީ ކުއްލިއަކަށް!

ކޮވިޑް ބަލީގައި މަރުވީ އުމުރުން 30 އަހަރުގައި، ބޮޑުވަރުވީ ކުއްލިއަކަށް!

ކޮވިޑް ބަލީގައި މިއަދު މަރުވެގެން ދިޔައީ 30 އަހަރުގެ ޒުވާނެކެވެ. ކުޑަ 2 އަންހެން ކުދިންގެ މަންމައެކެވެ. ވެރިރަށް މާލެއަށް އުފަން ޢާއިޝަތު މިޒުނާ މަރުވީ ހުޅުމާލޭ ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނިކޮށެވެ.

'ޒީޓައިމްސް' އަށް މަޢުލޫމާތު ދެމުން މިޒުނާގެ ފިރިމީހާ މުހައްމަދު ސުހައިލް ބުނެފައިވަނީ، ޢީދު ދުވަހުގެ ރޭގަނޑު (މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ) ހުޅުމާލޭ ހޮސްޕިޓަލަށް މިޒުނާ ޑޮކްޓަރަށް ދައްކަން ގެންދިޔައީ ހުންއައިސްގެން ކަމަށެވެ. ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ ވެސް އެރޭ ހެދި ޓެސްޓުންނެވެ.

" ހޮސްޕިޓަލަށް ގެންގޮސް އިތުރު ފަރުވާ ދިނުމަށް ހަމަ އެރޭ ގެންދިޔައީ ހުޅުމާލޭ ފެސިލިޓީއަށް. ގެންދިޔަ ފަހުން ފަރުވާ ދެމުންދިޔައީ އޮކްސިޖަން ގުޅައިގެން. ރޭގަ އިރާކޮޅު އައިސީޔޫގައި ފަރުވާދޭން ފެށިއިރު ދަންވަރު 1 ޖެހިއިރު ވާހަކަވެސް ދެއްކި. އެއިރު ހާލު އެހާ ގޯހެއް ނޫން. ކުއްލިއަށް ހާލުބޮޑުވެ މަރުވީ ފަތިހުގެ ވަގުތެއްގައި. 2 ކުދިންވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ. ކުދިންގެ ހާލު ރަނގަޅު" އަންހެނުންގެ ކުއްލި ވަކިވުމުން ފުންއަސަރެއް ކޮށްފައިވާ ސުހައިލް ބުންޏެވެ.

Article - in content
Advertisement

ޒީޓައިމްސް އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިޒުނާ އަކީ ކުޑަކޮށް ހަކުރުމަތިވުން ފިޔަވައި ދާއިމީ ބޮޑުބައްޔަކަށް ފަރުވާ ހޯދި މީހެއް ނޫނެވެ. 5 އަހަރާއި 11 އަހަރުގެ 2 ކުދިންނަށް، އެކުދިންގެ މަންމަގެ ކުއްލި ވަކިވުމުން ދެރަވާނެވަރު ހިތަށް އަރައެވެ. މިޒުނާގެ ކަށުނަމާދު ކުރުން އޮތީ ހުޅުމާލޭ ސަހަރާގައި މިއަދު ހެނދުނު 8:25ގައެވެ. ޒީޓައިމްސް އިން އެދެނީ މައްޔިތާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާ ޢާއިލާ އަށް ކެތްތެރިކަން ދެއްވުމެވެ.

މިޒުނާގެ އިތުރުން މިއަދުވަނީ 81 އަހަރުގެ ދިވެހި ފިރިހެނަކު ވެސް މަރުވެފައެވެ. އެޗްޕީއޭ އިން އާންމުކޮށްފައިވާ އެންމެފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، ދިވެހިރާއްޖޭގައި މިހާތަނަށް ކޮވިޑް ބަލީގައި 96 މީހުން ވަނީ މަރުވެފައެވެ. 43782 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މީގެތެރެއިން 28013 މީހުން ބަލިން ރަނގަޅުވެފައިވާއިރު 260 މީހުންނަށް މިހާރުވެސް ގެންދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ.

ކޮވިޑްބަލީގައި ހާލުބޮޑުވެ މަރުވާމީހުންގެ އަދަދު އިތުރުވަމުންދާއިރު މިހާރަށްވުރެ ބޮޑަށް ބަލިން ރައްކާތެރިވުމަށް ކުރެވެންހުރި މަސައްކަތެއް ކުރަމާ ހިނގާށެވެ. އާންމު ރައްޔިތުންނަށް އޮތީ ފަރުދީޒިންމާ އަދާކުރުމެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ޖުމާ 16މެއި2021

އާންމު ރައްޔިތުން ފަރުދީ ޒިންމާ އަދާކުރޭ.ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ކޮންޓްރޯލް ނުވެގެން މިއުޅެނީ.ތިދޭ ޙާއްސަ ހުއްދައެއްގެ ސަބަބުން. 1 1

Muhammad 16މެއި2021

Aharenge kokko akee cancer patienteh chemo negithaa adhi mivee enme maheh. Kokko ge dharifulhu covid ah positive vikan HPA in engi hisaabun HPA ga mi endhaneee kokko ge dharifulhu ethanun badhalu kohdheyn. Namaves 10dhuvas faaithu vi iru ehves fiyavalheh naalhaa.

ފަރުދީ 16މެއި2021

ފަރުދީ ޒިއްމާ ނޯ ސަރުކާރު ޒިންމާ

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —