Advertisement
header ad
XeeTimesXeeTimes
ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވެފައިވާއިރު އާންމު ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއްދެމާ! ސިއްޙަތު

ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވެފައިވާއިރު އާންމު ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއްދެމާ!

ބޭރަށް ހިންގުމާއި ހޮޑުލުން އަދި ރޯގާއާއި ހުންޖެހިގެން ފަރުވާ ހޯދާ މީހުން މިދުވަސްވަރު ވަނީ އިތުރުވެފައެވެ.

ބޭރަށް ހިންގާނަމަ:

  • ގިނަގިނައިން ލޮނުޕެކެޓް، ފެން އަދި ސޫޕް ފަދަ ދިޔާތަކެތި ބޭނުންކުރުން
  • ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުން
  • ފާހާނާ ބޭނުން ކުރުމަށްފަހު ރަނގަޅަށް އަތް ދޮވުން ނުވަތަ ސެނިޓައިޒް ކުރުން
  • އަލާމާތްތައް ނުފެންނަތާ 1 ދުވަސް ވަންދެން ސްކޫލަށް ނުފޮނުވާ އަދި މަސައްކަތަށް ނުނިކުންނަވާ ގޭގައި އަރާމު ކުރުން

ބޭރަށް ހިންގުމުގެ އިތުރުން ތިރީގައިވާ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ވަނީ އިލްތިމާސްކޮށްފައެވެ.

Article - in content
Advertisement
  • ގިނަގިނައިން ހޮޑުލެވުން
  • މާބޮޑަށް ވަރުދެރަވެ ދިޔާތަކެތި ބޭނުންކުރެވޭވަރު މަދުވުން
  • ބޮލަށް އެނބުރުން އެރުން
  • އާދަޔާޚިލާފަށް ކަރުހިއްކުން
  • އާދަޔާޚިލާފަށް ބަނޑުގައި ރިއްސުން
  • ލެވޭ ހޮޑުގައި ނުވަތަ ބޮޑުކަމުދާ ތަކެތީގައި ލޭގެ އަސަރުހުރުން
  • ކުޑަކަމުދެވޭ މިންވަރު މަދުވުން
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —