Advertisement
header ad
XeeTimesXeeTimes
ހައްސާސް މައްސަލަތައް ހައްލުކުރުމަށް ރައްޔިތުންގެ އެއްބާރުލުން މުހިންމު- ރައީސް

ހައްސާސް މައްސަލަތައް ހައްލުކުރުމަށް ރައްޔިތުންގެ އެއްބާރުލުން މުހިންމު- ރައީސް

ދިވެހިރާއްޖޭގައި ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތައް ހުއްޓުވުމަށްޓަކައި، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު (ބިލު ނަންބަރު 2025/7) ތަޞްދީޤުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ހައްސާސް މައްސަލަތައް ހައްލުކުރުމަށް އެންމެހާ ރައްޔިތުންގެ އެއްބާރުލުން މުހިންމުކަމަށެވެ.

މިއަދު ތަޞްދީޤުކުރެވިގެންދިޔަ ބިލުން، ރައްޔިތުންގެ އެއްބާރުލުމާއެކު، ނަތީޖާ ނެރެވޭނެކަމުގެ ޔަޤީންކަން އޮތް ކަމަށް ވިދާޅުވިއެވެ. މިފަދަ ބިލެއްގެ އަމާޒަކީ ބަޔަކު ކުށްވެރިކުރުން ނޫންކަމަށާއި، ކުށުގެ ވެށިން ރައްޔިތުން ސަލާމަތްކުރުން ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް ކުރިން ނުކުޅެދިފައިވަނީ އެކަމަށް ޕޮލިޓިކަލް ވިލް ނެތުމުންކަމަށާއި ޤާނޫނު ތަންފީޒުކުރުމުގައި ވަކި ފަރާތެއް އިސްތިސްނާވެގެން ނުވާކަމުގައި ރައީސް ވަނީ ވަރަށް ފާޅުގައި ވިދާޅުވެފައެވެ.

Article - in content
Advertisement

ތަންފީޒީ އިދާރާތަކުގެ ދައުރު ފުޅާކޮށް، ވަކި ފަރާތެއް އިސްތިސްނާނުވާ ގޮތަށް، ޙަޤީޤީ މާނައިގައި ޤައުމުގައި ހުރި މިފަދަ މައްސަލަތަކަށް ހައްލު ހޯދެމުންދާކަމުގައި ވިދާޅުވިއެވެ. އަދި މިފަދަ މައްސަލަތަކަށް ދާއިމީ، ވަށާޖެހޭ ޙައްލުތައް ހޯދުމަށް ބޭނުންފުޅުވަނީ ރައްޔިތުންގެ އެއްބާރުލުންކަމަށް ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ.

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލަކީ 15 މޭ 2025 ވީ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 32 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

މި ބިލުގައި، ގޭންގާއި ގޭންގުކުށް، ކޯޓު މެދުވެރިކޮށް ކަނޑައަޅައި، ފައިސާ ޚަރަދުކުރާ ފަރާތްތައް ހުއްޓުވައި، އެފަދަ ފަރާތްތަކުގެ މުދާ ދައުލަތަށް ނަގައި، ކުޑަކުދިން ގޭންގްތަކާ ގުޅުމާއި، ބޮޑެތި ކުށްތައް ކުރުމުގައި ބައިވެރިވުން ހުއްޓުވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅައި، ކުށްކުރާ މީހުން މޮނިޓަރކޮށް ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށް މާއްދާތަކެއް ހިމަނާފައިވެއެވެ.

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު، މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވައިފައެވެ. ހަމަ މިއާއެކު މި ޤާނޫނަށް ޢަމަލުކުރަންވެސް ވަނީ ފަށާފައެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —