ދިވެހި ރާއްޖޭގައި އެންމެ ފުރަތަމަ ހޮޓެލް އޭޝިއާ މޯލްޑިވްސް ނަމުގައި އިވެންޓް ބާއްވަން ފެށީ 2000 ވަނަ އަހަރުގައެވެ. 'ހޮޓެލް އޭޝިއާ މޯލްޑިވްސް' މުހިންމު ދައުރެއް ފަތުވެރިކަމުގެ ދާއިރާގައި އަދާކުރެއެވެ. މިއީ ގްލޯބަލް ސަޕްލައަރސް އާއި ރިސޯޓްތަކުގެ ވެރިންނާއި ޝެފުން އަދި ދާއިރާގެ ފުންނާބުއުސް ފަރާތްތަކުން އެއްތަނަކުން ބައްދަލުވެ ޚިޔާލު ބަދަލުކޮށް ހުރި މައްސަލަތަކަށް ހައްލުތައް ހޯދައި މިދާއިރާގެ މުސްތަގުބަލު ބައްޓަންކުރުމަށް އެހީވެދޭ އެގްޒިބިޝަނެކެވެ.

" ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބޮޑަށް ބަރޯސާވެފައި އޮންނަނީ އެހެން ޤައުމުތަކުގެ ސަޕްލަޔަރުންނަށް. ލަފާކުރެވޭ ގޮތުގައި މި ދާއިރާ އަށް ބޭނުންވާ 80 އިންސައްތަ މުދާ ހޯދަނީ ރާއްޖެއިން ބޭރުގައި ބާއްވާ މައުރަޒުތަކަށް ގޮސްގެން. ހޮޓެލް އޭޝިއާ މޯލްޑިވްސްގެ މަޤްސަދަކީ ސަޕްލަޔަރުންނާއި، ރިސޯޓްތަކުގެ ވެރިންނާއި އިންޑަސްޓްރީގެ ފާހަގަކުރެވޭ ފަރާތްތަކުން އެއްތަނަކުން ބައްދަލުވެ ފަސޭހައިން މިދާއިރާއަށް ބޭނުންވާ ކަންތައްތައް މަގުފަހިކޮށްދިނުން".
ފާއިތުވި އަހަރުތަކުގައި ހޮޓެލް އޭޝިއާ މޯލްޑިވްސް އިން ވަނީ ބޭރުގެ ސަޕްލަޔަރުންނާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސްފަރާތްތަކާއި ދެމެދު ގުޅުން ބަދަހިކުރުމުގައި މުހިންމު ރޯލެއް އަދާކޮށްފައެވެ.
މުހިންމުވަނީ ކީއްވެ؟
ކާބޯތަކެތިން ފެށިގެން ބަދިގެ ސާމާނާއި ހަމައަށް، އިންޓީރިއާއިން ފެށިގެން ސްޕާ އަދި ވެލްނެސް އާއި އިކޯ ފްރެންޑްލީ ތަކެތީގެ މައުލޫމާތު އެއްތަނަކުން ލިބެން ހުރެއެވެ. މީއީ ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ފަރާތްތަކަށް އެންމެފަހުގެ ޓެކްނޮލޮޖީގެ މައުލޫމާތު އެއްތަނަކުން ލިބޭނެ އެގްޒިބިޝަނެކެވެ. އަދި މިއީ ރިސޯޓް، ހޮޓެލް އަދި ގެސްޓް ހައުސްތަކާއި ސަޕްލަޔަރުން ގުޅުވާލަދޭނެ ޕްލެޓްފޯމެކެވެ.

ބައިނަލްއަގްވާމީ ކަލިނަރީ ޗެލެންޖް
ހޮޓެލް އޭޝިއާ މޯލްޑިވްސް އެގްޒިބިޝަންގައި ކުރިއަށްގެންދާ އިންޓަނޭޝަލް ކަލިނަރީ ޗެލެންޖަކީ ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރެވޭ ޖަޖުންގެ ޕެނަލަކާއެކު ޝެފުންނާއި މިދާއިރާގެ ދަރިވަރުންގެ ހުނަރު ދައްކުވައިދޭ ތަރުހީބު ބޮޑު ޗެލެންޖެކެވެ. ޒުވާން ޝެފުންނަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދެނީ ޝެފް އެލަން ޕާމަރ އެވެ.

މިއަހަރުގެ ކަލިނަރީ ޗެލެންޖްގައި 600 އެއްހާ 'ކޮމްޕެޓިޝަން އެންޓްރީސް' ލިބޭނެކަމަށް ބެލެވެއެވެ. ކަލިނަރީ، ޕޭސްޓްރީ، ހޮސްޕިޓަލިޓީ އަދި ފުޑް ސޭފްޓީ ޕްރޮފެޝަނަލުން ހިމެނޭގޮތަށް ކުރިއަށްދާނީ ޖަޖިންގ ޕެނަލަކާއެކުގައެވެ. މި ޕެނަލުގައި ރާއްޖޭގެ ފުންނާބުއުސް 11 ޖަޖުން ހިމެނޭނެއެވެ. 2002 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދަން ފެށި ކަލިނަރީ ޗެލެންޖް ތަޢާރަފް ކުރެވުނީ ޕްރޮޖެކްޓް ޑައިރެކްޓަރ އަދި ޝެފް އެލަން ޕާމަރ ގެ ލީޑަރޝިޕްގެ ދަށުންނެވެ.
ހޮޓެލް އޭޝިއާ މޯލްޑިވްސްގެ 20 ވަނަ އެޑިޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި ސެޕްޓެންބަރުމަހުގެ 28 އިން 30 އަށް ހުޅުމާލޭގެ ސިންތެޓިކް ޓްރެކްގައެވެ. އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 27 ސެޕްޓެންބަރ އިން 30 ސެޕްޓެންބަރ އަށް މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި ސިންތެޓިކް ޓްރެކްގައެވެ. އިންތިޒާމް ކުރަނީ މޯލްޑިވިސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް އިންނެވެ.









