Advertisement
header ad
XeeTimesXeeTimes
މޫސުން ވަރަށް ގޯސް، ސަމާލުވަމާ!

މޫސުން ވަރަށް ގޯސް، ސަމާލުވަމާ!

މޫސުން މިއަދު ވަރަށް ގޯހެވެ. ހުއްޓާނުލާ ވާރޭ ވެހެމުން އަންނައިރު މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އޮފީހުން ވަނީ ރީނދޫ ސަމާލު ނެރެފައެވެ. ރ އަތޮޅުން ފެށިގެން މ އަތޮޅަށް މެންދުރު 11:30 އިން 3:30 އަށް ރީނދޫ އެލާޓް ނެރެފައިވާއިރު ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުމުގެ އިތުރަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ކަނޑުދަތުރު ކުރާ ފަރާތްތަކުން މެޓް އޮފީހުން ނެރެމުންދާ އެންމެ ފަހުގެ މޫސުމީ ލަފާކުރުންތަކާއި ސަމާލުތަކަށް އިސްކަން ދިނުން ވަރަށް މުހިންމެވެ.

ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކުރެވިދާނެ ކަންތައްތައް:

Article - in content
Advertisement
  • ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުން
  • ކޮންމެހެން ކުރަން މަޖުބޫރު ކަނޑުދަތުރު ފިޔަވައި އެހެން ދަތުރުތައް މިވަގުތަށް ނުކުރުން
  • ފުރާޅު ރައްކާތެރިކުރުން
  • ކަރަންޓް ސާމާނު ރައްކާތެރިކުރުން
  • ގޭގައި ހިފައި ގެންގުޅޭ ތަކެއްޗަށް ފެނުގެ އަސަރު ނުކުރާނެ ގޮތަކަށް ރައްކާތެރިކަން ހޯދުން
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —