Advertisement
header ad
XeeTimesXeeTimes
އިންޖީނުގެ ބޮޑު މަސައްކަތެއް ކުރާތީ މާދަމާ މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑޭނެ- ސްޓެލްކޯ

އިންޖީނުގެ ބޮޑު މަސައްކަތެއް ކުރާތީ މާދަމާ މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑޭނެ- ސްޓެލްކޯ

މާލެ ސަރަހައްދަށް ސްޓެލްކޯއިން ދެމުންދާ ޚިދުމަތް އިތުރަށް ހަރުދަނާކޮށް މެދުކެނޑުމެއްނެތި މި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ހުޅުމާލޭގައި ގާއިމްކޮށްފައިވާ 50 މެގަވޮޓްގެ އިންޖީނުގޭގައި ކޮންމެހެން ކުރަންޖެހޭ މުހިންމު މޭޖަރ މަސައްކަތެއް ކުރުމަށް މާދަމާ ހެނދުނު 6 އިން 10 އަށް އިންޖީނު ނިއްވާލުމަށް ވަނީ ހަމަޖެހިފައެވެ.

50 މެގަވޮޓްގެ މި އިންޖީނު ނިއްވާލައިގެން މަސައްކަތް ކުރިއަށްދާ ވަގުތު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކޮންމެ ސަރަހައްދަކުން ގާތްގަނޑަކަށް 1 ގަޑިއިރަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެކަމަށް ސްޓެލްކޯއިން ވަނީ މައުލޫމާތުދީފައެވެ.

" މިގޮތަށް ލޯޑް ޝެޑް ނުވަތަ ކަރަންޓު ކެނޑުމުގެ ކުރިން އެސްއެމްއެސް މެދުވެރިކޮށް ކަސްޓަމަރުންނަށް ކަރަންޓު މެދުކެނޑޭނެ ވަގުތުތަކާއި ސަރަހައްދުތައް ދުރާލާ އަންގަމުންދާނެ. ޚިދުމަތް މެދުކެނޑޭ ސަރަހައްދުތަކުގައި ހިމެނޭ ހޮސްޕިޓަލްތަކާއި އެހެނިހެން މުހިންމު ޚިދުމަތްދޭ މުއައްސަސާތައް (ކްރިޓިކަލް އިންފްރާސްޓްރަކްޗަރ) އަށް ކަރަންޓު ނުކެނޑޭނެ". ސްޓެލްކޯއިން މައުލޫމާތު ދީފައިވެއެވެ.

Article - in content
Advertisement

އަދި ކުންފުނީގެ އަމާޒަކީ މި މަސައްކަތް ތާވަލު ކުރެވިފައިވާ ގަޑީގެ ކުރިން ނިންމައި ވީއެންމެ އަވަހަކަށް އާންމު ހާލަތަކަށް ކަރަންޓުގެ ޚިދުމަތް ގެނައުން ކަމަށާއި މިއީ ކުރިއަށް އޮތްތަނުގައި ކަރަންޓުގެ ޚިދުމަތް ދިނުމުގައި ދިމާވެދާނެ މައްސަލަތަކަށް ދުރާލާ ތައްޔާރުވެ މައްސަލަތައް ހުއްޓުވުމުގެ ގޮތުން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ. މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —