Advertisement
header ad
XeeTimesXeeTimes
ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަވަހާރަވެއްޖެ!

ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަވަހާރަވެއްޖެ!

ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު ޝުއައިބު ހުސައިން ޒަކަރިއްޔާ މިއަދު ވަނީ އަވަހާރަވެފައެވެ. އުމުރުން 55 އަހަރުގައި ޝުއައިބު އަވަހާރަވީ ކެންސަރުބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ޝުއައިބު (ކ)

ޝުއައިބު ވަނީ ހައިކޯޓުގައި 11 އަހަރު މަސައްކަތް ކުރައްވާފައެވެ. ރިޓަޔާ ކުރައްވާފައިވަނީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހުގައެވެ. ގދ. ހޯނޑެއްދޫ އަށް އުފަން ޝުއައިބު ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ މާރޗް 2011 ގައެވެ.

ޝުއައިބު އަދާކުރެއްވި މަޤާމްތަކުގެ ތެރޭގައި ޖަސްޓިސް މިނިސްޓްރީގެ ލީގަލް އޮފިސަރުކަމާއި، ފެމިލީ ކޯޓުގެ ގާޒީކަމާއި، މަދަނީ ކޯޓާއި ކުޑަކުދިންނާއިބެހޭ ކޯޓުގެ އިސް ގާޒީކަން ހިމެނެއެވެ. އަދި މަޖީދިއްޔާ ސްކޫލުގައި ކިޔަވައިދެއްވުމުގެ އިތުރަށް ރާއްޖޭގެ ކޮލެޖުތަކުގައި ލެކްޗަރާއެއްގެ ގޮތުގައިވެސް ޝުއައިބު ވަނީ މަސައްކަތް ކުރައްވާފައެވެ.

Article - in content
Advertisement

ގަތަރު ޔުނިވަރސިޓީއިން 1977 ވަނަ އަހަރު ޤާނޫނާއި ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކުރެއްވިއިރު އޭގެ ފަހުން ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން މާސްޓާސް އޮފް ކޮމްޕަރޭޓިވް ލޯ ވެސް ހައްދަވާފައެވެ.

ޝުއައިބުގެ މައްޗަށް ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މާލެ އާސަހަރާ މިސްކިތުގައި މިރޭ 11 ޖަހާއިރުގައެވެ.

މާތް ﷲ މައްޔިތާގެ ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވާށިއެވެ. އަދި އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ. އާމީން!

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —