Advertisement
header ad
XeeTimesXeeTimes
ސީޕްލޭނަށް ދިމާވި ހާދިސާގައި ޒަޚަމްވި ކެބިން ކްރޫގެ ހާލު ސީރިއަސް!

ސީޕްލޭނަށް ދިމާވި ހާދިސާގައި ޒަޚަމްވި ކެބިން ކްރޫގެ ހާލު ސީރިއަސް!

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ސީޕްލޭނަށް ދިމާވި ހާދިސާގައި ސީރިއަސް ޒަޚަމްތަކެއް ލިބުނު ކެބިން ކްރޫއަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ސީޕްލޭން އެއްފަޅިއަކަށް އަރިއަޅާލި ވަގުތު ކަނދު ބިންދައިގެންގޮސް ކަނދާއި ބޯޓާއި ދޭތެރޭ ކެބިން ކްރޫ ފިތުނީކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ސީޕްލޭން ވަނީ ހާދިސާ ހިނގުމާއެކު އަރިއަޅާލާފައެވެ.

ޒަޚަމްވި މުވައްޒަފާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް މިހާތަނަށް ރަސްމީ މުއައްސަސާއަކުން ހާމަކޮށްފައެއް ނުވެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ މި ޒުވާނާ ޒަޚަމްވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީ.އައި.އޭ) ގެ ވޯޓާ އެއިރޯޑްރޯމް ސަރަހައްދުގައި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީ.އެމް.އޭ) އިން ދުއްވާ ސީޕްލޭން ޓެކްސީ ކުރަން އުޅުމުގެ ތެރޭގައެވެ.

Article - in content
Advertisement

"މިހާދިސާ ހިނގުމާއެކު އެމްއޭސީއެލްގެ އެއާޕޯޓް އެމަޖެންސީ ސާވިސަސް (އޭ.އީ.އެސް) އިން އެ ސަރަހައްދުގައި ވަނީ ހަރަކާތްތެރިވެފައި. ހާދިސާ އާއި ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް ވަނީ އަޅައިފައި". އެމްއޭސީއެލްއިން މައުލޫމާތުދީފައިވެއެވެ.

މި ހާދިސާއާއި ގުޅިގެން ޚިދުމަތް މެދުނުކެނޑި އާންމު އުސޫލުން ޚިދުމަތް ދެމުންދާކަމަށާއި، އަދި މި ހާދިސާއާއި ގުޅޭ އިތުރު ތަފްސީލް ހާމަކުރާނޭ ކަމަށް އެމްއޭސީއެލް އިން ނެރުނު ކުރު ބަޔާނުގައި ހާމަކޮށްފައިވެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —