Advertisement
header ad
XeeTimesXeeTimes
އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސްގެ ސަބަބުން ގާބިލު މީހުން ބިނާކުރުން ހަލުވިވާނެ- އެމްޑީ ޝަރީފް

އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސްގެ ސަބަބުން ގާބިލު މީހުން ބިނާކުރުން ހަލުވިވާނެ- އެމްޑީ ޝަރީފް

އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (އެއިމް) ގެ ސަބަބުން އޭވިއޭޝަންގެ ދާއިރާއަށް ބޭނުންވާ ގާބިލު މީހުން ބިނާކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަލުވިވެގެންދާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

ހުޅުލޭ އައިލެންޑް ހޮޓެލްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، އޭވިއޭޝަން އިންސްޓިޓިއުޓް ރަސްމީކޮށް އިފްތިތާހުކުރުމާއި، އެ އިންސްޓިޓިއުޓްގެ ފުރަތަމަ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ އެމްއޭސީއެލްގެ ކުރިއެރުން ބިނާވެފައިވަނީ މެދުކެނޑުމެއްނެތި ތަރައްގީވަމުން އަންނަ، ގާބިލު މަސައްކަތްތެރި މުވައްޒަފުންގެ މައްޗަށް ކަމަށެވެ. އަދި މިއިންސްޓިޓިއުޓްގެ މައިގަނޑު މަގުސަދަކީ އެމްއޭސީއެލްގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތަކާއި، އޮނިގަނޑެއްގެ ތެރެއިން ސަނަދު ހާސިލުކޮށް ވަޒީފާގެ ކުރިއެރުން ހޯދައިދިނުން ކަމަށްވެސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތަކީ އޭވިއޭޝަން އިންސްޓިޓިއުޓްގެ ފުރަތަމަ ދަސްވެނިވުން ކަމަށްވާއިރު، މި ހަފްލާގައި ސެޓްފިކެޓް ލެވެލް 3 އިން އެއަރޕޯޓް ސެކިއުރިޓީ މެނޭޖްމަންޓް ފުރިހަމަކުރި 29 ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ. ރަސްމިއްޔާތު ނިންމަވާލައްވަމުން ސީއީއޯ ޝަރީފް ވަނީ ދަސްވެނިވި ދަރިވަރުންނަށް މަރުހަބާ ދަންނަވައި، އެމްއޭސީއެލްގެ އެންމެހައި މުވައްޒަފުންވެސް މި އިންސްޓިޓިއުޓް މެދުވެރިކޮށް ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އިލްތިމާސް ކުރައްވާފައެވެ.

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —