Advertisement
header ad
XeeTimesXeeTimes
ރަޝިޔާއަށް އައި ބާރުގަދަ ބިންހެލުމާއެކު ސުނާމީ އަރަމުން އަންނައިރު އެކަމުގެ ނުރައްކަލެއް އިންޑިއާ ކަނޑަށް ނެތް!

ރަޝިޔާއަށް އައި ބާރުގަދަ ބިންހެލުމާއެކު ސުނާމީ އަރަމުން އަންނައިރު އެކަމުގެ ނުރައްކަލެއް އިންޑިއާ ކަނޑަށް ނެތް!

ރަޝިޔާ ކައިރިއަށް މިއަދު އައި 8.7 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމަށްފަހު ޖަޕާނާއި ރަޝިޔާގެ ބައެއް ހިސާބުތަކަށް ސުނާމީ އަރައި ވަނީ ގެއްލުން ލިބިފައެވެ. ސުނާމީގެ އިންޒާރު އެސަރަހައްދުގެ ބައެއް އެހެނިގެން ޤައުމުތަކަށްވެސް ވަނީ ދީފައެވެ.

ސުނާމީގެ މަންޒަރުތައް/ ފޮޓޯ: ޑެއިލީ އެކްސްޕްރެސް

ޕެސިފިކް ކަނޑުގެ ޤައުމުތަކަށް ސުނާމީގެ އިންޒާރު ދީފައިވިއަސް އިންޑިއާ ކަނޑަށް ސުނާމީގެ ބިރެއް ނެތްކަމަށް އިންޑިއަން ސުނާމީ އާރލީ ވަރނިންގ ސެންޓަރ (އައި.ޓީ.އީ.ޑަބްލިއު.ސީ) އިން ވަނީ މައުލޫމާތު ދީފައެވެ.

ރަޝިޔާ ކައިރިއަށް އައި މި ބިންހެލުމަކީ ފަހުގެ ތާރީޚެއްގައި އެސަރަހައްދަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެކަމަށް ރާއްޖޭގެ މެޓް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.

Article - in content
Advertisement

ސުނާމީގެ އިންޒާރާއި ގުޅިގެން ޖަޕާނުގެ މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައެވެ. 3 މީޓަރު އުސްމިނުގެ ރާޅުތައް އަރާނެކަމަށް ލަފާކުރެވެއެވެ.

ސުނާމީގެ އިންޒާރު ދީފައިވާ އެހެނިގެން ޤައުމުތަކުގެ ތެރޭގައި އެމެރިކާގެ ކެލިފޯނިއާ، ވޮޝިންގޓަން، އިންޑޮނޭޝިއާ، ނިއުޒިލޭންޑް، ޕެރޫ، ޓައިވާން، މެކްސިކޯ އަދި ފިލިޕީންސް ހިމެނެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —