Advertisement
header ad
XeeTimesXeeTimes
ސިއްޙަތާއި ދުޅަހެޔޮކަމަކީ ޙަޔާތުގެ މައިކަށި ދީން

ސިއްޙަތާއި ދުޅަހެޔޮކަމަކީ ޙަޔާތުގެ މައިކަށި

ސިއްޙަތާއި ދުޅަހެޔޮކަމަކީ ޙަޔާތުގެ މައިކަށި ކަމަށާއި، ޤައުމުތައް ތަރައްޤީވެ ކުރިއަރައިފައިވަނީ އެ ޤައުމުތަކުގެ ރައްޔިތުންގެ ދުޅަހެޔޮކަމާއި މަސައްކަތްތެރިކަމުން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައިވަނީ ބުނެފައެވެ.

"ސިއްޙަތާއި ދުޅަހެޔޮކަމަކީ އިންސާނާގެ ޙަޔާތުގެ ހީވާގިކަމުގެ ފީތާ. އެއީ އޭނާގެ އާރާއި ބާރުގެ ހަކަތަ. މިހެންވެ އިސްލާމްދީނުގައި ޢާއްމު ސިއްޙަތަށް ވަރަށްބޮޑު އަހައްމިއްޔަތެއް ދީފައިވޭ. ޢާއްމު ސިއްޙަތާ ބެހޭ އަސާސަކީ ސާފުތާހިރުކަން" ޚުތުބާގައި ބަޔާންކޮށްފައިވެއެވެ.

ޢާއްމު ސިއްޙަތު ރައްކާތެރި ކުރުމަށްޓަކައި އިންސާނާއަށް ގެއްލުން ލިބޭ އެއްޗެހި ކެއުމާއި ބުއިން ވަނީ ޙަރާމް ކުރައްވައިފައެވެ. އިސްލާމް ދީނުގައި ފަރުދުންގެ ޙައްޤުތައް ރައްކާތެރިކޮށްދޭ ފަދައިން ޖަމާޢަތުގެ ޙައްޤުތައް ރައްކާތެރިކޮށްދޭއިރު ހުރިހާ އެންމެން ސާފުތާހިރުވުމަށް ޚުތުބާގައި ބާރު އަޅާފައިވެއެވެ.  

Article - in content
Advertisement

 ބޮޑު މުސީބާތެއް ނުވަތަ ބަލިމަޑުކަމެއް ޖެހުމުން، ޢަމަލުކުރަންވީ ގޮތާއި ޝަރުޢީ ހަމަތައް ދެނެގަތުމަކީ މުހިއްމު ކަމެއް ކަމަށާއި، އަދި ކެތްތެރި ކަމާއިއެކު ޢަމަލުތައް ބެހެއްޓުމުން މުސްލިމުންނަށް ހުރި މަތިވެރި ޘަވާބާއި ދަރުމައިގެ އުފާވެރިކަން ހިތްމައްޗަށް ގެންނަންޖެހޭ ކަމަށް ފާހަގަކޮށްފައިވެއެވެ.

"މުސްލިމް މީހާގެ ފާފަތައް ﷲ ތަޢާލާ ފުއްސަވާ ގޮތެއްގައި މެނުވީ، އޭނާއަށް ވަރުބަލިކަމެއް، ބަލިމަޑުކަމެއް، ކަންބޮޑުވުމެއް، ހިތްދަތިކަމެއް، ހާސްވުމެއް، އުނދަގުލެއް އަދި ހެރޭ ކައްޓެއްގެ މިންވަރު ވިޔަސް މެދުވެރި ނުވޭ" ޚުތުބާގައިވެއެވެ.

ކޮވިޑް19 ގެ ޙާލަތު އިތުރަށް ގޯސްވެ، ބަލިޖެހޭ މީހުންގެ ޢަދަދު މަތިވަމުންދާއިރު މިއީ އަޅައިނުލާ ދޫކޮށްލެވޭ ވަރުގެ ކުޑަކަމެއް ނޫން ކަމަށް ޚުތުބާގައިވެއެވެ. މިބަލިމަޑުކަމުން އަރައިގަތުމަށް ސިއްޙީ މާހިރުން އަންގާ އެންގުންތަކަށް އިޙްތިރާމް ކުރުމަށާއި އިސްލާމްދީނުގައި ގޮވާލައިފައިވާ ގޮތަށް ތިމާ ބަލިތަކުން ރައްކާތެރިވެ އަނެކުންވެސް ބަލިތަކުން ރައްކާތެރިކުރުމަށް މަސައްކަތްކުރުމަށް ޚުތުބާގައި ގޮވައިލައިފައިވެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —