Advertisement
header ad
XeeTimesXeeTimes
40 މީހުންނާއެކު ދަތުރުކުރަނިކޮށް އިންޖީނު ހުއްޓުނު ބޯޓުގައި ތިބި 25 މީހަކު ނައިފަރަށް ގެންގޮސްފި

40 މީހުންނާއެކު ދަތުރުކުރަނިކޮށް އިންޖީނު ހުއްޓުނު ބޯޓުގައި ތިބި 25 މީހަކު ނައިފަރަށް ގެންގޮސްފި

40 މީހުންނާއެކު މާލެއިން ފުރައިގެން ޅ. ނައިފަރަށް ދަތުރުކުރި 'ލައިފްލައިން' ބޯޓު ކާށިދޫގެ އިރުން އިންޖީނު ހުއްޓުމާއި ގުޅިގެން އެބޯޓުގައި ތިބި މީހުން ނައިފަރަށް ގެންދިޔުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ އެމްއެންޑީއެފްގެ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ދެ ހާބަރަކްރާފްޓް ލޯންޗާއި، ކޯސްޓްގާޑުގެ ގަލްފްކްރާފްޓް ލޯންޗަކުންނެވެ.

މި ބޯޓުގެ އިންޖީނު ހުއްޓުނުކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބުނީ މިއަދު ހެނދުނު 08:15 ހާއިރުގައެވެ.

" ލައިފްލައިން ބޯޓުން ދަތުރުކުރި 9 ކުޑަކުދިންނާއި، 6 އަންހެނުން އަދި 10 ފިރިހެނުން އެމްއެންޑީއެފް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބަރ ކްރާފްޓް ލޯންޗާއި، ކޯސްޓްގާޑުގެ ގަލްފްކްރާފްޓް ލޯންޗުގައި މިއަދު 13:10 ހާއިރު ވަނީ ޅ.ނައިފަރަށް ގެންގޮސްދީފައި". އެމްއެންޑީއެފްއިން މައުލޫމާތުދީފައިވެއެވެ.

Article - in content
Advertisement

އިންޖީނު ހުއްޓުނު ލައިފްލައިން ބޯޓު އެހެން އުޅަނދެއްގައި ކަފުޖަހައިގެން ނައިފަރު ބަނދަރަށް ވެއްދުމަށް ދަނީ ދަތުރުކުރަމުންނެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —