Advertisement
header ad
XeeTimesXeeTimes
ކަފިހިހުރަހުން ދަނިކޮށް އުމުރުން ދުވަސްވީ މީހެއްގެ ގައިގައި ސައިކަލުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް

ކަފިހިހުރަހުން ދަނިކޮށް އުމުރުން ދުވަސްވީ މީހެއްގެ ގައިގައި ސައިކަލުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް

އައްޑޫ ސިޓީ ހިތަދޫގައި ކަފިހިހުރަސް މަތިން މަގު ހުރަސް ކުރަމުންދިޔަ 74 އަހަރުގެ ފިރިހެނެއްގެ ގައިގައި ސައިކަލުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިރޭ ވަނީ ހިނގާފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ މި އެކްސިޑެންޓްގެ ވީޑިއޯއިން ފެންނަ ގޮތުގައި އުމުރުން ދުވަސްވީ މީހާ މަގު ހުރަސްކުރަމުން ދަނިކޮށް ވަރަށް ބާރަށް ދުއްވަމުން އައި ސައިކަލެއް އެމީހާގެ ގައިގައި ޖެހި އެމީހާ ވެއްޓެއެވެ. އަދި ސައިކަލު ދުއްވި މީހާވެސް ކޮންޓްރޯލު ނުވެ ގޮސް ވެއްޓޭ މަންޒަރު ފެނެއެވެ.

ފުލުހުން މައުލޫމާތު ދެއްވިގޮތުގައި މި އެކްސިޑެންޓްގެ މައްސަލަ މިރޭ 07:24 ހާއިރު ވަނީ ފުލުހުންނަށް ރިޕޯޓް ކޮށްފައެވެ. އަނިޔާވި 2 މީހުންނަށް ފަރުވާ ދިނުމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވާކަމަށް ހޮސްޕިޓަލް އާއި ހަވާލާދީ ފުލުހުން ވަނީ ހާމަކޮށްފައެވެ. މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —